logoEN
ޚަބަރު

ހުޅުމާލޭގެ ރިވައިޒްކުރި މާސްޓަރ ޕްލޭނަށް ހިޔާލު ހުށަހަޅަން ހުޅުވާލައިފި

އާމިނަތު ސަފާއާމިނަތު ސަފާ

28 މޭ 2025 - 10:10

ހުޅުމާލޭގެ ރިވައިޒްކުރި މާސްޓަރ ޕްލޭނަށް ހިޔާލު ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލައިފިއެވެ.

ހުޅުމާލޭގެ ތަރައްގީއަށް ބޭނުންވާ މުހިންމު ބަދަލުތައް ހިމަނައިގެން ރިވައިޒްކުރި މި މާސްޓަރ ޕްލޭން ލޯންޗުކޮށްދެއްވީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއެވެ.

މާސްޓަރ ޕްލޭނަށް ބަދަލުގެނައީ ހުޅުމާލޭގެ ބަނދަރުގެ ޖާގަ ތަނަވަސްކުރުމާއެކު، ހުޅުމާލެއަށް ބޭނުންވާ އިތުރު ތަރައްގީގެ މަޝްރޫއުތަކަށް ފުރުސަތު ހޯދުމުގެ ބޭނުމުގައެވެ.

އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު މައުރޫފް ޖަމީލް ވިދާޅުވި ގޮތުގައި، މި މާސްޓަރ ޕްލޭނަކީ ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ގިނަ ފަސޭހަތައް ހޯދައިދިނުމަށް އިތުރު ވަސީލަތްތަކާއެކު ހުޅުމާލެ ތަރައްގީކުރުމަށް ކުރެވޭ މަސައްކަތުގެ މުހިންމު ބައެކެވެ.

މި މާސްޓަރ ޕްލޭނާ ގުޅޭ އެންމެހާ މައުލޫމާތު ޕޯޓަލްއިން މިހާރު ފެންނަން ހުންނާނެއެވެ. އަދި ބޭނުންވާ ފަރާތްތަކަށް އޮންލައިންކޮށް ހިޔާލު ހުށަހެޅުމުގެ ފުރުސަތުވެސް މާސްޓަރ ޕްލޭން ލޯންޗުކުރުމާއެކު ވަނީ ހުޅުވާލެވިފައެވެ. ހިޔާލު ހުށަހެޅުމުގެ ސުންގަޑިއަކީ 16 ޖޫން 2025 އެވެ. މާސްޓަރ ޕްލޭން ފައިނަލް ކުރާނީ އާންމުންގެ ހިޔާލާއި ހުށަހެޅުންތަކަށް ބެލުމަށްފަހުއެވެ.

އެޗްޑީސީން އަބަދުވެސް މަސައްކަތް ކުރަނީ އާންމުންގެ ހިޔާލާއި މަޝްވަރާއާއެކު ހުޅުމާލެ ތަރައްގީކޮށް، އެންމެ ޒަމާނީ ވަސީލަތްތަކާއެކު ތަރައްގީވެފައިވާ ހިތްފަސޭހަ އައިލެންޑް ސިޓީއަކަށް ހުޅުމާލެ ހެދުމަށެވެ.

އެޗްޑީސީގެ ރިވައިޒްޑް މާސްޓަރ ޕްލޭން ބަލައިލުމަށާއި، ހިޔާލު ހުށަހަޅާނެ ލިންކު:

tinyurl.com/47888w2z

ކޮމެންޓް

871x217_placeholder