logoEN
ޚަބަރު

600 ޒުވާނުންނަށް ވަޒީފާގެ ފުރުސަތު ފަހިކުރުމަށް ތަމްރީން ޕޮރޮގްރާމެއް ފަށަނީ

ވަޒީފާގެ ފުރުޞަތުތަކަށް 600 ޒުވާނުން ތަމްރީންކުރުމުގެ ޕްރޮގްރާމެއް ފެށުމަށް ދެ އިންސްޓިޓިއުޓަކާއި އެކު ސޮއިކޮށްފިއެވެ.

"ފިއުޗަރ-ރެޑީ ޔޫތު ޕްރޮގްރާމް"ގެ ނަމުގައި މަތީ ތަޢުލީމާ މަސައްކަތްތެރިކަމާ ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާއާއި އަމިއްލަ ދެ އިންސްޓިޓިއުޓަކާ ދެމެދު ސޮއިކުރި މި އެއްބަސްވުމުގެ ދަށުން 18 ދާއިރާއެއްގެ ކޯސްތައް ހިންގާނެއެވެ.އެ ޕޮރޮގްރާމްގައި 600 ޒުވާނުން ތަމްރީނުކުރުމަށް އެމްއައިޓީ އަދި އައިއައިޓީއީއާއި އެކުވަނީ އެއްބަސްވެފައެވެ.

"މޯލްޑިވްސް: އެންހޭންސިންގ އެމްޕްލޯޔަބިލިޓީ އެންޑް ރެޒިލިއަންސް އޮފް ޔޫތު ޕްރޮޖެކްޓް" (މީރީ ޕްރޮޖެކްޓް) ގެ ފަރާތުން ފަންޑުކޮއްގެން ކުރިއަށްގެންދާ މި ޕްރޮގްރާމްގައި ހިންގާނީ ޓިވެޓް ދާއިރާގެ އެކި ކަހަލަ ކޯސްތަކެވެ.

"ފިއުޗަރ-ރެޑީ ޔޫތު ޕްރޮގްރާމް"ގެ މަޤްސަދުތަކުގެ ތެރޭގައި، ޒުވާނުންނަށް ވަޒީފާގެ ފުރުޞަތުތައް ފަހިކޮށްދިނުމާއި، ބިދޭސީ މަސައްކަތްތެރިންގެ މައްޗަށް ބަރޯސާވާ މިންވަރު ކުޑަކުރުމާއި ބިދޭސީން ގިނަ ދާއިރާތަކުން ދިވެހި ޒުވާނުން ތަމްރީނު ކުރުން ހިމެނެއެވެ

އެ ޕްރޮގްރާމުެގ ދަށުން ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާކޯސްތަކަކީ:

އެމް.އައި.ޓީ :

- ނެޝަނަލް ސެޓްފިކެޓް 3 އިން ޖުވެލަރީ ޑިޒައިން އެންޑް މެނުފެކްޗަރިންގ- ނެޝަނަލް ސެޓްފިކެޓް 3 އިން ގާޑެނިންގ- ނެޝަނަލް ސެޓްފިކެޓް 3 އިން ހައުސް ކީޕިންގ- ނެޝަނަލް ސެޓްފިކެޓް 3 އިން އެއަރޕޯޓް ރެޕްރެޒެންޓޭޓިވް ސަރވިސެސް- ނެޝަނަލް ސެޓްފިކެޓް 3 އިން ފްރަންޓް އޮފިސް ސަރވިސެސް- ނެޝަނަލް ސެޓްފިކެޓް 3 އިން ބަރިސްޓާ- ނެޝަނަލް ސެޓްފިކެޓް 3 އިން ވޭސްޓް-ޓު-ވެލްތު- ނެޝަނަލް ސެޓްފިކެޓް 3 އިން އިންވެންޓްރީ މެނޭޖްމަންޓް- ނެޝަނަލް ސެޓްފިކެޓް 3 އިން ޓުއަރ ގައިޑިންގ- ނެޝަނަލް ސެޓްފިކެޓް 3 އިން ކޭޝިއަރިންގ- ނެޝަނަލް ސެޓްފިކެޓް 3 އިން ކޮމްޕެނީ އެޑްމިނިސްޓްރޭޝަން

އައި.އައި.ޓި.އީ:- ނެޝަނަލް ސެޓްފިކެޓް 3 އިވެންޓް މެނޭޖްމަންޓް- ނެޝަނަލް ސެޓްފިކެޓް 3 އިން ފްލެބޮޓޮމީ- ނެޝަނަލް ސެޓްފިކެޓް 3 އިން އާޓް ސްކިލްސް- ނެޝަނަލް ސެޓްފިކެޓް 3 އިން ކޮމްޕިއުޓަރ ހާޑް ވެއަރ އެންޑް ނެޓްވޯކިންގ- ނެޝަނަލް ސެޓްފިކެޓް 3 އިން ޕްރޮގްރާމިންގ- ނެޝަނަލް ސެޓްފިކެޓް 3 އިން ސްކޫލް ލެބޯޓަރީ ޓެކްނީކްސްނެޝަނަލް ސެޓްފިކެޓް 3 އިން ގެސްޓް ހައުސް އޮޕަރޭޝަންސް

މި ކޯސްތަކަކީ މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީ (އެމް.އެން.އެސް.ޑި.އޭ)ގެ ސެޓިފައިޑް ޕްރެކްޓިކަލް އަދި ތިއަރީ ހިމެނޭގޮތަށް ހިންގާ ކޯސްތަކެކެވެ.މި ޕްރޮގްރާމަކީ 16 އަހަރާއި 35 އަހަރާއި ދެމެދުގެ ޒުވާނުންނަށް އަމާޒުކޮށް ހިންގާ ޕްރޮގްރާމެކެވެ.

ކޮމެންޓް

871x217_placeholder