ޔަމާލް ބާސެލޯނާގެ އެއްބަސްވުން އައުކޮށްފި

ޔަމާލް 2031 ވަނަ އަހަރަށް ބާސެލޯނާގެ އެއްބަސްވުން ވަނީ އިތުރުކޮށްފައި

28 މޭ 2025 - 03:21
ބާސެލޯނާގެ 17 އަހަރުގެ ޒުވާން ކުޅުންތެރިޔާ ލަމިން ޔަމާލް 2031 ވަނަ އަހަރާ ހަމައަށް އެ ކުލަބާއެކު އެއްބަސްވުން އައުކޮށްފައެވެ. މި އެއްބަސްވުމުގެ ދަށުން، ވަކި ޝަރުތުތަކެއް ނުވަތަ ވަކި ޓާގެޓްތަކެއް ކުޅުންތެރިޔާ ފުރިހަމަކުރުމުން ޔަމާލް ބާސެލޯނާގެ އެންމެ މަތީ މުސާރަ ލިބޭ ކުޅުންތެރިޔާ އަށް ވެގެންދާނެއެވެ.
ޔޫރޯ 2024 ގައި ސްޕެއިންގެ ޤައުމީ ޓީމާއެކު ކާމިޔާބީ ހޯދުމަށްފަހު އޭނާގެ ކުޅުން އިތުރަށް ފާހަގަކުރެވިފައިވާއިރު، މި ސީޒަންގައި އޭނާ ވަނީ ހުރިހާ މުބާރާތްތަކެއް އެއްކޮށް 18 ލަނޑާއި 21 އެސިސްޓް ހަދާފައެވެ. އެސިސްޓްގެ ގޮތުން ބާސެލޯނާގެ ސްކޮޑްގައި އޭނާއަށްވުރެ މަތިން ހުރީ ހަމައެކަނި ރަފިންހާ (21) އެވެ.
ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލްގައި އިންޓަރ މިލާނާ ދެކޮޅަށް ކުޅުނު ދެ މެޗުގައިވެސް ޔަމާލް ވަނީ ފާހަގަކޮށްލެވޭ ކުޅުމެއް ދައްކާފައެވެ. ނަމަވެސް އެގްރެގޭޓްގައި 7-6 އިން ބާސެލޯނާ ބަލިވިއެވެ.
މި ސީޒަންގައި ދައްކާފައިވާ މޮޅު ކުޅުމާއެކު، ޔަމާލްއަކީ މި އަހަރުގެ ބެލަން ޑި އޯރް އެވޯޑަށް ވާދަކުރާނެ އެއްކުޅުންތެރިއެވެ.
އިތުރު ލިޔުންތައް

ފަލަމަސްގަނޑަށް އަނިޔާވެ، ލަމީން އަށް ސެވިއްޔާ މެޗު ގެއްލިދާނެ
8 މަސް ކުރިން
ފަސޭހަ މޮޅާކާއި އެކު ބާސެލޯނާއިން ބަޔާން އާއި މެޑްރިޑަށް ވަރުގަދަ މެސެޖެއް.
8 މަސް ކުރިން
ފޯމުގައި އޮތް ބާސެލޯނާ ކުރިމަތިލާނީ މި ސީޒަންގެ މިހާތަނަށް ކުރިމަތިލާ އެންމެ ބޮޑު އިމްތިޙާނަށް.
7 މަސް ކުރިން