logo
ޚަބަރު

18 ރަށެއްގެ ސިއްހީ މަރުކަޒު އެޅުމަށް 3 ކުންފުންޏަކާ ހަވާލުކޮށްފި

ހުސައިން ވަސީމް
29 މޭ 2025 - 08:09
18 ރަށެއްގެ ސިއްހީ މަރުކަޒު އެޅުމަށް 3 ކުންފުންޏަކާ ހަވާލުކޮށްފި

18 ރަށެއްގައި ސިއްޙީ ޚިދުމަތް ފޯރުކޮށްދޭ ސެންޓަރުތައް އެޅުމަށް ސަރުކާރު 3 ކުންފުންޏަކާ ހަވާލުކޮށްފި އެވެ.

މި މަސައްކަތްތައް ކުރުމަށް ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމްޓީސީސީއާއި، ފެނަކަ ކޯޕަރޭޝަން އަދި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންއާއެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެގޮތުން އާރްޑީސީއާ ހަވާލުކޮށްފައިވަނީ ހަތަރު ރަށެއްގައި ސިއްހީ ހިދުމަތްދޭތަންތައް އިމާރަތް ކުރުމަށެވެ. އެ އެއްބަސްވުމުގައި ހެލްތް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އަހުމަދު ގާސިމްއެވެ. އާރްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ އެމްޑީ މުހައްމަދު އަސްބާހް އަލީ ނަސީރެވެ. .

އާރްޑީސީއާއި ހަވާލުކޮށްފައިވަނީ ހއ. ފިއްލަދޫ ސިއްހީމަރުކަޒު އިތުރަށް ބޮޑު ކުރުމުގެ މަސައްކަތާ ރ. މީދޫ ހޮސްޕިޓަލްގެ އާ އިމާރާތުގެ މަސައްކަތާއި މ. މުލަކު ސިއްހީ މަރުކަޒު ބޮޑު ކުރުމުގެ މަސައްކަތުގެ އިތުރުން ގއ. ދާންދޫ ހޮސްޕިޓަލްގެ އާ އިމާރާތުގެ މަސައްކަތެވެ.

އެމްޓީސީސީއާ ހަވާލުކުރީ ފަސް ރަށެއްގެ ސިއްހީ ހިދުމަތްދޭތަންތަނުގެ އިމާރާތްކުރުމަށެވެ. އެއީ

  • ހއ. އުލިގަމު ސިއްހީމަރުކަޒު ބޮޑުކުރުމުގެ މަސައްކަތާއި ހދ. ކުމުންދޫ ސިއްހީމަރުކަޒުގެ އައު އިމާރާތުގެ މަސައްކަތާއި ރ. އިންނަމާދޫ ސިއްހީމަރުކަޒު ބޮޑުކުރުމުގެ މަސައްކަތާއި އދ. އޮމަދޫ ސިއްހީމަރުކަޒުގެ އާ އިމާރާތުގެ މަސައްކަތުގެ އިތުރުން ދ. ހުޅުދެލި ސިއްހީ މަރުކަޒު ބޮޑުކުރުމުގެ މަސައްކަތެވެ.
  • ފެނަކައާއި ހަވާލުކޮށްފައި ވަނީ
  • ހއ. މުރައިދޫ ސިއްހީމަރުކަޒު ބޮޑުކުރުމުގެ މަސައްކަތާއި
  • ހއ. ތަކަންދޫ ސިއްހީމަރުކަޒު އިތުރަށް ބޮޑުކުރުމުގެ މަސައްކަތާއި
  • ހއ. މޮޅަދޫ ސިއްހީމަރުކަޒުގެ އާ އިމާރާތުގެ މަސައްކަތް
  • ހދ. ނޭކުރެންދޫ ސިއްހީ މަރުކަޒުގެ އެކްސްޕެންޝަން އިމާރާތުގެ މަސައްކަތް
  • ރ. ކިނޮޅަސް ސިއްހީމަރުކަޒުގެ އެކްސްޕެންޝަން އިމާރާތުގެ މަސައްކަތް
  • ރ. ފައިނު ސިއްހީ މަރުކަޒުގެ އެކްސްޕެންޝަން އިމާރާތުގެ މަސައްކަތް
  • ރ. ރަސްމާދޫ ސިއްހީ މަރުކަޒުގެ އެކްސްޕެންޝަން އިމާރާތުގެ މަސައްކަތް
  • ރ. މަޑުއްވަރީ ސިއްހީ މަރުކަޒުގެ އާ އިމާރާތުގެ މަސައްކަތް ހަވާލުކުރުމުގެ
  • ދ. ރިނބުދޫ ސިއްހީ މަރުކަޒުގެ އެކްސްޕެންޝަން އިމާރާތުގެ މަސައްކަތް
Hajj Corpooration

Hajj Corpooration

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކުޑަކުދިންނަށް ދޭ ކޮފްސިރަޕް އެއް މަނާކޮށްފި ޚަބަރު | ދުވަހެއް ކުރިންއައިޖީއެމްއެޗާއި ހުޅުމާލޭ ހޮސްޕިޓަލުގައި ހައްޖުވެރިންނަށް ހާއްޞަ ކްލިނިކް ހުޅުވައިފިޚަބަރު | 2 މަސް ކުރިންމާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް އިން އައިނު ހެއްދުމުގެ ޚިދުމަތް ދިނުމަށް ރައީސް ނިންވައިފިޚަބަރު | 3 މަސް ކުރިން18 ރަށެއްގެ ސިއްހީ މަރުކަޒު އެޅުމަށް 3 ކުންފުންޏަކާ ހަވާލުކޮށްފިޚަބަރު | 3 މަސް ކުރިން