logo
Bank of Maldives

Bank of Maldives

ޚަބަރު

ގުޅީފަޅުން ގޯތި ލިބުނު ފަރާތްތަކުގެ ގުރުއަތުލުން މިއަދު 2:30 ގައި

އާމިނަތު ޝަފާ
30 މޭ 2025 - 05:13
ގުޅީފަޅުން ގޯތި ލިބުނު ފަރާތްތަކުގެ ގުރުއަތުލުން މިއަދު 2:30 ގައި

ގުޅީފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ބަދަލު ގެނެވި، އައު ޕްލޭނެއް އެކުލަވާލުމާ ގުޅިގެން، ބިންވެރިޔާ ސްކީމްގެ ދަށުން ގުޅީފަޅުން ބަންޑާރަ ގޯތި ލިބިފައިވާ ފަރާތްތަކުގެ މެދުގައި ބާއްވާ ގުރުނެގުން މިއަދު 2:30 ގައި އޮންނާނެކަމަށް އިމާރާތްކުރުމާ ބިނާރާ ބެހޭ ވުޒާރާއިން ބުނެފިއެވެ.

ވުޒާރާއިން ބުނީ ގުރުނެގުން އޮންނާނީ އުސްފަސްގަނޑު ސަރަހައްދުގައިކަމަށެވެ. މި ގުރުއަތުލުމުގައި ބައިވެރިވެވޭނީ މިހާތަނަށް ގުޅީފަޅުން ގޯތި ހަވާލުކޮށްފައިވާ ފަރާތްތަކަށެވެ. ގުޅީފަޅުން ދޫކުރާ ގޯތިތަކުގެ ތެރޭގައި 1،250 އަކަފޫޓުގެ 684 ގޯއްޗާއި، 1،650 އަކަފޫޓުގެ 1،242 ގޯތި، 2،050 އަކަފޫޓުގެ 923 ގޯތި، 2،450 އަކަފޫޓުގެ 479 ގޯތި، 2،850 އަކަފޫޓުގެ 158 ގޯތި، 3،250 އަކަފޫޓުގެ 49 ގޯއްޗާއި، 3،650 އަކަފޫޓުގެ 22 ގޯތި ހިމެނެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ގުޅީފަޅުން ބިން ލިބޭ ފަރާތްތަކުގެ ތެރެއިން ގުރުނެގުމަށް ހަމަޖެހިފައިވާ ސަރަޙައްދަށް ބިން ލިބިފައިވާ ފަރާތްތަކުގެ ތެރެއިން ކޮންމެ ޕްލޮޓަކަށް 01 ފަރާތަށް ގުރުނެގުމަށް ހަމަޖެހިފައިވާ ސަރަޙައްދަށް ވަދެވޭނެ އިންތިޒާމުވަނީ ހަމަޖެހިފައެވެ. އަދި ބިން ލިބޭ ފަރާތްތަކެއްގެ ބަދަލުގައި އެހެން ފަރާތަކުން ޙާޟިރުވާން ބޭނުންނަމަ، ބިން ލިބޭ ފަރާތުގެ އިޢުތިރާޒެއްނެތް ކަމުގެ ލިޔުމާއި އަދި ބަދަލުގައި ޙާޟިރުވާ ފަރާތުގެ އައި.ޑީ.ކާޑުގެ ކޮޕީއާއެކު ވަދެވޭނެއެވެ. މިގޮތުން ގުރުނަގަމުންދާއިރު ހިޔާވެހި ޕޯޓަލްއިން ޕްލޮޓް އެލޮކޭޓްވާ ފަރާތްތައް ވަގުތުން ފެނި އެފަރާތްތަކަށް ވަގުތުން އެސް.އެމް.އެސްގެ ޒަރިއްޔާއިން މެސެޖް ލިބޭނެއެވެ.

ގޯތިލިބޭ ފަރާތްތަކުގެ ގުރުނަގާ ނިމުމުން، ގޯތިތަކުގެ ރަޖިސްޓްރީ އާއި ބިން ލިބޭ ފަރާތްތަކާއެކުވާ އެއްބަސްވުންތަކާގުޅޭ މަޢުލޫމާތު ފަހުގެ ތާރީޚެއްގައި ޙިއްސާކުރެވޭނެކަމަށް ވުޒާރާއިން މައުލޫމަތުދެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ތ. މަޑިފުށީގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިޚަބަރު | 9 ދުވަސް ކުރިންއިންޖިނިއަރުންގެ ދުވަސް ފާހަގަކުރުމަށް ކެރިއާ ގައިޑެންސް ޕްރްގްރާމެއްޚަބަރު | 17 ދުވަސް ކުރިންކުރީގެ އެއްބަސްވުން ބާތިލްކުރުމަށްފަހު ތުޅާދޫ އެއާޕޯޓުގެ ބިންހިއްކުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފިޚަބަރު | މަހެއް ކުރިންވިލިމާލޭގައި އަޅަނީ "ވިލިމާލެ-ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ހޮސްޕިޓަލް" ޚަބަރު | 3 މަސް ކުރިން