logoEN
ޚަބަރު

ހައްޖުވެރިންގެ ދެވަނަ ގުރޫޕު ޤައުމީ އެއާލައިންގައި ޙައްޖަށް ފުރައިފި

އާމިނަތު ސަފާއާމިނަތު ސަފާ

27 މޭ 2025 - 05:18

ދިވެހިރާއްޖެއިން ހައްޖުގެ އަޅުކަމަށް ފުރާ ހައްޖުވެރިންގެ ދެވަނަ ގުރޫޕް ޤައުމީ އެއާލައިން، މޯލްޑިވިއަންގައި މިއަދު ހައްޖަށް ފުރައިފިއެވެ. މިއީ ދިވެހި ތާރީޚްގައިވެސް ފުރަތަމަ ފަހަރަށް ހައްޖުވެރިން ޤައުމީ އެއާލައިންގައި ހައްޖަށް ދާ ފަހަރެވެ.

މިއަދު ހެނދުނު 8:00 ގައި ފުރި މި ބޯޓުގައި ޖުމްލަ 257 ހައްޖުވެރިންވަނީ ފުރާފައެވެ.

އޭގެ ތެރެއިން ހުކުރު ދުވަހު ފުރާ ޙައްޖާޖީންވެސް ފުރުމަށް ހަމަޖެހިފައިވަނީ މޯލްޑިވިއަންގެ ފްލައިޓްގައެވެ. އެއާއެކު ހައްޖާޖީންގެ 50 އިންސައްތަ މީހުން މިފަހަރު އުފުލާނީ ގައުމީ އެއާލައިނުންނެވެ.

ކުރީ އަހަރުތަކެކޭ އެއްގޮތަށް ޙައްޖުވެރިން އެއަރޕޯޓަށް ދިއުމުގައި މިއަހަރުވެސް ސަރުކާރުން ވަނީ ފަސޭހަ އިންތިޒާމުތަކެއް ހަމަޖައްސައިދީފައެވެ. އެ ގޮތުން މާލެއާއި ހުޅުމާލެއިން ބަހުގައި ދަތުރުކުރެވޭނެ އިންތިޒާމްތައް ހަމަޖައްސާފައިވެއެވެ.

މިއަދު ޙައްޖުވެރިންގެ ދެވަނަ ގުރޫޕް ފުރާފައިވާއިރު، ބުރާސްފަތި އަދި ހުކުރު ދުވަހުވެސް ޙައްޖުވެރިން ފުރުމަށް ހަމަޖެހިފައިވެއެވެ. ދިވެހި ޙައްޖުވެރިން މިފަހަރު މައްކާއަށް ފުރަނީ، ސަޢުދީ ޢަރަބިއްޔާގެ އިމިގްރޭޝަންގެ ހުރިހާ މަރުޙަލާއެއް ފުރިހަމަކުރުމަށްފައެވެ. މި ޚިދުމަތް ދިވެހިންނަށް ފަހިވެފައިވަނީ ސަޢުދީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒްގެ ޚާއްސަ އިރުޝާދުގެ ދަށުންނެވެ.

ކޮމެންޓް

871x217_placeholder