logo
Bank of Maldives

Bank of Maldives

ޚަބަރު

ރައީސްގެ ނިންމެވުމާއި އެއްގޮތަށް މި އަހަރުން ފެށިގެން ހައްޖުވެރިން މައްކާއިން މަދީނާއަށް ކުރާދަތުރުތައް ކުރާނީ ހައިސްޕީޑް ޓްރެއިންގައި: ޝަކީލް

މުހައްމަދު މޫސާމުހައްމަދު މޫސާ
26 މޭ 2025 - 19:02
ރައީސްގެ ނިންމެވުމާއި އެއްގޮތަށް ހައްޖުވެރިން މައްކާއިން މަދީނާއަށް ދާނީ ހައިސްޕީޑް ޓްރެއިންގައި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިބްރާހީމްގެ ނިންމެވުމާ އެއްގޮތަށް، މިއަހަރުން ފެށިގެން ދިވެހި ހައްޖުވެރިން މައްކާއިން މަދީނާއަށް ކުރާ ދަތުރުތައް ކުރާނީ ހައިސްޕީޑް ޓްރެއިންގައި ކަމަށް ހައްޖު ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަކީލް މިއަދު ވިދާޅުވެއްޖެއެވެ.

ޝަކީލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، މީގެ ކުރިން 8-10 ގަޑިއިރު ހޭދަވަމުން އައި މި ދަތުރު، ހައިސްޕީޑް ޓްރެއިންގެ ސަބަބުން 2 ގަޑިއިރަށް ކުރުވެގެންދާނެ ކަމަށެވެ. މިއީ ހައްޖުގެ އަޅުކަން އަދާކުރުމަށްފަހު ހައްޖުވެރިންނަށް ލިބޭނެ ވަރަށް ބޮޑު ލުޔެއް ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

"ހައްޖުގެ އަޅުކަމަށް ސައުދީ އަރަބިއްޔާއަށް ދާ ދިވެހި ހައްޖުވެރިން މީގެ ކުރިން 8-10 ގަޑިއިރުން ބަހުގައި މައްކާއިން މަދީނާއަށް ކުރަމުން އައި ދަތުރު ހައިސްޕީޑް ޓްރެއިންގައި ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒު ނިންމަވާފައިވާތީ މި އަހަރުން ފެށިގެން ހައްޖުވެރިން މައްކާއިން މަދީނާއަށް ކުރާ ދަތުރުތައް ކުރާނީ ހައިސްޕީޑް ޓްރެއިންގައި،" ޝަކީލް ވިދާޅުވިއެވެ.

މި ބަދަލާއެކު، ހައްޖުވެރިންގެ ދަތުރު ފަސޭހަވެ، އަވަސްވެގެންދާނެއެވެ. އަދި މިއީ ހައްޖުވެރިންނަށް ލިބޭ ވަރަށް ބޮޑު ލުކެވެ.

މިއަހަރުގެ ހައްޖުގެ އަޅުކަން އަދާކުރުމަށް ރާއްޖެއިން ދިޔަ ފުރަތަމަ ގްރޫޕް މިހާރު ވަނީ ސައުދީ އަރަބިއްޔާއަށް ގޮސްފައެވެ. އެ ގްރޫޕަށް ސައޫދީ ސަރުކާރުން ވަނީ ހޫނު މަރުހަބާއެއް ކިޔާފައެވެ.

ރާއްޖެއިން ޙައްޖަށް ދިޔުމަށް ފުރާ ދެވަނަ ފްލައިޓު ފުރުމަށް ހަމަޖެހިފައިވަނީ މާދަމާއެވެ. ތިންވަނަ ފްލައިޓު ފުރުމަށް ހަމަޖެހިފައިވަނީ މިމަހުގެ 29 ވާ ބުރާސްފަތި ދުވަހުއެވެ. އަދި ފަހު ފްލައިޓު ފުރުމަށް ހަމަޖެހިފައިވަނީ 30 ވަނަ ދުވަހުއެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފުރަމާނަ ދަތުރުފުޅަށްފަހު ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މާލެ ވަޑައިގެންފިޚަބަރު | 3 ގަޑިއިރު ކުރިންދެ ޤައުމުގެ ރައްޔިތުންގެ މަންފާއަށް ކުރި މަޝްވަރާތަކުން ފައިދާވާނެ ކަމަށް އުއްމީދުކުރަން: ރައީސްޚަބަރު | 9 ގަޑިއިރު ކުރިންރައީސްގެ ދެ ކަނބަލުން ލަންކާ އަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލައްވައިފިޚަބަރު | 10 ގަޑިއިރު ކުރިންރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން، ކޮލޮމްބޯގައި ދިރިއުޅޭ ދިވެހި ރައްޔިތުންނާ ބައްދަލުކުރައްވައިފިޚަބަރު | 20 ގަޑިއިރު ކުރިން