logo
Bank of Maldives

Bank of Maldives

ޚަބަރު

ސިވިލް ސޮސައިޓީ އެވޯޑަށް ކުރިމަތިލާން ހުޅުވާލައިފި

އާމިނަތު ޝަފާ
28 މޭ 2025 - 10:02
ސިވިލް ސޮސައިޓީ އެވޯޑަށް ކުރިމަތިލާން ހުޅުވާލައިފި

ރަޖިސްޓަރީކޮށްގެން ހިންގާ މަދަނީ ޖަމްއިއްޔާ/ޖަމާއަތްތަކުން ރާއްޖޭގެ މުޖްތަމައު ބާރުވެރިކުރުމުގެގޮތުން ހިލޭސާބަހަށް ކުރާ މަސައްކަތްތައް ފާހަގަކޮށް، އެޖަމްއިއްޔާތަކުގެ އަގުވަޒަން ކުރުމުގެގޮތުން ދިނުމަށް ކަނޑައަޅާފައިވާ "ސިވިލް ސޮސައިޓީ އެވޯޑް" އަށް ކުރިމަތިލާން ހުޅުވާލައިފިއެވެ.

މިއިނާމަކީ އިޖުތިމާއީ ގޮތުން މުޖުތަމައު ބާރުވެރި ކުރުވުމަށް އަމިއްލައިސްނެގުމުގެ މަތީން، ތަފާތު ގޮތްގޮތުން އެ ޖަމްއިއްޔާއެއް ނިސްބަތްވާ މުޖްތަމައުގެ ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ކުރިއެރުވުމަށް ހިލޭސާބަހަށް މަސައްކަތް ކުރުމުގައި މަދަނީ ޖަމްއިއްޔާތަކުގެ ތެރެއިން ނަމޫނާ ދައްކުވައިދޭ ފަދަ މަސައްކަތްތައް ކޮށްފައިވާ ޖަމްއިއްޔާ ތަކަށް ދެވޭ އިނާމެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި އިނާމުގެ ސަބަބުން ޖަމްއިއްޔާތަކުން ކުރާ މަސައްކަތްތައް ގައުމީ ފެންވަރުގައި ފާހަގަކުރެވޭނެއެވެ.

މަދަނީ ޖަމްއިއްޔާތަކުގެ އިނާމް ލިބޭފަރާތްތަކަށް، ޖަމްއިއްޔާތަކަށް ދެވޭ ހާއްސަ އެވޯޑާއި، ސެޓްފިކެޓް ވެސް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މިއެވޯޑަށް ނަން ހުށަހެޅުމަށް ޝައުގުވެރިވާ ޖަމްއިއްޔާތަކުން، 10 ޖުލައި 2025 ވާ ބުރާސްފަތި ދުވަހުގެ 13:00ގެ ކުރިން މިނިސްޓްރީގެ ކައުންޓަރަށް (ސޯޝަލް ސެންޓަރ) އެޕްލިކޭޝަން ފޯމް ނުވަތަ މި މިނިސްޓްރީގެ އީމެއިލްއަށް ce@youth.gov.mv މެއިލް މެދުވެރިކޮށް ހުށަހެޅޭނެއެވެ.

މަދަނީ ޖަމްޢިއްޔާތަކުގެ އިނާމަށް ކުރިމަތިލުމުގެ އެޕްލިކޭޝަން ފޯމް މިނިސްޓްރީގެ ވެބްސައިޓް www.youth.gov.mv އިން ޑައުންލޯޑް ކުރެވޭނެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޒުވާނުން ނަފްސާނީ އެހީތެރިކަން ހޯދުމަށް ހޮޓްލައިނެއް ތައާރަފްކޮށްފިޚަބަރު | 3 ގަޑިއިރު ކުރިންނެޝަނަލް ޔޫތު ކޮންފަރެންސް ނިންމުން މިރޭ؛ ރައީސް ބައިވެރިވެވަޑައިގަންނަވާނެ!ޚަބަރު | 9 މަސް ކުރިންނަފްސާނީ ސިއްހަތުގެ ދުވަހާ ގުޅިގެން ބާއްވާ އާޓް އެގްޒިބިޝަން މިމަހު 10ގައިޚަބަރު | އަހަރެއް ކުރިންތަޖުރިބާ ދަތުރުގެ ގޮތުގައި ކައުންސިލްތަކުން 13 މިލިއަން ރުފިޔާ ހަރަދުކޮށްފައި އެބަހުރި: މެމްބަރު މުސްތަފާޚަބަރު | އަހަރެއް ކުރިން