logoEN
ޚަބަރު

ބީއެމްއެލްގެ ކާޑުތައް ބޭނުންކޮށްގެން މިދިޔަ އަހަރު 87 މިލިޔަނަށްވުރެ ގިނަ މުއާމަލާތް

އާމިނަތު ސަފާއާމިނަތު ސަފާ

27 މޭ 2025 - 07:06

ބޭންކް އޮފް މޯލްޑިވްސްގެ ކާޑުތައް ބޭނުންކޮށްގެން މިދިޔަ އަހަރު 87 މިލިޔަނަށްވުރެ ގިނަ މުއާމަލާތް ހިންގާފައިވާކަމަށް އެ ބޭންކުން ބުނެފިއެވެ.

ބޭންކުގެ މާލީ ހިސާބުތައް ދައްކާގޮތުން ކާޑުތައް ބޭނުންކޮށްގެން 87 މިލިޔަނަށްވުރެ ގިނަ މުއާމަލާތް މިދިޔަ އަހަރު ހިންގާފައިވާއިރު މީގެ ތެރެއިން ރާއްޖެއިން ބޭރުގައި ކާޑުން ހިންގާފައިވާ މުއާމަލާތްތަކުގެ އަދަދު 9 މިލިޔަން ރުފިޔާއަށް އަރައެވެ.

މީގެ އިތުރުން އޭޓީއެމް މެދުވެރިކޮށް 14 މިލިޔަން މުއާމަލާތް ހިންގާފައިވާއިރު ކާޑު މެޝިން މެދުވެރިކޮށް 55 މިލިޔަން މުއާމަލާތްހިންގާފައިވެއެވެ.

ބޭންކުން މި އަހަރުގެ ފުރަތަމަ ކުއާޓަރގައި ހިންގުމުގެ ފައިދާގެ ގޮތުގައި 698 މިލިއަން ރުފިޔާ އަދި ސާފު ފައިދާގެ ގޮތުގައި 497 މިލިއަން ރުފިޔާ ވަނީ ހޯދާފައެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 39 ބަރާންޗް 107 ސެލްފް ސަރވިސް ބޭންކިންގ ސެންޓަރ، 165 އޭޓީއެމް، އޭޖެންޓް ބޭންކިންގ ޚިދުމަތުގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ޚިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.

ކޮމެންޓް

871x217_placeholder