logoEN
ކުޅިވަރު

ޔުނައިޓެޑަށް ދޯކާދީފައި ލިއަމް ޑެލަޕް ޗެލްސީއަށް

ލިއަމް ޑެލަޕް

ލިއަމް ޑެލަޕް

އަބްދުﷲ ޣާނިމްއަބްދުﷲ ޣާނިމް

30 މޭ 2025 - 06:12

އިޕްސްވިޗް ޓައުންގެ ސްޓްރައިކަރު ލިއަމް ޑެލަޕް ސޮއިކުރުމަށް ޗެލްސީއާ ގުޅުމަށް އެއްބަސްވެއްޖެއެވެ. ދި އެތްލެޓިކްގެ ޑޭވިޑް އޯންސްޓައިން ހާމަކުރި ގޮތުގައި، އިޕްސްވިޗް ޗެމްޕިއަންޝިޕަށް ވެއްޓުމާ ގުޅިގެން އެކްޓިވްވި 30 މިލިއަން ޕައުންޑްގެ ރިލީޒް ކްލޯޒް ޗެލްސީއިން ދެއްކުމަށް ވަނީ ހަމަޖެހިފައެވެ.

މެންޗެސްޓަރ ޔުނައިޓެޑުން ދެލަޕްގެ ސޮއި ހޯދުމަށް މިދިޔަ ހަފްތާގައި މަސައްކަތްތަކެއް ކުރިނަމަވެސް، ޗެލްސީއިން މިވަނީ ފަހުވަގުތުގައި ޔުނައިޓެޑުގެ މައްޗަށް ކުރިހޯދާފައެވެ.

22 އަހަރުގެ ޑެލަޕް ޗެލްސީ އިޚްތިޔާރު ކުރުމުގައި މައިގަނޑު ދެ ސަބަބެއް ވެއެވެ. އޭގެ ތެރޭގައި އަންނަ ސީޒަނުގައި ޗެމްޕިއަންސް ލީގުގައި ކުޅުމުގެ ފުރުސަތު ލިބުމަކީ މެންޗެސްޓަރ ޔުނައިޓެޑްއަށްވުރެ ޗެލްސީއަށް ލިބުނު ވަރަށް ބޮޑު ފައިދާއެކެވެ. އަދި މެންޗެސްޓަރ ސިޓީގައި އޭނާއާއެކު މަސައްކަތްކޮށްފައިވާ އެންޒޯ މަރެސްކާ ހުރުމަކީވެސް މުހިންމު ސަބަބެކެވެ.

މި މައުލޫމާތު ފެބްރިޒިއޯ ރޮމާނޯވެސް ވަނީ ކަށަވަރުކޮށްދީފައެވެ.

މެންޗެސްޓަރ ސިޓީގެ އެކަޑަމީގައި ތަމްރީނުވެ، އިޕްސްވިޗް ޓައުންއަށް ބަދަލުވުމަށްފަހު ޑެލަޕް ވަނީ އޭނާގެ މޮޅު ކުޅުމުން ގިނަ ބަޔެއްގެ ސަމާލުކަން ހޯދާފައެވެ. މި ސީޒަންގައި އޭނާ ވަނީ ރެލިގޭޓް ވެފައިވާ އިޕްސްވިޗްއަށް 15 ގޯލު ޖަހާ 8 އެސިސްޓް ދީފައެވެ.

ކޮމެންޓް

871x217_placeholder