ޙައްޖުވެރިންގެ ފުރަތަމަ ފްލައިޓް ފުރައިފި


26 މޭ 2025 - 11:43
އަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރުމަށް ރާއްޖެއިން ދާ ޙައްޖުވެރިންގެ ފުރަތަމަ ގުރޫޕް ފުރައިފިއެވެ.ޙައްޖުވެރިންގެ ފުރަތަމަ ގުރޫޕް ފުރާފައިވަނީ 15.14 ހާއިރު ސަޢުދީ އެއަރލައިނުންނެވެ. މިފްލައިޓްން 235 މީހުން ފުރާފައިވެއެވެ. މި ފްލައިޓް ޖިއްދާ އެއަރޕޯޓްގައި ޖައްސާނެކަމަށް ލަފާކުރަނީ ރާއްޖެ ގަޑިން 20:49 ހާއިރުއެވެ.
ސަރުކާރުން ވަނީ މާލެއިން 3 ރޫޓަކުން އަދި ހުޅުމާލެއިން 2 ރޫޓަކުން ބަސްދަތުރު ވަނީ ހަމަޖައްސާފައެވެ. ބަސް ދަތުރުތައް ފެށީ ހެނދުނު 10:30 ގައެވެ. ބަހުން އެއަރޕޯޓަށްދާ ޙައްޖުވެރިންނަށް ފަސޭހަކޮށްދިނުމުގެ ގޮތުން ބަސް ހުއްޓާ ތަންތަނުގައި ފުލުހުންނާއި ސްކައުންޓުން ދިޔައީ ހަރަކާތްތެރިވަމުންނެވެ.
ދިވެހި ޙައްޖުވެރިން މިފަހަރު މައްކާއަށް ފުރަނީ، ސަޢުދީ ޢަރަބިއްޔާގެ އިމިގްރޭޝަންގެ ހުރިހާ މަރުޙަލާއެއް ފުރިހަމަކުރުމަށްފައެވެ. މި ޚިދުމަތް ދިވެހިންނަށް ފަހިވެފައިވަނީ ސަޢުދީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒްގެ ޚާއްސަ އިރުޝާދުގެ ދަށުންނެވެ.
މިއަދު ޙައްޖުވެރިންގެ ފުރަތަމަ ގުރޫޕް ފުރާފައިވާއިރު އަންގާރަ، ބުރާސްފަތި އަދި ހުކުރު ދުވަހުވެސް ޙައްޖުވެރިން ފުރުމަށް ހަމަޖެހިފައިވެއެވެ.
އިތުރު ލިޔުންތައް

ރައީސްގެ ނިންމެވުމާއި އެއްގޮތަށް ހައްޖުވެރިން މައްކާއިން މަދީނާއަށް ދާނީ ހައިސްޕީޑް ޓްރެއިންގައި
12 ދުވަސް ކުރިން
މިއީ އިންތިޒާމުތައް އެންމެ ރަނގަޅު ޙައްޖު މޫސުން - ރައީސް
11 ދުވަސް ކުރިން
"ޙައްޖުވެރިން ޖިއްދާގެ އެރައިވަލް ޓާމިނަލުގައި ހޭދަކުރީ އެންމެ ތިން މިނެޓު، މިއީ ލިބުނު ބޮޑު ފަސޭހައެއް"
11 ދުވަސް ކުރިން