logo
Bank of Maldives

Bank of Maldives

ދުނިޔެ

އިޒްރޭލުން ދިން ވައިގެ ހަމަލާތަކުގައި ލުބުނާނާއި ސީރިއާގެ އެތައް ބަޔަކު ޝަހީދުކޮށްލައިިިފި

މަރްޔަމް މިލްޒަމް މަސްއޫދްމަރްޔަމް މިލްޒަމް މަސްއޫދް
16 ނޮވެމްބަރު 2024 - 04:44
އިޒްރޭލުން ދިން ވައިގެ ހަމަލާތަކުގައި ލުބުނާނާއި ސީރިއާގެ އެތައް ބަޔަކު ޝަހީދުކޮށްލައިިިފި

އިޒްރޭލް ސިފައިން ސީރިޔާގެ ވެރިރަށް ދިމިޝްޤަށް ޙަމަލާތަކެއްދީ 15 މީހުން ޝަހީދު ކޮށްލައިފިއެވެ.

ސީރިޔާގެ ދައުލަތުގެ މީޑިޔާއިން ބުނީ، ޔަހޫދީންގެ ޙަމަލާތައް އަމާޒު ކޮށްފައި ވަނީ ދިމިޝްޤުގައި ޢާންމުން ދިރިއުޅޭ އިމާރާތްތަކަކަށް ކަމުގައެވެ.ސީރިޔާއަށް ޔަހޫދީ ފައުޖުން ދެމުންދާ މި ފަދަ ޙަމަލާތައް ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި އެތަކެއް ގުނައަކަށް އިތުރުކޮށްފައިވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

އިޒްރޭލުން މިދިޔަ ބުރާސްފަތި ދުވަހު ބާލްބެކްގައި ދިން ވައިގެ ހަމަލާތަކުގައި ލުބުނާނުގެ 12 މީހުން ޝަހީދުވެ، މަދަނީ ދިފާއީ މަރުކަޒެއް ހަލާކުވެއްޖެ އެވެ. އަދި ސީރިއާގެ ވެރިރަށް ދިމިޝްގަށް އިޒްރޭލުން ދިން ވައިގެ ހަމަލާތަކުގައި 15 މީހުން ޝަހީދުކޮށްލައިފިއެވެ.

މި ހަމަލާތަކުގެ ސަބަބުން ފަލަސްތީނުގެ ހަނގުރާމަވެރި ޖަމާއަތްތަކާ ގުޅުން ހުރި އުމްރާނީ ވަސީލަތްތަކަށް ވަނީ އަސަރުކޮށްފައެވެ.

ދިމިޝްޤަށް ނިރުބަވެރި ޙަމަލާތަކެއް ދީފައިވާނެ ކަން ޔަހޫދީން ވެސް ވަނީ ކަށަވަރު ކޮށްދީފައެވެ. ޔަހޫދީ ފައުޖުން ބުނީ، ޙަމަލާތައް އަމާޒު ކޮށްފައި ވަނީ އިސްލާމިކް ޖިހާދު ޖަމާޢަތުގެ މުޖާހިދުން ހަރަކާތްތެރިވަމުން ދިޔަ ސަރަޙައްދަކަށް ކަމުގައެވެ. އިސްލާމިކް ޖިހާދަކީ ފަލަސްޠީނުގެ މިނިވަން ކަމަށް ޖިހާދު ކުރާ ޖަމާޢަތެކެވެ. ސީރިޔާއަށް ދޭ މި ފަދަ ޙަމަލާތަކުގެ ޒިންމާ އުފުލަން ޔަހޫދީ ފައުޖުން ޢާންމު ގޮތެއްގައި ދެކޮޅު ހަދައެވެ.

ސީރިޔާގެ ޢާންމުން ދިރިއުޅޭ ސަރަޙައްދުތަކަށް ޔަހޫދީ ފައުޖުން ދެމުންދާ ވައިގެ ޙަމަލާތައް އިތުރު ކޮށްފައި ވަނީ، ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުންގެ ނަސްލުހޭދު ކުރަން މީގެ 13 މަސް ކުރިން ލާއިންސާނީ ޖަރީމާތަކެއް ފެށުމަށް ފަހުއެވެ.

ޣައްޒާގެ އިތުރުން، ސެޕްޓެންބަރު 23ވަނަ ދުވަހުން ފެށިގެން ޔަހޫދީ ފައުޖުން ދަނީ ލުބްނާންގެ ރަށްތަކަށް ވެސް ވައިގެ ޙަމަލާތައް އަމާޒު ކުރަމުންނެވެ. އެންމެ ނުރައްކާތެރި ޙަމަލާތަކެއް ދެމުން ދަނީ ވެރިރަށް ބައިރޫތާއި، އެ ޤައުމުގެ ދެކުނާއި އަލް-ބިޤާޢު ވާދީގެ ރަށްތަކަށެވެ.

އަދި، އޮކްޓޫބަރު 1ވަނަ ދުވަހު ޔަހޫދީ ފައުޖުން ވަނީ އެއްގަމު މަގުން ލުބްނާންގެ ދެކުނުގެ ރަށްތަކަށް އަރައިގަނެ، ޤާތުލުޢާންމު އިތުރަށް ފުޅާކޮށްފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ނަސެރް ހޮސްޕިޓަލަށް ދިން ޙަމަލާއަކީ ގަސްތުގައި ދިން ޙަމަލާއެއް ކަމަށް ހިއުމަން ރައިޓްސް ޖަމްޢިއްޔާއިން ބުނެފިދުނިޔެ | 5 މަސް ކުރިންފާއިތުވި 24 ގަޑިއިރު: އިޒްރޭލުގެ ޙަމަލާތަކުގައި ގިނަ އަދަދެއްގެ ޝަހީދުން، 8 ކުއްޖަކު ބަނޑަށް މަރުވެއްޖެދުނިޔެ | 5 މަސް ކުރިންއިޒްރޭލުގެ ނިރުބަވެރިކަން އިންތިހާއަށް: "ޖެންޑާ ރިވީލް ޕާޓީއަކަށް" ގޮއްވާލީ ޣައްޒާގެ ޢިމާރާތެއްދުނިޔެ | 9 މަސް ކުރިންއިޒްރޭލުގެ ޤަތުލްޢާންމާ ދެކޮޅަށް ބައިނަލްއަޤްވާމީ މުޖުތަމަޢު އަޑުއުފުލައިފިދުނިޔެ | 9 މަސް ކުރިން