logoEN

ޣައްޒާ އެންމެ ފަހު ނޭވާގައި: ހައިހޫނުކަން ތަޙައްމަލު ނުކުރާ އެކަކުވެސް ނެތް

އަޙްމަދު ޒަލީފްއަޙްމަދު ޒަލީފް

31 މޭ 2025 - 11:05

ފަލަސްޠީނުގެ ޣައްޒާގެ 2.3 މިލިޔަން މީހުންގެ އާބާދީގެ %100 މީހުންނަށް މި ވަގުތު ހައިހޫނު ކަން ތަހައްމަލު ކުރަން މަޖުބޫރުވެފައިވާ ކަން އެކުވެރި ދައުލަތްތައް (އދ)ން ހާމަކޮށްފިއެވެ.

ކާބޯތަކެތީގެ އިތުރުން ސާފު ބޯފެނާއި އިންސާނީ އެހީގެ ސާމާނު ޣައްޒާއަށް އެތެރެ ކުރުމަށް ވެސް ޔަހޫދީ ފައުޖުން އޮތީ ހުރަސް އަޅާފައެވެ. އަދި، ޞިއްޙީ ފަރުވާއަށް ބޭނުންވާ ބޭހާއި ބޭސްފަރުވާގެ އެހެނިހެން ސާމާނުގެ އިތުރުން އިންޖީނުގެތަކާއި ޖަނަރޭޓަރުތަކަށް ބޭނުންވާ ތެޔޮ އެތެރެ ކުރުމަށް ވެސް އޮތީ ހުރަސް އަޅާފައެވެ.

މި ކަމާ ދެކޮޅަށް ބައިނަލްއަޤްވާމީ މުޖުތަމަޢުގެ ފިއްތުއްތައް ބޮޑުވުމާ ގުޅިގެން ޔަހޫދީން ވަނީ 11 ހަފުތާއަށް ފަހު ޣައްޒާގެ ފުރަބަންދަށް ލުއިތަކެއްދީ، މަދު އަދަދެއްގެ ކާބޯތަކެތި އެތެރެ ކުރުމުގެ ފުރުޞަތު ދީފައެވެ.

ޣައްޒާގައި ރައްޔިތުން ހައިހޫނުގައި ޖައްސައި، ވީހާވެސް ގިނަ އަދަދެއްގެ ބަޔަކު ބަނޑަށްޖައްސައި ޝަހީދު ކޮށްލުމުގެ ނިޔަތުގައި ޔަހޫދީ ފައުޖުން އެ ސަހަރުގެ ފުރަބަންދު ހަރުކަށި ކޮށްފައި ވަނީ މާރިޗު 2 ވަނަ ދުވަހުއެވެ.

ޣައްޒާގައި ހައިހޫނުގައި ޖައްސާފައިވާ މީހުންނަށް އެހީ ބެހުމުގެ މަސައްކަތް ޔަހޫދީންގެ އަތްދަށަށް ގެންގޮސްފައި ވަނީ، އެ ރައްޔިތުން ހައިހޫނުގައި ޖައްސައި، ވީހާވެސް ގިނަ އަދަދެއްގެ ބަޔަކު ބަނޑަށްޖައްސައި ޝަހީދު ކޮށްލުމުގެ ނިޔަތުގައި ކަމުގައި އދގެ އިދާރާތަކުގެ އިތުރުން އެހީދޭ ބައިނަލްއަޤްވާމީ ޖަމުޢިއްޔާތަކުން ވެސް ސިފަ ކުރެއެވެ.

ޖީއެޗްއެފަކީ ޣައްޒާގެ ރައްޔިތުންނަށް ކާބޯތަކެތި ފޯރުކޮށްދިނުމުގެ މަސައްކަތް ޔަހޫދީންގެ އަތްދަށަށް ގެންދިޔުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ ގުޅިގެން އުފައްދާފައިވާ ޖަމުޢިއްޔާއެކެވެ. ޣައްޒާގެ ނިކަމެތީންނަށް ކާބޯތަކެތި ބެހުމުގެ މަސައްކަތް އެ ޖަމުޢިއްޔާއިން ފަށާފައި ވަނީ މޭ 26ވަނަ ދުވަހުއެވެ. ނަމަވެސް، އެހީ ބެހުމުގެ ނަމުގައި ޣައްޒާގައި ހައިހޫނުުގައި ޖެހިފައިވާ އެތަކެއް ސަތޭކަ ބަޔަކު ޖީއެޗްއެފްގެ މަރުކަޒުތައް ކައިރިއަށް ޖަމާ ކުރުމަށް ފަހު ޔަހޫދީ ފައުޖުން ދަނީ އެ މީހުންނަށް ޙަމަލާ ދެމުންނެވެ.މި ގޮތުން، ޣައްޒާގެ އުތުރާއި ދެކުނު ވަކިކޮށްލުމަށް ޤާއިމު ކޮށްފައިވާ 'ނެޓްޒަރީމް' ޗެކްޕޮއިންޓު ކައިރިއަށް ޖަމާވި މީހުންގެ ތެރެއިން 20 މީހުން ވަނީ ޝަހީދު ކޮށްލާފައެވެ. މީގެ އިތުރުން، ޣައްޒާގެ އެންމެ ދެކުނުގައި އޮތް ރަފަޙްގައި ޖީއެޗްއެފުން ޤާއިމު ކޮށްފައި އޮތް މަރުކަޒު ކައިރިއަށް ޖަމާވި މީހުންނަށް ޙަމަލާދީ 10 މީހުން ޝަހީދު ކޮށްލާފައިވެއެވެ. އަދި، އިތުރު 46 މީހުން ޒަޚަމު ކޮށްލިއެވެ.ވަނަ ދުވަހުއެވެ.

ކޮމެންޓް

871x217_placeholder