ޓީޗަރުންގެ ދުވަސް ފާހަގަކުރަން ފައިސާ ނުނަގަން އަންގައިފި
17 ސެޕްޓެމްބަރު 2024 - 13:49

ޓީޗަރުންގެ ދުވަސް ފާހަގަކުރަން ބެލެނިވެރިންގެ އަތުން ފައިސާ ނުނަގަން އެޑިއުކޭޝަން މިނިސްޓްރީން ސްކޫލްތަކަށް އަންގައިފިއެވެ.
ޓީޗަރުންގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރަނީ ކޮންމެ އަހަރެއްގެ އޮކްޓޯބަރު 7 އެވެ. އެ ދުވަސް އެކިއެކި ސްކޫލްތަކުގައި ކުލަގަދަކޮށް ފާހަގަކުރެއެވެ.

Ad by Hajj Corporation
އެޑިއުކޭޝަން މިނިސްޓްރީން ސްކޫލްތަކަށް ފޮނުވި ސާކިއުލާއެއްގައި މިއަހަރު ޓީޗަރުންގެ ދުވަސް ސްކޫލުތަކުގައި ފާހަގަ ކުރާނެ ގޮތުގެ ސާކިއުލާއެއް ހިއްސާކޮށްފައިވެއެވެ.
އަގުބޮޑު ހަފްލާތަކަށް ވުރެ އިލްމީ އުފެއްދުންތެރި ހަރަކާތްތަކަށް އިސްކަންދީގެން ދުވަސްތައް ފާހަގަކުރުމާއި ޓީޗަރުންގެ ދުވަސް އޮކްޓޯބަރު މަހުގެ 6 އިން 10 އާ ދެމެދު ފާހަގަ ކުރުމާއި ދުވަހާ ގުޅިގެން ކުރިއަށް ގެންދާ ހަރަކާތްތައް އެއް ދުވަހެއްގެ ތެރޭގައި ގެންދިއުމަށް ވަނީ އަންގައިފައެވެ.
މީގެއިތުރުން ދުވަހުގެ ހަރަކާތްތައް ކޮންމެ ދަންފަޅިއެއްގައި ވެސް 45 މިނެޓަށްވުރެ ދިގު ނުކުރުމާއި ރަސްމީ ސެޝަންގެ ތެރެއިން ދެ ގަޑިއިރަށްވުރެ ދިގު ނުވާ ގޮތަށް ކުރިއަށް ގެންދިއުމައި ރަށުން ބޭރުގައި ހަރަކާތްތައް ނުބޭއްވުމަށް ވެސް އަންގާފައިވެއެވެ.