logoEN
ޚަބަރު

ޙައްޖުވެރިންނަށް ޚިދުމަތް ދޭ ކެޓަގަރީ، މި ފަހަރު ވަނީ މަތިކުރެވިފައި: އެމްޑީ ޝަކީލް

އާމިނަތު ސަފާއާމިނަތު ސަފާ

26 މޭ 2025 - 04:58

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އެދިވަޑައިގަތުމުގެ މަތިން ޙައްޖުވެރިންނަށް ޚިދުމަތް ދޭ ކެޓަގަރީ، މި ފަހަރު ވަނީ މަތިކުރެވިފައިކަމަށް ހައްޖު ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަކީލް ވިދާޅުވެއްޖެއެވެ.

މެންދުރު ޓީވީގެ މައުޟޫ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޝަކީލް ވިދާޅުވީ ހައްޖު ކޯޕަރޭޝަނާ ހަވާލުވެ ކުރެވުނު ކާމިޔާބު އެއް މަސައްކަތަކީ ހައްޖުވެރިން ގެއްލޭ މައްސަލައަށް ނިމުމެެއް ގެނައުމަށް ސްމާޓް ޓެގް ބޭނުންކުރަން ފެށުންކަމަށެވެ.

އެއާއެކު ދިވެހި ހައްޖުވެރިންގެ ތާރީހުގައި ހައްޖަށް ގޮސް އުޅެނިކޮށް ގެއްލޭ ހުރިހާ ހައްޖުވެރިން ގެއްލޭތާ މަދު ވަގުތުކޮޅެއްގެ ތެރޭގައި ސަލާމަތުން ގެނެސްދެވޭކަން ޝަކީލް ފާހަގަކުރެއްވިއެވެ.

" ގެއްލުނުކަމަށް ވިޔަސް ގެންނާނެކަމުގެ ޔަގީންކަން ހައްޖުވެރިންނަށް ލިބިގެންދިޔަ. ބުނަން ތިބޭފުޅާ ހުރިތަން އެބަ ދައްކައޭ. ހުންނަވާށޭ ތިތާ އަޅުގަނޑުމެން އެބަ ދަމޭ. ހައްޖުވެރިންވެސް ބުނޭ މި ޓެގް އޮވެއްޖީއާ ބަލާ އަންނާނެއޭ. މިއީ ކަންބޮޑުވުންތަކަށް ލިބުނު ލުޔެއް. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އެދިވަޑައިގަތުމުގެ މަތިން ޙައްޖުވެރިންނަށް ޚިދުމަތް ދޭ ކެޓަގަރީ، މި ފަހަރު ވަނީ މަތިކުރެވިފައި.".

މޯލްޑިވްސް ހައްޖު ކޯޕަރޭޝަން މެދުވެރިކޮށް ހައްޖަށްދާ ހައްޖާޖީންގެ ރައްކާތެރިކަމަށް ސްމާޓް ޓެގް ބޭނުންކުރަން ނިންމާ، 800 ސްމާޓް ޓެގް 2023 ވަނަ އަހަރުވެސް ވަނީ ހޯދާފައެވެ.

ސްމާޓް ޓެގަކީ ހައްޖާޖީންގެ އަތްދަބަހުގެ ތެރެއަށްލާފައި ބޭއްވުމަށް ހަވާލުކުރެވޭ އެއްޗެކަށްވާއިރު ހައްޖާޖީން ގެއްލިގެން ހޯދަންޖެހޭ ހާލަތުގައިވެސް ސްމާޓް ޓެގްގެ އެހީގައި ހުރި ތަނެއް ހައްޖު ކޯޕަރޭޝަނަށް ފަސޭހައިން ދެނެގަނެވޭނެއެވެ.

ހައްޖުވެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ކޮމެންޓް

871x217_placeholder