logoEN
ކުޅިވަރު

ހޮންކޮންގް ތަޢުލީމުއް ދިޔާނާ ތަށި ޔުނައިޓެޑުން ކާމިޔާބުކޮށްފި

އިއްޔެ ހޮންކޮންގްގައި ކުޅެވުނު މެޗުގެ ތެރެއިން. ފޮޓޯ: މެންޗެސްޓަރ ޔުނައިޓެޑް

އިއްޔެ ހޮންކޮންގްގައި ކުޅެވުނު މެޗުގެ ތެރެއިން. ފޮޓޯ: މެންޗެސްޓަރ ޔުނައިޓެޑް

އަބްދުﷲ ޣާނިމްއަބްދުﷲ ޣާނިމް

31 މޭ 2025 - 05:43

މެންޗެސްޓަރ ޔުނައިޓެޑުން ހޮންކޮންގާ ދެކޮޅަށް ކުޅުނު ޕޯސްޓް ސީޒަން ފްރެންޑްލީ މެޗުން 3-1 އިން މޮޅުވެއްޖެއެވެ. މިމޮޅާއެކު ޔުނައިޓެޑު ވަނީ ޑިފައިނިންގް އެޑިއުކޭޝަން ޗެލެންޖު ކަޕް ކާމިޔާޔާބުކޮށް ތަށި އުފުލާލާފައެވެ.

މެޗުގެ 20 ވަނަ މިނެޓްގައި ކުރީގެ ރޭންޖާޒް ކުޅުންތެރިޔާ ޖުނިންހޯ ވަނީ ހޮންކޮންގަށް ލީޑް ހޯދައިދީފައެވެ. ނަމަވެސް ދެވަނަ ހާފުގެ ފެށުމުގައި ޗިޑޯ އޮބީ ވަނީ ޔުނައިޓެޑަށް އެއްވަރުކޮށްދީފައެވެ. އޭނާ 82 ވަނަ މިނެޓްގައި އިތުރު ގޯލެއް ޖަހައި ޔުނައިޓެޑަށް ލީޑް ހޯދައިދިނެވެ. އިންޖުރީ ޓައިމްގައި އޭޑަން ހެވަން ވަނީ ތިންވަނަ ގޯލު ޖަހައި މެޗު ކަށަވަރުކޮށްދީފައެވެ.

undefinedޑިފައިނިންގް އެޑިއުކޭޝަން ޗެލެންޖު ތަށި ޔުނައިޓެޑުން ކާމިޔާބުކޮށް ތަށި އުފުލާލަނީ

މި މެޗު ކުޅުނީ ރޫބެން އަމޮރިމްގެ ޓީމު ބުދަ ދުވަހު ކުއާލަލަމްޕޫގައި އޭޝިއަން އޯލް ސްޓާޒްއާ ދެކޮޅަށް ކުޅުނު މެޗުން 1-0 އިން ބަލިވުމާ ގުޅިގެން ސަޕޯޓަރުން ފާޑުކިޔަމުންދާ ދަނޑިވަޅެއްގައެވެ.

މި މެޗު ކުޅުނީ ބްރޫނޯ ފަނާންޑޭސް އަދި އަލެހާންޑްރޯ ގަނާޗޯގެ މުސްތަގުބަލާ މެދު ސުވާލު އުފެދިފައިވާ ދަނޑިވަޅެއްގައެވެ. އީއެސްޕީއެންގެ މަސްދަރުތަކުން ހާމަކުރި ގޮތުގައި ސައުދީ ޕްރޯ ލީގުގެ އަލް ހިލާލުން ވަނީ ފަނާންޑޭސް އަށް ޝައުގުވެރިކަން ފާޅުކޮށްފައެވެ. އަދި ކްލަބް ވޯލްޑް ކަޕްގެ ކުރިން އޭޏާގެ ސޮއި ހޯދުމުގެ މަސައްކަތް ކުރަމުންދެއެވެ.

ޔުނައިޓެޑުން ފަނާންޑޭސް ވިއްކާލަން ބޭނުން ނުވިނަމަވެސް، ސައުދީ ކްލަބުން ގަބޫލުކުރާ ގޮތުގައި ބޮޑު އަގެއް ހުށަހަޅައިފިނަމަ، 30 އަހަރުގެ ޕޯޗުގީޒް މިޑްފީލްޑަރު ދޫކޮށްލުމަށް ޔުނައިޓެޑުން އެއްބަސްވެދާނެއެވެ. އަދި ގަނާޗޯ ވެސް މި ސަމަރގައި ޔުނައިޓެޑް ދޫކޮށް ދާނެ ކަމަށް މަސްދަރުތަކުން ހާމަކުރެއެވެ.

ކޮމެންޓް

871x217_placeholder