logo
Bank of Maldives

Bank of Maldives

ޚަބަރު

ރައީސް ދެއްވީ ސްކައުޓުންގެ ގޮންޖެހުންތަކަށް ޙައްލު ހޯއްދަވައިދެއްވާނެ ކަމުގެ ޔަގީންކަން

ރައީސުލްޖުމްހޫރިއްޔާގެ ސްކައުޓް ލިބިވަޑައިގެންނެވި ބޭފުޅަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެ އެވޯޑް އަރުވަނީ -- ފޮޓޯ: ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާގެ ސްކައުޓް ލިބިވަޑައިގެންނެވި ބޭފުޅަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެ އެވޯޑް އަރުވަނީ -- ފޮޓޯ: ރައީސް އޮފީސް

 ސްކައުޓް ހަރަކާތަށް ދިމާވި އެކި ކަހަލަ ގޮންޖެހުންތަކުން އަރައިގަނެވޭނެ ގޮތްތަކެއް ހޯއްދަވައިދެއްވަން މަސައްކަތްޕުޅު ކުރައްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ އަދި ޗީފް ސްކައުޓް، ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.

ރައީސް އެފަދައިން ވިދާޅުވީ ޤައުމީ ސްކައުޓު ދުވަހުގެ މުނާސަބަތުގައި،  ޗީފް ސްކައުޓަށް ވޯލްޑް ސްކައުޓް ބެޖް ހަވާލުކުރެއްވުމާއި، 'ރައީސުލްޖުމްހޫރިއްޔާގެ ސްކައުޓް' އެވޯޑް ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެގޮތުން ރައީސް ވިދާޅުވީ، ސްކައުޓް އެސޯސިއޭޝަނާއި ސްކައުޓް ހަރަކާތުގައި އުޅޭ ވޮލަންޓިއަރ ހުރިހާ ބޭފުޅުން، އަދި ޖުމްލަކޮށް ސްކައުޓް އާއިލާއަށް ބޭނުންވާ ކަންކަމުގައި މި ވޭތުވެދިޔަތަނުގައި ސްކައުޓް ހަރަކާތަށް ދިމާވި އެކި ކަހަލަ ގޮންޖެހުންތަކުން އަރައިގަނެވޭނެ ގޮތްތަކެއް ހޯއްދަވައިދެއްވަން މަސައްކަތްޕުޅު ކުރައްވާނެކަމުގެ ޔަޤީންކަން ދެއްވާ ކަމަށެވެ.

އަދި އެމަނިކުފާނަކީ ވެސް ސްކައުޓްގައި މީގެ ކުރިން ބައިވެރިވެވަޑައިގެންނެވި ފަރާތެއްކަމުގައި ފާހަގަކުރައްވައި ރައީސް ވަނީ، އޭރުގެ ބައެއް ހަނދާންތައް ވެސް ހިއްސާކުރައްވާފައެވެ. އަދި އޭރު ވެސް ސްކައުޓްގެ ތެރޭގައި ތިއްބެވި ބައެއް ބޭފުޅުން މިހާރު ވެސް އެ ޚިދުމަތުގައި ދެމި ތިއްބަވާތީ އެކަމަށް އެމަނިކުފާނު ވަނީ ޝުކުރުއަދާކުރައްވާފައެވެ.

GsMtwJcb0AAC0yk.jpg

މިއަދުގެ ރަސްމިއްޔާތުގައި ރައީސަށް ވަނީ،  ވަރލްޑް ސްކައުޓް ބެޖް ވެސް އަރުވާފައެވެ. އެ ބެޖް އެމަނިކުފާނަށް އެރުވީ ސްކައުޓް އެސޯސިއޭޝަންގެ ރައީސް މުޙައްމަދު ނަޒީފެވެ. މި ރަސްމިއްޔާތުގައި ސްކައުޓް ކައުންސިލްގެ އަށް މެންބަރުންނަށް މަޤާމުގެ ލިޔުން ޙަވާލުކޮށްދެއްވައި، "ރައީސުލްޖުމްހޫރިއްޔާގެ ސްކައުޓް" އެވޯޑް 7 ސްކައުޓަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ.

މީގެ އިތުރުން، މިއަދު ފާހަގަކުރާ ޤައުމީ ސްކައުޓް ދުވަހުގެ މުނާސަބަތުގައި މީސްމީޑިއާގެ އެކްސް މެދުވެރިކުރައްވައި، ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ އެކައުންޓުން ކުރެއްވި ޕޯސްޓެއްގައި، ދިވެހިރާއްޖޭގައި ސްކައުޓް ޙަރަކާތް ފެށުނުތާ 69 އަހަރު ފުރުމުގެ މުނާސަބަތުގައި، ޤައުމީ ސްކައުޓް ދުވަހުގެ ތަހުނިޔާ މި ޙަރަކާތުގެ އެހާރާއި މިހާރުގެ ޚިދުމަތްތެރީންނަށް އަރިސްކުރެއްވިއެވެ.

އަދި ޤައުމަށް ދިމާވި ކޮންމެ މުހިންމު ކަމެއްގައި ސްކައުޓުން އަބަދުވެސް ތިބެނީ ތައްޔާރަށް ކަމަށާއި އިޖްތިމާޢީ އެހީތެރިކަމުގައި، އަދި އެކުވެރިކަމުގެ ޗޭނަކުން މުޅި ރާއްޖޭގައި ބަދަހި ގުޅުމެއް އުފެއްދުމުގައި ސްކައުޓުން ދައްކައިދީފައިވަނީ ތާރީފު ހައްގު ނަމޫނާއެއް ކަމުގައި އެ މަނިކުފާނުގެ ޕޯސްޓުގައި ފާހަގަކުރައްވާފައިވެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

20 އަހަރަށް ފަހު ކަބް ސްކައުޓުންނަށް ސިކްސާސް ކޭމްޕް ބާއްވައިފިޚަބަރު | 4 މަސް ކުރިންމަކުނުދޫ އެއާޕޯޓަށް ވަރަށް އިސްކަންދެން، ބޭނުންވަނީ ވަރަށް އަވަހަށް އެ މަޝްރޫއު ނިންމަން: ރައީސްޚަބަރު | 5 މަސް ކުރިންޕާކިސްތާނުގައި ފެންބޮޑުވެ ގިނަ ބަޔަކު މަރުވީ ޙާދިސާއާ ގުޅިގެން ރައީސް ތަޢުޒިޔާ ވިދާޅުވެއްޖެޚަބަރު | 5 މަސް ކުރިންކޮންމެ ލައިބްރަރީއަކީ ވަށައިގެންވާ މުޅި ރާސްތާއަށް އަލިކޮށްދޭ ފަނޑުވުމެއް ނެތް ދަންމަރެއް: ރައީސްޚަބަރު | 6 މަސް ކުރިން