logoEN
ޚަބަރު

ހުޅުމާލޭގައި 100 މީޓަރުގެ އުސް ޓަވަރެއް އަޅަނީ

މުހައްމަދު މޫސާމުހައްމަދު މޫސާ

26 މޭ 2025 - 16:46

ހުޅުމާލޭގައި 100 މީޓަރުގެ އުސް ޓަވަރެއް އަޅަން ނިންމާފައިވާ ކަމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ހާމަކޮށްފިއެވެ. މި ޓަވަރަކީ ހުޅުމާލެ ރަމްޒުކޮށްދޭ ތަނެއްގެ ގޮތުގައި އިމާރާތްކުރާ "އައިކޮނިކް" ޓަވަރެކެވެ.

މިއަދު ބޭއްވި ހުޅުމާލޭގެ އާ މާސްޓަރ ޕްލޭން އިފްތިތާހުކުރުމުުރުމުގެ ރަސްމިއްޔާތުގައި މި ޓަވަރާ ގުޅޭ ތަފްސީލުތައް ހާމަކޮށްފައިވާއިރު، މި ޓަވަރު އިމާރާތްކުރެވޭނީ ހުޅުމާލެ ފޭސް 2 ގައި، ފަރުކޮޅުފުށި ނިމޭ ހިސާބުގައެވެ.

އެޗްޑީސީން ބުނި ގޮތުގައި މި ޓަވަރަކީ ހުޅުމާލޭގެ ތިންވަނަ އައިޑެންޓިޓީއެއް ހެދުމަށް އިމާރާތްކުރާ ތަނެކެވެ.

މި ޓަވަރުގެ މައިގަނޑު ދެ މަޤްޞަދަކީ، ހުޅުމާލެއޭ ބުނުމުން އެންމެ ފުރަތަމަ ވިސްނޭ ތަނެއްގެ ގޮތުގައި ހެދުމާއި، ފައިނޭންޝިއަލް ޑިސްޓްރިކްޓެއް އުފެދިގެން އަންނައިރު އިތުރު ވަޒީފާތަކަށް ޖާގަ ދިނުންކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.

އާ މާސްޓަރ ޕްލޭންގެ ދަށުން ފަރުކޮޅުފުށި ތަރައްޤީކުރަނީ ގްރީން ނުވަތަ ފެހި ސަރަހައްދެއްގެ ގޮތުގައެވެ. މި ސަރަހައްދުގައި ކުޑަ ފުޓުބޯޅަ ދަނޑަކާއި، އެހެނިހެން ކުޅިވަރު ކުޅޭނެ ކޯޓުތަކާއި، ބާބަކިއު ހަދާނެ ސަރަހައްދަކާއި، އިވެންޓް ސްޕޭސްއަކާއި، ބޮޓެނިކަލް ގާޑަނަކާއި، ޗަސްބިމަކާއި، އެމްފިތިއޭޓަރަކާއި، ޕެޓިންގ ޒޫއަކާއި، އަދި އެސްޖެހިގެ އަދި ޕަމްޕް ޓްރެކެއް ހެދުމަށް ނިންމާފަވެއެވެ.

މި މަޝްރޫޢުގެ ސަބަބުން ހުޅުމާލޭގެ ސިޓީ ސްކޭޕަށް ބޮޑު ބަދަލެއް އަންނާނެ ކަމަށް ބެލެވެއެވެ.

ކޮމެންޓް

871x217_placeholder