ކުލަބް ވޯލްޑްކަޕްގެ ކުރިން ސިޓީއިން ދެކުޅުންތެރިންގެ ސޮއި ހޯދަން މަސައްކަތްކުރަނީ


01 ޖޫން 2025 - 14:26
ކުލަބް ވޯލްޑްކަޕްގެ ކުރިން މެންޗެސްޓަރ ސިޓީން ޓިއަންޖީ ރެއިންޑަރސް އަދި ރަޔަން ޗާރކީގެ ސޮއިހޯދުމަށް މަސައްކަތް ކުރަންފަށައިފިއެވެ.
މި މަހު ބޭއްވުމަށް ހަމަޖެހިފައިވާ ކްލަބް ވޯލްޑް ކަޕްގެ ކުރިން މި ދެ ކުޅުންތެރިން ސޮއިކުރުމަށް ޕެޕް ގުއާޑިއޯލާގެ ރެކްރޫޓްމަންޓް ޓީމުން މަސައްކަތް ކުރަމުންދާކަން އިތުބާރުހުރި މަސްދަރުތަކުންވަނީ ހާމަކޮށްފައެވެ.
މި އަހަރުގެ ކްލަބް ވޯލްޑް ކަޕްގައި ބައިވެރިވާ ޓީމުތަކަށް އަމާޒުކޮށް 10 ދުވަހުގެ ޓްރާންސްފަރ ވިންޑޯއެއް އާދީއްތަ ދުވަހުވަނީ ހުޅުވާލާފައެވެ. މި މުއްދަތުގައި އައު ކުޅުންތެރިން ސޮއިކޮށް ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
ގުއާޑިއޯލާގެ މައިގަނޑު އަމާޒަކަށްވެފައިވަނީ މިސީޒަނަށްފަހު ކުލަބުދޫކޮށްލަން ނިންމާފައިވާ ޑެބްރޫނޭ ގެ ބަދަލުގައި އޭސީ މިލާންގެ މިޑްފީލްޑަރު ރެއިންޑަރސް މެންޗެސްޓަރ ސިޓީއަށް އެނައުމެވެ. އޭނާވަނީ 2024 އަދި 2025 ވަނަ އަހަރުގެ ސީރީ އޭގެ އެންމެ މޮޅު މިޑްފީލްޑަރުގެ މަގާމު ހޯދާފައެވެ. ނެދަލެންޑްސްގެ ކުޅުންތެރިޔާ ވަނީ މިދިޔަ ސީޒަންގައި 54 މެޗުން 15 ލަނޑު ޖަހާފައެވެ.
މީގެ އިތުރުން، ސިޓީއިން ލިޔޯންގެ އެޓޭކަރ ރަޔަން ޗާރކީގެ ސޮއި ހޯދުމަށްވެސް އޭނާގެ ކުލަބު ލިޔޯން އާއި މަޝްވަރާކުރަން ވަނީ ފަށާފައެވެ. ފެބްރީޒިއޯ ރޮމާނޯ ހާމަކުރި ގޮތުގައި މިކުޅުންތެރިޔާގެ އަގު 30 މިލިއަން ޔޫރޯއަށް އަރާނެއެވެ. 21 އަހަރުގެ މި ކުޅުންތެރިޔާ މި މަހު ފުރަތަމަ ފަހަރަށް ފްރާންސްގެ ޤައުމީ ޓީމަށްވެސް ވަނީ ނަގާފައެވެ. އަދި ލީގް 1ގެ ސީޒަންގެ އެންމެ މޮޅު ޓީމާއި އެންމެ މޮޅު ޑްރިބްލަރުގެ މަގާމު ހޯދިއެވެ.
މެންޗެސްޓަރ ސިޓީން ކްލަބް ވޯލްޑް ކަޕްގެ ފުރަތަމަ މެޗު ކުޅޭނީ ޖޫން 18 ގައި މޮރޮކޯގެ ވިދާދް އޭސީއާ ދެކޮޅަށެވެ. އޭގެ ފަހުން ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ އަލް-އައިން އަދި އިޓަލީގެ ޔުވެންޓަސްއާ ދެކޮޅަށް ގްރޫޕް ސްޓޭޖްގައި ކުޅޭނެއެވެ.
އިތުރު ލިޔުންތައް

ޕެޕް ގާޑިއޯލާ މެންޗެސްޓަރ ސިޓީއާއެކު އެއްބަސްވުން އައުކޮށްފި
7 މަސް ކުރިން.png&w=3840&q=75)
އެފް.އޭ ކަޕް: ޗެލްސީ އާއި ލިވަރޕޫލު މޮޅުވިއިރު، ސިޓީއިން ހުރިހާ ވަރެއް ބޭލީ ތިންވަނަ ޑިވިޝަނުގެ ޓީމަކާ ދެކޮޅަށް
6 މަސް ކުރިން
އިނގިރޭސި ޕްރީމިއަރ ލީގު: މެންޗެސްޓަރ ސިޓީ، ޗެލްސީ ކުޅުނު މެޗުތަކުން އެއްވަރު
5 މަސް ކުރިން