logoEN
ޚަބަރު

އެޗް.ޑީ.ސީގެ ޗެއަރމަންގެ މަޤާމަށް ޝަހީރު

ޝަހީރު// ފޮޓޯ: މިހާރު

ޝަހީރު// ފޮޓޯ: މިހާރު

އާމިނަތު ސަފާއާމިނަތު ސަފާ

29 މޭ 2025 - 11:29

ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗް.ޑީ.ސީ) ގެ ޗެއަރމަންގެ މަޤާމަށް އަޙްމަދު ޝަހީރު އައްޔަނުކުރައްވައިފިއެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީ.ސީ.ބީ) އިން ހާމަކުރި ގޮތުގައި އެޗް.ޑީ.ސީގެ ޗެއަރމަން ކަމަށް ޝަހީރު އައްޔަނުކުރައްވާފައިވަނީ މިއަދުއެވެ.

ޝަހީރު ވަނީ 29 އަހަރުގެ ދިގު މުއްދަތަކަށް އެސްޓީއޯގެ އެކި މަގާމުތައް ފުރުއްވާފަ އެވެ. އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2015 އިން 2018 ވަނަ އަހަރާއި ހަމައަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމު ޝަހީރު އަދާކުރެއްވި އެވެ.

މީގެ އިތުރުން މީގެ ކުރިން ފެނަކައިގެ ޗެއާމަންކަމުގެ މަގާމު އަދާކުރެއްވިިއިރު މިދިޔަ އަހަރުގެ އޯގަސްޓުމަހު އޭނާވަނީ އެ މަގާމުން ވަކިކުރައްވާފައެވެ.

ޝަހީރު ވަނީ ބިޒްނަސް އެޑްމިނިސްޓްރޭޝަނުން ބެޗެލާސް ހާސިލުކުރުމުގެ އިތުރުން، އޮސްޓްރޭލިއާގެ އެޑެލައިޑް ޔުނިވާސިޓީން އެމްބީއޭ ހާސިލްކޮށްފަ އެވެ.

ކޮމެންޓް

871x217_placeholder