logo
Bank of Maldives

Bank of Maldives

World

ލުބުނާންގައި ޕޭޖަރު ގޮވުންތަކެއް، ތުހުމަތު އިސްރާއީލަށް

މުހައްމަދު މޫސާމުހައްމަދު މޫސާ
18 ސެޕްޓެމްބަރު 2024 - 01:19
ލުބުނާންގައި ޕޭޖަރު ގޮވުންތަކެއް، ތުހުމަތު އިސްރާއީލަށް

ލުބުނާންގެ ސަރަޙައްދުތަކުގައި ޕޭޖަރު ގޮވުންތަކެއް ހިނގައި އަށް މީހުން މަރުވެއްޖެއެވެ.

ލުބުނާނުގައި ހިނގި މި ޕޭޖަރ ގޮވުންތަކުގައި ނުވަ މީހުން މަރުވެފައިވާކަމަށް ވެސް ބައެއް ބައިނަލްއަގްވާމީ ރިޕޯޓުތައް ބުނެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

އާންމުވެފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި ގޮވާފައިވާ އެއް ޕޭޖަރަކީ ގޯލްޑް އެޕޯލޯ އޭއާރު924 މޮޑެލްގެ އެއްޗެކެވެ. މި މޮޑެލްގެ އެކަށްޗަށްވުރެ ގިނަ އެތި ގޮވާފައިވާކަމަށް ރިޕޯޓުތަކުން އެނގެއެވެ.

ނިއު ޔޯކް ޓައިމްސްއިން އަންގާރަ ދުވަހު ރިޕޯޓުކުރި ގޮތުގައި ގޯލްޑް އެޕޯލޯއިން ހިޒްބުއްލާއަށް ފޮނުވުމަށް އޯޑަރުކުރި ބެޗެއްގެ ޕޭޖަރުތަކެއްގައި އިސްރާއީލުން ވަނީ ގޮވާ ތަކެތި ފޮރުވާފައެވެ. ގޮވި ގިނަ ޕޭޖަރުތަކަކީ އުފެއްދި ކުންފުނީގެ އޭޕީ924 މޮޑެލް ނަމަވެސް، ޝިޕްމަންޓްގައި ގޯލްޑް އެޕޯލޯގެ އިތުރު ތިން މޮޑެލްއެއް ހިމެނިފައިވާކަމަށް އެ ނޫހުގައި ބުނެފަވެއެވެ.

މިގޮވުންތަކާއި ގުޅިގެން ލުބްނާނު ސަރުކާރުން ސިފަކޮށްފައި ވަނީ އެއީ އިސްރާއީލުގެ އަނިޔާވެރި ޢަމަލެއްގެ ގޮތުގައެވެ.

މި ގޮވުންތަކުގައި ލުބުނާންގެ ހިޒްބުﷲ ޖަމާޢަތުގެ 2 މެންބަރުން މަރުވެ، ގިނަ ބަޔަކު ޒަޚަމްވެފައިވާ ކަމަށް އެ ޖަމާއަތުން ވަނީ ބުނެފައެވެ.

މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ލުބުނާންގައި ހިންގި ޕޭޖަރު ގޮވުންތަކަކީ އިސްރާއީލްގެ ސައިބަރ ހަމަލާއެކެވެ. ނަމަވެސް އެ ވާހަކަތަކަށް އަދި ރަސްމީކޮށް އިސްރާއީލުން އެއްޗެއް ބުނެފައެއް ނުވެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އިޒްރޭލުން ދިން ވައިގެ ހަމަލާތަކުގައި ލުބުނާނާއި ސީރިއާގެ އެތައް ބަޔަކު ޝަހީދުކޮށްލައިިިފިދުނިޔެ | އަހަރެއް ކުރިންލުބުނާންގައި ޕޭޖަރު ގޮވުންތަކެއް، ތުހުމަތު އިސްރާއީލަށްWorld | އަހަރެއް ކުރިން