ޑަބްލިޔުއެޗްއޯއިން ރައީސަށް އެރުވި ޚާއްސަ އެވޯޑަށް، ޕީއެންސީގެ މެންބަރުންގެ ޙޫނު މަރްޙަބާ

ރައީސުލްޖުމްޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޕީއެންސީގެ ޖަލްސާއެއްގައި -- ފޮޓޯ: ރައީސް އޮފީސް

31 މޭ 2025 - 06:22
ދުންފަތާއި ދެކޮޅަށް ކުރައްވާ މަސައްކަތް ފާހަގަ ކުރައްވައި، ޕީޕަލްސް ނެޝަނަލް ކޮންގްރެސް ކޮންގްރެސް ޕާޓީ (ޕިއެންސީ)ގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއަށް ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން ޚާއްޞަ އެވޯޑެއް އަރުވާފައިވާތީ ޕީޕަލްސް ނެޝަނަލް ކޮންގްރެސް ކޮންގްރެސް ޕާޓީގެ ލީޑަރޝިޕްގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންނާއި އަދި ޕާޓީގެ މެންބަރުންގެ ނަމުގައި ރައީސް ޑރ . މުޙައްމަދު މުޢިއްޒަށް ވަރަށް ހޫނު މަރުޙަބާއެއް ކިޔައިފިއެވެ.
ރައީސަށް މަރްޙަބާ ދަންނަވަމުން ޕިއެންސީ އިން ނެރުނު ނޫސްބަޔާނުގައި ވަނީ "ވޭޕް" ރާއްޖެ އެތެރެކުރުން މަނާ ކުރެއްވުމާއ،ި ޒުވާނުން ދުންފަތުން ދުރުކުރެއްވުމުގެ ގޮތުން 2007 ވަނަ އަހަރުން ފެށިގެން އުފަންވެފައިވާ ކުދިން، ދުންފަތުގެ އިސްތިޢުމާލު ކުރުން މަނާކުރެއްވުން އަދި ޤާނޫނުތަކުގެ ތެރެއިން ދުންފަތުގެ އިސްތިޢުމާލުކުރުމާއި އޭގެ ވިޔަފާރިކުރުމަކީ ސިއްޙީ ގޮތުން ވާ ގެއްލުމުގެ އިތުރުން އެހެނިހެން ބޮޑެތި ގެއްލުންތަކާއި ތަކުލީފުތަކެއް އުފުލަން ޖެހޭ ފަދަ ކަމެއްގެ ގޮތުގައި ހެއްދެވި ހެއްދެވުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ޙަޤީޤީ މާނައިގަ މި ބޮޑު މައްސަލައަށް ޙައްލެއް ހޯއްދަވައި ދެއްވުމުގެ އިޚްލާޞްތެރި ނިޔަތުގައި އަޅުއްވާފައިވާ ބޮޑެތި ފިޔަވަޅެއްކަމަށެވެ.
އަދި ރާއްޖެ ކިތަންމެ ކުޑަ ނަމަވެސް އިންސާނީ ތަރައްޤީއާއ،ި ރައްޔިތުންގެ ދުޅަހެޔޮކަމަށް އެމަނިކުފާނު އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކުގެ ސަބަބުން ދުނިޔޭގެ ފެންވަރުގައި އެކަންކަން ފާހަގަ ކުރެވޭކަމީ ޕިއެންސީގެ ވެރިކަމަކުން ދިވެހީން ޙާޞިލް ކުރައްވަން ބޭނުންވި އަސާސްތައް ޙާޞިލު ކޮށްދެއްވުމުގައި އެމަނިކުފާނު ކުރައްވާ މިންނެތް މަސައްކަތްޕުޅުގެ އިޚްލާޞްތެރިކަން ދައްކުވައިދޭ އަލިގަދަ ހެއްކެކަމަށް ވެސް އެ ޕާޓީން އެ ބަޔާނުގައި ބުންޏެވެ.
މީގެ އިތުރުން، ރައީސް މުޢިއްޒުގެ ރިޔާސީ ވަޢުދުތަކާއި އަދި އެކިއެކި މަންސަތަކުގައި އަބަދުވެސް ތަކުރާރު ކުރައްވަމުން ވަޑައިގަންނަވާ ވާހަކަފުޅުތަކުން އެމަނިކުފާނުގެ ތަޞައްވުރަކ،ީ ބަވަނަވެފައިވާ ދުނިޔޭގައި ދިވެހި ރައްޔިތުންނަކީވެސް ތަހުޒީބާއި ތަމައްދުންގެ އެންމެ އުހުގައި ފައިހަމަ ކުރެވޭ ބައެއްގެ ގޮތުގައި ހެއްދެވުންކަން ޕިއެންސީއިން ވަނީ ފާހަގަކުރައްވާފައެވެ.
މި އަމާޒު ޙާޞިލް ކުރެވޭނީ މުޅި މުޖުތަމަޢުގެ ދުޅަހެޔޮކަން ކަށަވަރު ކުރެވިގެން ކަމަށާއި، ރެއާއި ދުވާލު ކުރައްވަމުން ގެންދަވާ ބުރަ މަސައްކަތްޕުޅުތަކުން އަވަސް ނަތީޖާތަކެއް ފެންނަމުންދާތީ އެކަން އެ ޕާޓީން ވަނީ އުފަލާއެކު ބަލައިގަނެފައެވެ. އަދި
ރާއްޖޭގައި މިވަގުތު ދެމިއޮތް އެންމެ ބޮޑު ސިޔާސީ ޕާޓީގެ ހައިސިއްޔަތުން، އެ ޕާޓީގެ އެންމެހާ މެންބަރުން ތިބީ ރައީސްގެ މާލިމީކަމުގައި ދިވެހީން އަބަދުވެސް އެދެމުން އަންނަފަދަ ފާގަތި މަންޒިލަކަށް މިރާއްޖެ ގެންދިއުމުގައި މަނިކުފާނާއެކު ފިސާރި ސާބިތުކަމާއެކު ކަމުގެ ޔަޤީންކަން ވެސް އެ ޕާޓީން ވަނީ ރައީސަށް އަރުވާފައެވެ.
އިތުރު ލިޔުންތައް

ޕީއެންސީއަށް 75،000 މެންބަރުން ހަމަވުމަކީ އުންމީދެއް: ރައީސް
10 މަސް ކުރިން
ޑޮލަރުގެ މައްސަލައިގައި، ބަޔަކު ހިތްހަމަ ނުޖެހުނު ނަމަވެސް އިސްކުރާނީ ރައްޔިތުން: ރައީސް
10 މަސް ކުރިން
އެމްޑީޕީން ގައުމު ހަލާކުކޮށްލި ގޮތުގެ ވާހަކަ މުގައްރިރުތަކުގައި ވެސް ލިޔާނެ: ރައީސް
10 މަސް ކުރިން