logo
MPL - Maldives Maritime Conference

MPL - Maldives Maritime Conference

ޚަބަރު

ޕޮލިސް ކޮމިޝަނަރުގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި

މުހައްމަދު މޫސާމުހައްމަދު މޫސާ
27 މޭ 2025 - 16:06
 ޕޮލިސް ކޮމިޝަނަރުގެ މަޤާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ދާޚިލީ ސަލާމަތާއި ފަންނިޔަތާބެހޭ ވުޒާރާއިން ހުސްވެފައިވާ ޕޮލިސް ކޮމިޝަނަރުގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު މިއަދު ހުޅުވާލައިފައެވެ.

މި މަޤާމަށް ކުރިމަތިލެވޭނީ މިހާރު އެސިސްޓެންޓް ކޮމިޝަނަރުގެ ރޭންކުން ފެށިގެން މަތީގެ ރޭންކްތަކުގައި ތިއްބެވި އޮފިސަރުންނަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ވުޒާރާއިން ކުރި އިޢުލާނުގައި ބަޔާންކޮށްފައިވާ ގޮތުގައި، މި މަޤާމަށް ކުރިމަތިލުމުގެ ސުންގަޑިއަކީ ޖޫން 2 ވަނަ ދުވަހުގެ މެންދުރު 12:00 އެވެ. ޝައުޤުވެރިވާ ފަރާތްތަކުން މި މުއްދަތުގެ ތެރޭގައި އެކަމަށް އެދި ހުށަހަޅަންވާނެއެވެ.

ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުން، ޕޮލިސް ކޮމިޝަނަރުގެ މަޤާމަށް ބޭފުޅަކު އައްޔަންކުރެވޭނީ ޕޮލިސް ބޯޑުން އިންޓަވިއުކޮށް، ޤާބިލުކަން ވަޒަންކުރުމަށްފަހުގައެވެ. މި ޕްރޮސެސް ނިމުމުން، ޕޮލިސް ބޯޑުން ހޮވާލެވޭ ނަންތައް ދާޚިލީ ސަލާމަތާއި ފަންނިޔަތާބެހޭ ވުޒާރާއަށް ހުށަހަޅާނެއެވެ. އޭގެފަހުން، ވަޒީރުގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާ، ޕޮލިސް ކޮމިޝަނަރުގެ މަޤާމަށް ބޭފުޅަކު އައްޔަންކުރައްވާނެއެވެ.

މި މަޤާމުގައި އެންމެ ފަހުން ހުންނެވި އަލީ ޝުޖާޢު ވަނީ ފުލުހުންގެ ޚިދުމަތުން ޝަރަފްވެރިކަމާއެކު ރިޓަޔަރ ކުރައްވާފައެވެ. ޝުޖާޢު ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމަށް އައްޔަންކުރެވުނީ 2023 ވަނަ އަހަރުގެ ޑިސެމްބަރު 24 ވަނަ ދުވަހުއެވެ.

މި މަޤާމަށް އައު ބޭފުޅަކު އައްޔަންކުރުމުގެ މަސައްކަތް ކުރިއަށްދާއިރު، މިވަގުތު އެކްޓިން ކޮމިޝަނަރ އަކަށް ހުންނެވީ އިސްމާއީލް ނަވީން އެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އަމީން މިއާގެ މަރުގެ މައްސަލަ: ލަންކާ މީހާގެ ބަންދުގެ މުއްދަތު އިތުރުކޮށްފިޚަބަރު | 11 ގަޑިއިރު ކުރިންކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމަށް އަޙްމަދު މުޙައްމަދު އައްޔަންކުރައްވައިފިޚަބަރު | 21 ގަޑިއިރު ކުރިންނޯތު ހާބަރުގައި އޮތް ބޯޓެއްގައި ތިބި ބަޔަކު ހާލުދެރަވެގެން ހޮސްޕިޓަލަށް ގެންގޮސްފިޚަބަރު | 2 ދުވަސް ކުރިންފުލިދޫގައި އޮޔާދިޔަ ދެ ކުއްޖަކު ސަލާމަތްކުރަން އުޅުނު މީހަކު ނިޔާވެއްޖެޚަބަރު | 2 ދުވަސް ކުރިން