ޣައްޒާ ފަހު ނޭވާގައި: އެހީ ބަލައި ދިޔަ 20 މީހުންވެސް ކޮށްލީ ޝަހީދު

31 މޭ 2025 - 16:04
ފަލަސްޠީނުގެ ޣައްޒާގައި ހައިހޫނުގައި ޖައްސާފައިވާ މީހުންނަށް ކާބޯތަކެތި ފޯރުކޮށްދިނުމުގެ މަސައްކަތް ޔަހޫދީންގެ އަތްދަށަށް ގެންދިޔުމަށް އުފައްދާފައިވާ ޣައްޒާ ހިޔުމެނިޓޭރިޔަން ފައުންޑޭޝަން (ޖީއެޗްއެފް)ގެ މަރުކަޒެއް ކައިރިއަށް އެހީ ހޯދުމަށް ޖަމާވި މީހުންނަށް ޔަހޫދީ ފައުޖުން ޙަމަލާދީ، އޭގެ ތެރެއިން 20 މީހުން ޝަހީދު ކޮށްލައިފިއެވެ
އިންސާނީ އެހީގެ އިންތިޒާމުތައް ހަމަޖައްސާ އދގެ އިދާރާ (އޯސީއެޗްއޭ)ގެ ތަރުޖަމާނު ޔެންސް ލެޔާކް ވިދާޅުވީ ޣައްޒާގައި އާބާދީގައި ހިމެނޭ 2.3 މިލިޔަން މީހުންގެ %100 މީހުންނަށް މި ވަގުތު ކާބޯތަކެތި ލިބޭނެ މަގެއް ނެތް ކަމުގައެވެ. އަދި، އެ އެންމެން ހައިހޫނުގައި ޖެހިފައިވާ ކަމަށް ޤަބޫލު ކުރަން ޖެހޭ ކަމުގައެވެ. ޣައްޒާއަށް އެތެރެ ކުރުމަށް ޔަހޫދީ ފައުޖުން ފުރުޞަތު ދީފައި ވަނީ ވަރަށް މަދު އަދަދެއްގެ ކާބޯތަކެތި ކަން ފާހަގަ ކުރައްވައި، އޭނާ ވަނީ ޔަހޫދީންގެ އެ ޖަރީމާ ކުށްވެރި ކުރައްވާފައެވެ.
ޖީއެޗްއެފުން އެހީ ބަހާ މަރުކަޒުތައް ކައިރިއަށް ޣައްޒާގައި ހައިހޫނުގައި ޖައްސާފައިވާ މީހުން ޖަމާ ކުރުމަށް ފަހު، ޔަހޫދީ ފައުޖުގެ ނިރުބަވެރި ސިފައިން އެ މީހުންނަށް ޙަމަލާދީ، ގިނަ އަދަދެއްގެ ބަޔަކު ޝަހީދު ކޮށްލާފައިވާ ފުރަތަމަ ފަހަރެއް ނޫނެވެ. ޣައްޒާގެ އެންމެ ދެކުނުން އޮތް ރަފަޙްގައި ޖީއެޗްއެފުން ޤާއިމު ކޮށްފައިވާ އެހީ ބަހާ ދެ މަރުކަޒު ކައިރިއަށް ޖަމާވީ މީހުންނަށް ޔަހޫދީ ފައުޖުން ވަނީ ޙަމަލާ ދީފައެވެ. އަދި، އޭގެ ތެރެއިން 10 މީހުން ޝަހީދު ކޮށްލައި، 46އަށްވުރެ ގިނަ މީހުން ޒަޚަމު ކޮށްލާފައެވެ.
އެހީ ހޯދުމަށް ޖަމާވި މީހުންނަށް ޔަހޫދީ ފައުޖުން ޙަމަލާދީ، އޭގެ ތެރެއިން 20 މީހުން ޝަހީދު ކޮށްލައިފިއެވެ. ޔަހޫދީ ފައުޖުން ޙަމަލާ ދީފައި ވަނީ، ޣައްޒާގެ އުތުރާއި ދެކުނު ވަކި ކުރުމަށް ޤާއިމު ކޮށްފައިވާ ނެޓްޒަރީމް ޗެކްޕޮއިންޓް ކައިރީގައި ޤާއިމު ކޮށްފައިވާ ޖީއެޗްއެފްގެ އެހީ ބަހާ މަރުކަޒު ކައިރިއަށް ޖަމާވި ޢާންމުންނަށެވެ.
އެހީ ބަލައިދާ ގިނަ އަދަދެއްގެ ބަޔަކު އެ މީހުންގެ ޢާއިލާތައް ކައިރިއަށް އެނބުރި ދިޔުމުގެ ފުރުޞަތު ޔަހޫދީ ފައުޖުން ނުދޭ ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ.. އަދި، އޭގެ ތެރެއިން ގިނަ އަދަދެއްގެ ބަޔަކު ވީނުވީއެއް ނާންގައި ގެއްލުވައިލަމުންދާ ކަމުގައި ވެސް އެ ފަރާތްތަކުން ބުނެއެވެ.
އިތުރު ލިޔުންތައް

ޣައްޒާގެ ހަނގުރާމަ ހުއްޓާލުމުގެއެއްބަސްވުން ކުރިއަށް ދަނިކޮށް 40 މީހުން ޝަހީދު ކޮއްލައިފި
5 މަސް ކުރިން
ހުޅަނގު އައްސޭރީގައި ހިންގަމުންދާ ޤަތުލުޢާންމު ފުޅާކުރަން އަމުރުކޮށްފި
3 މަސް ކުރިން
އެހީގެ ތަކެތި ޣައްޒާއަށް ވެއްދުން ޔަހޫދީން ހުއްޓުވައިފި
3 މަސް ކުރިން