logo
Bank of Maldives

Bank of Maldives

ޚަބަރު

ބޮޑު އީދުގެ ތައްޔާރީތައް މާފުށީގައި ފޯރީގައި ކުރިއަށް

ބޮޑު އީދުގެ ތައްޔާރީތައް މާފުށީގައި ފޯރީގައި ކުރިއަށް

މި އަހަރުގެ އަލްހާ އީދުގެ ހަރަކާތްތަކަށް ތައްޔާރުވުމުގެ މަސައްކަތްތަށް ފޯރީގަކުރިއަށް ގެންދިޔުން މާލެ އަތޮޅު މާފުށިގައި ލޯންޗްކޮށްފިއެވެ.

މިއަދު މާފުށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މި އަހަރުގެ ބޮޑު އީދުގެ ކުލަގަދަ ހަރަކާތްތައް މާލެއަތޮޅު މާފުށީ ކައުންސިލްގެ އިދާރާއިން ރަސްމީކޮށް ވަނީ ލޯންޗްކޮށްފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެ ކައުންސިލުން މިއަހަރުގެ އަލްހާ އީދުގައި ކުރިއަށް ގެންދާ ހުރިހާ ކުޅިވަރުތަކެއް ހިމަނައިގެން ލޯންޗްކުރި ހަރަކާތްތައް ކިޔާދީފައިވާއިރު މީގެ ތެރޭގައި ވެދުމާ ދިއުން، އީދު ބިޑިރޯކުރުން، ސަޤާފީ ޖާފަތް، ބޮޑު ޖަމާޢަތުގައި ކުރެވޭ އީދު ނަމާދާއި އީދު ސައި، އަދި އީދުގެ މުނާސަބަތުގައި ބޭއްވޭ ހަރަކާތްތަކުގެ ތެރެއިން ކަލަރ ރަން.، ކުޑަކުދިންގެ ހަވީރު، އަދި ދިގުމަގު ނެގުމުގެ ސަގާފީ ހަރަކާތްތަށް ކުރިއަށް ގެންދާނެ ކަމަށް އެއިދާރާއިން ވަނީ ބުނެފައެވެ.

މި ޢީދުގައި އަޅުގަނޑުމެން ސަޕްރައިޒްއަކަށް މީގެ ތިރީހަކަށް އަހަރުކުރިން މި ރަށުގައި ކުޅުނު ބޭންޑެއް އަނެއްކާވެސް ސްޓޭޖް އިން ފެނިގެންދާނެ . އެ ބޭންޑަށް ކިޔަނީ ގެމަރައިޒް. ހަމަ އެބޭންޑްގަ އޭރު ކުޅުނު އާޓިސްޓު މީގެން ފެނިގެން ދާނެ .

އަދި މީގެ އިތުރުން ޢީދު ޝޯގައި ޕާފޯމް ކުރުމަށް އިކުއަޓިކް ވައިބް އާއި މާފުށި ސަޤާފީ ގުރޫޕް، އަދި ޝޯގެ ތެރެއިން ހަވާ އެރުވުމަށް ވަނީ ހަމަޖެހިފައެވެ. ވަޅުޢީދު ދުވަސްތަކުގެ ހަރަކާތްތަކުގެ ތެރޭގައި ވާދެމުމުގެ މުބާރާތެއްގެ އިތުރުން ކޯޑި ނެރުން، ނަލަ ކޯޑި ހިނގުން ވެސް މިފަހަރު މާފުށީގައި ކުރިއަށް ދާނެއެވެ.

އެ ދުވަހު ހަވީރު ވަރަށް ފުރިހަމަ ކުޑަކުދިންގެ ހަވީރެއް ބާންވަން ހަމަޖެހިފަ މިވަނީ. ކުޑަކުދިންގެ ހަވީރުގަ ރޯބޯމޭން ޕާފޯމް ކުރަން ވަނީ ކޮންފަމޭށަން ލިބިފަ.

އެއާއެކު މިފަހަރު ޢީދުގައި މާލި ޕެރޭޑް، ސިމްބޮލިކް ރިކޯޑްސް، ހިޔަލަ ޑަންސް ގުރޫޕް، ނައު އެންޑް ދެން ބޭންޑް، ސްކައި ރޮކް ބޭންޑް އަދި ގެމާ ރޭޒްއާއި ޓްރެފިކް ޖޭމްގެ ޙާއްސަ ހަރަކާތްތައް ޢީދުގެ ޝޯގެ ތެރެއިން ބޭއްވުމަށް ތައްޔާރީތަށް ވަމުންދާކަންވެސް އެ އިދާރާއިން ވަނީ ފާހަގަކުރައްވާފައެވެ.

މި ފޯރިގަދަ ބޮޑުޢީދުގެ މިފަހަރުގެ ކުޅިވަރުތައް ބަހާލެވިފައިވަނީ ހަތަރު ދުވަހަކަށެވެ. އެގޮތުން ހައްޖު ދުވަހުގެ ރޭ ފެށިގެން ދާ ހަރަކާތްތައް 09 ޖޫން 2025 ވަނަ ދުވަހާއި ހަމަޔަށް ކުރިއަށް ގެންދިއުމަށް އެއިދާރާއިން ވަނީ ހަމަޖައްސާފައެވެ. މީގެ އިތުރުން، މި ފަހަރުގެ ޢީދު ފާހަގަކުރުމުގެ ގޮތުން ކައުންސިލުން ދިއްލާ ދިއްލުންތަކުގެ އިތުރުން، އާންމު ގޭބީސީތައް ދިއްލުމުގެ ޚާއްޞަ މުބާރާތެއް ބޭއްވުމަށް އެ ރަށުގައި ވަނީ ހަމަޖެހިފައެވެ. މިމުބާރާތުގައި، ކޮންމެ ގޭބީސީއަކުންވެސް އެ ގެއެއްގެ ދޮރުމަތި ބޮކިފަތިން ދިއްލައި ޒީނަތްތެރިކުރުމަށް މިހާރު ވަނީ ހުޅުވާލާފައެވެ. މުބާރާތުގައި ބައިވެރިވާ ގޭބީސީތަކުގެ ތެރެއިން، އެންމެ ރީތިކޮށް އަދި އުފެއްދުންތެރިކަމާއިއެކު ޑިޒައިންކޮށް ދިއްލާފައިވާ 3 ގޭބީސީއަކަށްް، ކޮންމެ ގޭބީސީއަކަށް -/5000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވެސް އިދާރާއިން ވަނީ ނިންމާފައެވެ.

އަދި އެ ކައުންސިލް ވަނީ މި ޢީދުގައި ރައްޔިތުންގެ ބައިވެރިވުމަށް އެދިފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މާފުށީގެ ތަރައްގީގެ މަސައްކަތަށް ކައުންސިލުން ބަނދެފައިވާ ސޭންޑު ބާޖު އިފްތިތާޙްކޮށްފިޚަބަރު | މަހެއް ކުރިންބޮޑު އީދުގެ ތައްޔާރީތައް މާފުށީގައި ފޯރީގައި ކުރިއަށްޚަބަރު | 5 މަސް ކުރިންޗައިނާގެ ފަތުރުވެރިއަކަށް މިޔަރެއް ޙަމަލާދީގެން ފަރުވާދެނީޚަބަރު | އަހަރެއް ކުރިން