ދިވެހި ޙައްޖުވެރިންގެ 3ވަނަ ގުރޫޕް ސަޢުދީއަށް ފުރައިފި


29 މޭ 2025 - 09:35
މިއަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރުމަށް ރާއްޖެއިން ދާ ޙައްޖުވެރިންގެ ތިން ވަނަ ގުރޫޕް ފުރައިފިއެވެ.
ޙައްޖުވެރިންގެ ތިން ގުރޫޕް ފުރާފައިވަނީ 6:30 ހާއިރު ދިވެހިންގެ ޤައުމީ އެއާލައިން، މޯލްޑިވިއަންގައެވެ. މިފްލައިޓުގައި 251 މީހުން ފުރާފައިވެއެވެ. މި ފްލައިޓް ޖިއްދާ އެއަރޕޯޓްގައި ޖައްސާނެކަމަށް ލަފާކުރަނީ ރާއްޖެ ގަޑިން މެންދުރުފަހު 11:30 ހާއިރުއެވެ.
ކުރީ އަހަރުތަކެކޭ އެއްގޮތަށް ޙައްޖުވެރިން އެއަރޕޯޓަށް ދިއުމުގައި މިއަހަރުވެސް ސަރުކާރުން ވަނީ ފަސޭހަ އިންތިޒާމުތަކެއް ހަމަޖައްސައިދީފައެވެ. އެ ގޮތުން މާލެއާއި ހުޅުމާލެއިން ބަހުގައި ދަތުރުކުރެވޭނެ އިންތިޒާމްތައް ހަމަޖައްސާފައިވެއެވެ. އަދި ފެރީގައިވެސް ދަތުރުކުރެވޭނެ އިންތިޒާމް ހަމަޖައްސާފައިވެއެވެ.
ދިވެހި ޙައްޖުވެރިން މިފަހަރު މައްކާއަށް ފުރަނީ، ސަޢުދީ ޢަރަބިއްޔާގެ އިމިގްރޭޝަންގެ ހުރިހާ މަރުޙަލާއެއް ފުރިހަމަކުރުމަށްފައެވެ. މި ޚިދުމަތް ދިވެހިންނަށް ފަހިވެފައިވަނީ ސަޢުދީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒްގެ ޚާއްސަ އިރުޝާދުގެ ދަށުންނެވެ. ޙައްޖުވެރިންގެ ތިން ވަނަ ގުރޫޕް މިއަދު ފުރާފައިވާއިރު، ޙައްޖަށް ދާ މީހުން ފުރަން ފެށީ މިދިޔަ ހޯމަ ދުވަހުއެވެ. 4 ގްރޫޕްއަކަށް ބަހާލައިގެން ޙައްޖުވެރިން ސަޢުދީއަށް ދަތުރު ކުރާއިރު ސަޢުދީ އެއަލައިންގެ އިތުރަށް މޯލްޑިވިއަންގެ ފްލައިޓްގައިވެސް ދަތުރުކުރެއެވެ. އެގޮތުން މޯލްޑިވިއަންގެ ބޯޓުގައި މިހާތަނަށް މިވަނީ ދެ ދަތުރު ސަޢުދީއަށްކޮށްފައެވެ. ހައްޖުވެރިންގެ ފަހު ގުރޫޕް ފުރުމަށް ހަމަޖެހިފައިވަނީ މާދަމާ މެންދުރު ފަހުއެވެ. އެއީ ސަޢުދީ އެއަލައިންގައެވެ.
އިތުރު ލިޔުންތައް

ޙައްޖުވެރިންގެ ފުރަތަމަ ފްލައިޓް ފުރައިފި
12 ދުވަސް ކުރިން
ރައީސްގެ ނިންމެވުމާއި އެއްގޮތަށް ހައްޖުވެރިން މައްކާއިން މަދީނާއަށް ދާނީ ހައިސްޕީޑް ޓްރެއިންގައި
12 ދުވަސް ކުރިން
މިއީ އިންތިޒާމުތައް އެންމެ ރަނގަޅު ޙައްޖު މޫސުން - ރައީސް
11 ދުވަސް ކުރިން