logo
ލޭންޑިން ކްރާފްޓެއް ބަންޑުން ޖަހާލައި އެކަކު ގެއްލި ތިން މީހަކަށް އަނިޔާވެއްޖެBank of Maldives

Bank of Maldives

ޚަބަރު

ދުންފަތް މަނާކުރުމުގެ ފިޔަވަޅުތަކަކީ ދުޅަހެޔޮ މުސްތަޤްބަލަކަށް އެޅޭ ފިޔަވަޅެއް: ރައީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު -- ފޮޓޯ: ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު -- ފޮޓޯ: ރައީސް އޮފީސް

ދުންފަތް މަނާކުރުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކަކީ ދުޅަހެޔޮ މުސްތަޤްބަޤްބަލަކަށް އެޅޭ ފިޔަވަޅުތަކެއްގެ ގޮތުގައި ދެކުމަށް ރައްޔިތުންގެ ކިބައިން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެދިވަޑައިގަންނަވައިފިއެވެ.

ރައީސް އެފަދައިން އެދިވަޑައިގެންނެވީ، ދުނިޔޭގެ ދުންފަތާ ދެކޮޅު ދުވަހާ ގުޅިގެން މިއަދު "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެގޮތުން ރައީސް ވިދާޅުވީ، ޞިއްޙަތު ރައްކާތެރިކުރުމަށް އަޅާ ފިޔަވަޅުތަކުގެ ތެރެއިން، މިދިޔަ އަހަރު ވޭޕް މަނާކުރުމާއި އަދި މި އަހަރު، ދުންފަތް ކޮންޓްރޯލް ކުރުމުގެ ޤާނޫނަށް ގެނެވުނު ދެވަނަ އިސްލާހުގެ ދަށުން ވަކި އުމުރަކުން ފެށިގެން ދުންފަތުގެ އިސްތިޢުމާލު މަނާކުރުން ފަދަ ހަރުދަނާ ފިޔަވަޅުތަކެއް އަޅާފައި ކަމަށެވެ.

އަދި ސަރުކާރުން އަޅާ މި ފިޔަވަޅުތަކަކީ ޙައްޤުތައް ހަނިކުރުމެއްގެ ގޮތުގައި ނުދެކި، ދުޅަހެޔޮ މުސްތަޤްބަލަކަށް ލިބޭ ކުރިއެރުމެއްގެ ގޮތުގައި ދެކުމަށް އެދޭ ކަމަށާއި، ދުންފަތާއި ނިކޮޓިންގެ ބާވަތްތަކުން އެއްކޮށް ސަލާމަތްވެފައިވާ ބަޔަކަށް ވުމަށް މަސައްކަތްކުރެއްވުމަށް ވެސް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.

 

އަދި މި ފިޔަވަޅުތަކަކީ ޒުވާން ޖީލު ދުންފަތުގެ ނުރައްކާތެރި އަސަރުތަކުން ސަލާމަތްކުރުމަށް އެޅޭ ފިޔަވަޅުތަކެއް ކަމުގައި ވެސް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.

ރައީސް އެފަދައިން ވިދާޅުވިއިރު،  2007 އިން ފެށިގެން އުފަންވެފައިވާ އަދި މި ތާރީޚުގެ ފަހުން އުފަންވާ ހުރިހާ ކުދިން، ދުންފަތުގެ ބާވަތްތައް ގަތުމާއި، ވިއްކުމާއި، ދުންފަތުގެ އިސްތިއުމާލުކުރުން މަނާކުރުމަށް "ޖެނެރޭޝަނަލް ބޭން" އެއް ތަންފީޒުކުރުމަށް މިދިޔަ މަހުގެ 13 ވަނަ ދުވަހު ވަޒީރުންގެ މަޖިލީހުގެ ލަފާގެމަތީން ރައީސް ވަނީ ނިންމަވާފައެވެ.

އެއާއެކު އެކަން ކުރުމަށް ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ޤާނޫނަށް ދެވަނަ އިސްލާޙެއް ގެނައީ މި މަހުގެ 11 ވަނަ ދުވަހުއެވެ. މި މަހުގެ 21 ވަނަ ދުވަހު އެ ބިލު ރައީސް ތަސްދީގުކުރެއްވިއިރު، އެ އިސްލާހުގައި ބުނެފައި ވަނީ ދުންފަތުގެ ބާވަތެއް ނުވަތަ ދުންފަތުގެ އުފެއްދުމެއް 1 ޖެނުއަރީ 2007 އިން ފެށިގެން އުފަންވެފައިވާ އެއްވެސް މީހަކު އިސްތިއުމާލުކޮށްގެން ނުވާނެ ކަމަށެވެ. އަދި އެއިން މީހަކަށް ދުންފަތުގެ ބާވަތެއް ވިއްކުންވެސް އެ އިސްލާހުގައި ވަނީ މަނާކޮށްފައެވެ.

މި މަހު ރައީސް އެ ބިލު ތަސްދީގު ކުރެއްވި ނަމަވެސް، ބިލެއްގެ ގޮތުގައި މި ބިލަށް ޢަމަލުކުރަން ފަށާނީ މި އަހަރުގެ ނޮވެމްބަރުން ފެށިގެންނެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޖެނެރޭޝަނަލް ބޭން: ފަސްޓްލޭޑީ ވިދާޅުވީ މިއީ އަންނަން އޮތް ޖީލުތަކުގެ ދުޅަހެޔޮކަމަށް ކުރެވޭ ބޮޑު އިންވެސްޓްމަންޓެއް ކަމަށްޚަބަރު | 2 ދުވަސް ކުރިންޖެނެރޭޝަނަލް ބޭންއާ ގުޅިގެން ވަޒީރު ޝިޔާމްގެ ތަޢުރީފު، ރައީސްއަށްޚަބަރު | 2 ދުވަސް ކުރިންދުންފަތާ ދެކޮޅަށް ހޭލުންތެރިކުރުމަށް 24 ގަޑިއިރަށް ކުރިއަށްގެންދާ ދުވުން ފަށައިފިޚަބަރު | 2 ދުވަސް ކުރިންމިއީ ރާއްޖޭގެ އެތުލީޓުންނަށްވެސް، ޒުވާނުންނަށްވެސް ހުޅުވިގެންދާ އާ ޞަފްޙާއެއް: ވަޒީރު ރާފިޢުޚަބަރު | 2 ދުވަސް ކުރިން