ގަރނަޗޯ އެހެން ކުލަބެއް ހޯދަން އަމޮރިމް އަންގައިފި

އަމޮރިމް އާއި ގަރނަޗޯ އާއި ދެމެދު މައްސަލަ ވަނީ ބޮޑުވެފައި. ފޮޓޯ: ސަން

28 މޭ 2025 - 06:35
މެންޗެސްޓަރ ޔުނައިޓެޑްގެ ކޯޗް ރޫބެން އަމޯރިމް، އެޓީމުގެ އާޖެންޓީނާ ވިންގަރ އަލެޖާންޑްރޯ ގަރްނާޗޯއަށް އޭނާގެ ކެރިއަރ ޔުނައިޓެޑްގައި ނިމުމަކަށް އައިސްފައިވާ ކަމަށް ބުނެ، އެހެން ކްލަބަކަށް ބަދަލުވުމަށް އިންޒާރުދީފިއެވެ.
ޔުނައިޓެޑްގެ ކެރިންގްޓަން ޓްރެއިނިންގ ގްރައުންޑްގައި ބޭއްވުނު ސީޒަން ނިމުމުގެ ބައްދަލުވުމުގައި އަމޯރިމް ވަނީ މުޅި ޓީމުގެ ކުރިމަތީގައި ގަރްނާޗޯއަށް ހަރުކަށި އިންޒާރެއް ދީފައެވެ.
"އެހެން ކްލަބަކުން ކަލޭ ސައިން ކުރާނެކަމުގެ އުއްމީދުގައި ދުޢާ ކުރަން ވެއްޖެ" އަމޯރިމް ބުނި ކަމަށް ވެއެވެ.
20 އަހަރުގެ ގަރްނާޗޯއަކީ މިދިޔަ ސީޒަންގައި 10 އަށްވުރެ ގިނަ ގޯލާއި އެސިސްޓް ހޯދި ކުޅުންތެރިއެކެވެ. އަދި މިދިޔަ އަހަރު އެފްއޭ ކަޕް ފައިނަލްގައި މެންޗެސްޓަރ ސިޓީއާ ދެކޮޅަށް ގޯލެއްވެސް ކޮށްފައިވެއެވެ. ނަމަވެސް މި ސީޒަންގައި އޭނާ އަށް ކުޅެން ލިބޭ ވަގުތު ވަނީ ބޮޑުތަނުން މަދުވެފައެވެ.
ޔޫރަޕާ ލީގް ފައިނަލްގައި ޓޮޓެންހެމްއާ ދެކޮޅަށް ކުޅުނު މެޗުގައި ގަރްނާޗޯއަށް ލިބުނީ އެންމެ 19 މިނެޓެވެ. އަދި ސީޒަންގެ އެންމެ ފަހު މެޗުގައި އެސްޓަން ވިލާއާ ދެކޮޅަށް ކުޅުނުއިރު އޭނާ ސްކޮޑުން އުނިކޮށްފައިވެއެވެ. މީގެ ކުރިންވެސް އަމޯރިމް ވަނީ ޑިސެމްބަރު 15 ގައި ކުޅުނު މެންޗެސްޓަރ ސިޓީއާ ދެކޮޅު މެޗުން ގަރްނާޗޯ ސްކޮޑުން އުނިކޮށްފައެވެ.
ގަރްނާޗޯ އަމޯރިމް އާއި ދެމެދު ހުޅުގަނޑު ފަޅައިގެން ދިޔައީ ޔޫރަޕާ ލީގް ފައިނަލްގައި އޭނާއަށް ލިބުނު ކުޅޭ ވަގުތާމެދު ޝަކުވާ ކުރުމުންނެވެ.
އިތުރު ލިޔުންތައް

ޔޫއޭފާ ޔޫރޮފާލީގުގައި މެންޗެސްޓަރ ޔުނައިޓެޑް ކުޅުނު ތިންވަނަ މެޗުންވެސް އެއްވަރުވެއްޖެ.
8 މަސް ކުރިން
އިނގިރޭސި ޕްރީމިއަރ ލީގު: މެންޗެސްޓަރ ޔުނައިޓެޑް އަށް ކުރިއެރުމެއްނެތް.
8 މަސް ކުރިން
މެންޗެސްޓަރ ޔުނައިޓެޑްގެ ކޯޗުކަމުން އެރިކް ޓެންހާގް ވަކިކޮށްފި.
8 މަސް ކުރިން