logo
Bank of Maldives

Bank of Maldives

ކުޅިވަރު

މިފަހަރު ބެލަންޑިއޯ އެވޯޑް ޙައްޤީ ޑެމްބެލޭއަށް - އެންރީކޭ

އަބްދުﷲ ޣާނިމް
1 ޖޫން 2025 - 04:41
ޑެމްބެލޭ ވަނީ މިސީޒަނުގައި މޮޅު ކުޅުމެއް ޕީއެސްޖީގައި ދައްކާފައި
ޑެމްބެލޭ ވަނީ މިސީޒަނުގައި މޮޅު ކުޅުމެއް ޕީއެސްޖީގައި ދައްކާފައި

ޕީއެސްޖީ ޗެމްޕިއަންސް ލީގް ކަށަވަރުކުރުމަށްފަހު، އެ ޓީމުގެ ކޯޗް ލުއިސް އެންރިކެ މީޑިޔާތަކަށް ދިން އިންޓަރވިއުއެއްގައި ބުނެފައިވަނީ އުސްމާން ޑެމްބެލޭއަށް އެއްވެސް ޝައްކެއްނެތި މިއަހަރުގެ ބެލަންޑިއޯ އެވޯޑް ޙައްޤުވާ ކަމަށެވެ.

އެންރިކެ އިތުރަށް ވިދާޅުވެފައިވަނީ ޑެމްބެލޭ ވަނީ ޓީމު އިސްނަގައިގެން ކުރިއަށް ގެންގޮސް، ރަނގަޅު ލީޑަރޝިޕެއް ދައްކުވައިދީފައި ކަމަށެވެ. "މިރޭ އޭނަ ޑިފެންޑްކުރި ގޮތް... ހަމައެކަނި އެކަމަށްޓަކައިވެސް ބެލަންޑިއޯ އެވޯޑް ޙައްޤުވޭ. މިއީ ޓީމެއް ލީޑްކުރާނެ ގޮތް. ގޯލްތައް، މުބާރާތްތައް، ލީޑަރޝިޕް، ޑިފެންޑްކުރުން، ޕްރެސްކުރި ގޮތް... އުސްމާންއަކީ އަހަރެންގެ ބެލަންޑިއޯ. އެއްވެސް ޝައްކެއް ނެތް،" އެންރިކެ ވިދާޅުވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ސީޒަންގައި ޕެރިޒިއަންސްއަށް ޑެމްބެލޭ ދައްކާފައިވާ މޮޅުކުޅުމާއެކު، އޭނާއަށް ބެލަންޑިއޯ ޕަވަރ ރޭންކިންގ ގައި މިވަގުތު އޮތީ އެއްވަނައިގައެވެ. ފްރާންސްގެ އެޓޭކަރު މި ސީޒަންގައި 48 ގޯލު ކޮންޓްރިބިއުޝަން ހޯދައިދީފައިވާއިރު، ޕީއެސްޖީއަށް ޓްރެބަލް ހޯދައިދިނުމުގައި މުހިންމު ދައުރެއް އަދާކޮށްފައިވެއެވެ. މީގެ ތެރޭގައި ޕީއެސްޖީގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ހޯދި ޗެމްޕިއަންސް ލީގްވެސް ހިމެނެއެވެ.

ޑެމްބެލޭ ވަނީ މިސީޒަނުގައި ޕީއެސްޖީ ހަތަރު ތަށި ކާމިޔާބުކުރުމުގައި މުހިންމު ދައުރެއް އަދާކޮށްދީފައެވެ. އޭނާ ވަނީ މިސީޒަނުގައި 33 ގޯލާއެކު 15 އެސިސްޓު ހަދައި ފްރެންޗް ކަޕާއި، ސުޕަރ ކަޕާއި، ފްރެންޗު ލީގުގެ އިތުރުން ޗެންޕިއަންސް ލީގު ކާމިޔާބުކޮށްފައެވެ.
މީގެ އިތުރުން ކުރިޔަށް އޮތް ނޭޝަންސް ލީގާއި ކުލަބު ވޯލްޑް ކަޕްގެ ނަތީޖާ އަންނަ ގޮތަކުން ބެލަންޑިއޯ ހޯދާނެ ފަރާތްތަށް ވަރަށް ބޮޑަށް ޔަޤީންވެގެންދާނެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރަފީނިޔާގެ ހިނިތުންވުމުގެ ފަހަތުގައި ފޮރުވިފައިވާ އެތައް މެސެޖުތަކެއް. މިއީ ހަމަ ޙައްގު މިންވަރުބާ؟ރިޕޯޓް | 2 މަސް ކުރިންމުޅި އާއިލާ ގޮވައިގެން ދިޔަ ޔަމާލްއަށް ނުލިބި ބެލަންޑޯ ޑެމްބެލޭއަށްކުޅިވަރު | 2 މަސް ކުރިންމިއަހަރުގެ ބެލަންޑިއޯ ވެސް ރެއާލް މެޑްރިޑުން ބޮއިކޮޓްކުރަނީ؟!ކުޅިވަރު | 4 މަސް ކުރިންމި އަހަރުގެ ބެލަންޑިއޯ އަށް ވާދަކުރާ ކުޅުންތެރިންގެ ލިސްޓް އިޢުލާންކޮށްފިކުޅިވަރު | 4 މަސް ކުރިން