logo
ޚަބަރު

އަންހެނުންނަށް ޚާއްސަ ފަށާ މަދަދު ލޯނުގެ ދެވަނަ ފިޔަވައްސަށް ހުޅުވާލަނީ

އާމިނަތު ޝަފާ
2 ޖޫން 2025 - 04:53
އަންހެނުންނަށް ޚާއްސަ ފަށާ މަދަދު ލޯނުގެ ދެވަނަ ފިޔަވައްސަށް ހުޅުވާލަނީ

އަންހެން ވިޔަފާރިވެރިންނަށް ޚާއްސަކޮށް ދޫކުރާ "ފަށާ މަދަދު" ލޯނުގެ ދެވަނަ ފިޔަވަހީގެ ދަށުން ލޯނަށް އެދުމުގެ ފުރުޞަތު މިމަހުގެ 15ވަނަ ދުވަހު ހުޅުވާލުމަށް އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން، އެސްޑީއެފްސީ އިން ނިންމައިފިއެވެ.

މި ލޯން ސްކީމް ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވަނީ 5 ފިޔަވައްސަކަށް ބަހާލައިގެންނެވެ.

އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަނުން ބުނީ ލޯނު ސްކީމްގެ ދެވަނަ ފިޔަވަހީގެ ދަށުން ލޯނަށް އެދޭ ފަރާތްތަކުގެ އެޕްލިކޭޝަން މިމަހުގެ 15 ވަނަ ދުވަހުން ފެށިގެން ބަލައިގަންނަން ފަށާނެކަމަށާއި މި ލޯނު ސްކީމްއަށް 100 މިލިޔަން ރުފިޔާ ކަނޑައަޅާފައިވާއިރު ކޮންމެ ފިޔަވައްސަކަށް 20 މިލިޔަން ރުފިޔާ ވަނީ ޚާއްސަކޮށްފައިކަމަށެވެ. މީގެ އިތުރުން މި ލޯން ސްކީމްގެ 25 އިންސައްތަ ޚާއްސަ ކޮށްފައިވަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށެވެ.

އޭގެ ދަށުން އަހަރަކު 6 އިންސައްތައިގެ އިންޓްރެސްޓާއެކު އަލަށް ވިޔަފާރި ފަށާ ފަރާތްތަކަށް 100،000 ރުފިޔާއާއި 500،000 ރުފިޔާއާ ދެމެދުގެ ޢަދަދަކަށް ލޯނު ދިނުމަށް ވަނީ ހަމަޖެހިފައެވެ. ލޯނަށް ގިނަވެގެން 12 މަސްދުވަހުގެ ގްރޭސް މުއްދަތެއް ލިބޭނެއެވެ. އަދި ލޯނު 7 އަހަރު ދުވަހަަށް ބަހާލައިގެން ދެއްކޭނެ އިންތިޒާމު ވެސް ހަމަޖެހިފައިވާކަމަށް އެސްޑީއެފްސީން މައުލޫމާތުދެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ފަށާ މަދަދު’ ލޯނަކީ، އެސްޑީއެފްސީ އާއި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް އާއި މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް ގުޅިގެން، ވިޔަފާރީގައި ހަރަކާތްތެރިވާ އަންހެނުންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން އެކުލަވާލެވުނު ލޯނެކެވެ. މިލޯނުގެ މަޤުސަދަކީ، ކޮންވެންޝަނަލް ބޭންކިންގ ސިސްޓަމްތަކުން ބާކީވެފައިވާ އަންހެން ވިޔަފާރިވެރިންނަށް ލުއި ފަސޭހަގޮތެއްގައި މާލީ އެހީތެރިކަން ފޯރުކޮށްދިނުމެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރަށު ފަތުރުވެރިކަމަށް ހާއްސަ "ތިޖާރާ ރަށު ފަތުރު" ލޯނަށް ކުރިމަތިލާން ހުޅުވާލައިފިޚަބަރު | 7 ދުވަސް ކުރިންއަންހެނުންނަށް ޚާއްސަ ފަށާ މަދަދު ލޯނުގެ ދެވަނަ ފިޔަވައްސަށް ހުޅުވާލަނީޚަބަރު | 3 މަސް ކުރިން