ބިލިއަނަރު އީލޮން މަސްކް ޓްރަމްޕް ސަރުކާރުން ވަކިވެއްޖެ


29 މޭ 2025 - 02:50
ވޮޝިންގްޓަން، 20 ސެޕްޓެމްބަރ 2023: އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުގެ ޚަރަދު ކުޑަކުރުމުގެ ޒިންމާއާ ހަވާލުވެ ހުންނެވި ބިލިއަނަރު އީލޮން މަސްކް، އޭނާގެ ދައުރު ހަމަވުމާ ގުޅިގެން ސަރުކާރުން ވަކިވެވަޑައިގަތްކަން އިއުލާނު ކުރައްވައިފިއެވެ.
މަސްކް މި ކަން އިއުލާނު ކުރެއްވީ ބުދަ ދުވަހުގެ ހަވީރު، އޭނާގެ ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްގައި ޕޯސްޓެއް ކުރައްވައިގެންނެވެ.
"ޚާއްސަ ސަރުކާރުގެ މުވައްޒަފެއްގެ ގޮތުގައި އަޅުގަނޑުގެ މުއްދަތު ހަމަވުމާ ގުޅިގެން، ބޭކާރު ޚަރަދުތައް ކުޑަކުރުމަށް ފުރުސަތު ދެއްވި ރައީސް ޓްރަމްޕަށް ޝުކުރު ދަންނަވަން." އޭނާ ވިދާޅުވެފަވެއެވެ.
މަސްކް ވަނީ ފެޑެރަލް ސަރުކާރުގެ ޚަރަދުތައް ކުޑަކުރުމަށް މަސްތަކެއް ވަންދެން ކުރިއަށް ގެންދިޔަ މަޝްރޫއެއްގެ އިސްވެރިއެއްގެ ގޮތުގައި މަސައްކަތް ކުރައްވާފައެވެ. މި މަޝްރޫއުގެ ދަށުން އުފެއްދި "ޑިޕާޓްމަންޓް އޮފް ގަވަރންމަންޓް އެފިޝިއެންސީ" (ޑޯޖް) އަށް އިޝާރާތްކުރައްވަމުން މަސްކް ވިދާޅުވީ، "ޑޯޖްގެ މަސައްކަތް، ސަރުކާރުގެ އެކި ދާއިރާތަކުގައި ދިރިއުޅުމުގެ އާދައަކަށް ވުމުން، އިތުރަށް ވަރުގަދަވެގެންދާނެ" ކަމަށެވެ.
މަސްކް ޓްރަމްޕްގެ އިދާރާއާ ގުޅިވަޑައިގަތީ މިދިޔަ ޖެނުއަރީ މަހުގައެވެ. އޭރު އޭނާ ވަނީ އެމެރިކާގެ ފެޑެރަލް ބަޖެޓުން މަދުވެގެން 1 ޓްރިލިއަން ޑޮލަރު ސަލާމަތްކުރުމުގެ ވައުދެއް ވެވަޑައިގެންފައެވެ.
އިތުރު ލިޔުންތައް
.jpg&w=3840&q=75)
ދެވަނަ ފަހަރަށް ވެރިކަމަށް އަންނަން ޓްރަމްޕްކުރާ ދަތުރު ފެންނަނީ ބަނަކޮށް
10 މަސް ކުރިން
ޓްރަމްޕް ނޮހޮވިއްޖެނަމަ ދެން ކުރިމަތިލެއްވުމުގެ ވިސްނުމެއްނެތް
10 މަސް ކުރިން
އީރާނުގެ ތެލުގެ ވިޔަފާރިއާ ގުޅިފައިވާ ކުންފުނިތަކަށް އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅު އަޅައިފި
9 މަސް ކުރިން