logo
MPL

MPL

ޚަބަރު

އިމިގްރޭޝަންގެ އޮފިސަރަކަށްވެގެން ފޭރުނު މީހާގެ ބަންދަށް 10 ދުވަސް

އަޙްމަދު ޒަލީފް
18 ސެޕްޓެމްބަރު 2024 - 05:05
އިމިގްރޭޝަންގެ އޮފިސަރަކަށްވެގެން ފޭރުނު މީހާގެ ބަންދަށް 10 ދުވަސް

ބިދޭސީން ދިރިއުޅޭ ތަނަކަށް އިމިގްރޭޝަން އޮފިސަރުންގެ ނަމުގައި ތިން މީހަކު ވަދެ ފޭރުނު މައްސަލައެއްގައި ހައްޔަރު ކުރި އެކަކުގެ ބަންދަށް ކްރިމިނަލް ކޯޓުން 10 ދުވަސް ޖަހައިފިއެވެ.

މި ތިން މީހުން ބަންގްލަދޭޝް މީހެއްގެ އަތުން ފޯނާއި، 9،000ރ. ފޭރުނު މައްސަލަ ރިޕޯޓް ކުރީ މިދިޔަ ހޯމަ ދުވަހެވެ.

Ad by Hajj Corporation

Ad by Hajj Corporation

އަދި މި މައްސަލައާ ގުޅިގެން ގ.ބޭރުގެ މުހައްމަދު ނަވީން ވަނީ ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައެވެ. އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން އިއްޔެ 10 ދުވަސް ޖެހިއިރު، އޭނާއާ ގުޅޭ ބަންދު އަމުރުގައި ބުނެފައި ވަނީ، އޭނާ އިތުރު ބަޔަކާއި ބައިވެރިވެގެން އިމިގްރޭޝަން މީހެއް ކަަމަށް ބުނެ ޝަހުސު އޮޅުވާލައިގެން، ބަންގްލަދޭޝްގެ ރައްޔިތަކު ދިިރިއުޅޭ ތަނަކަށް ވަދެ އޭނާގެ ފޯނާއި ފައިސާތަކެއް ފޭރިގަނެފައިވާ ކަމަށެވެ.

އަދި އެ ފައިސާ މިހާތަނަށް ފެނިފައި ނުވާ ކަމަށްވެސް ބަންދު އަމުރުގައި ވެއެވެ.

މިއީ ފޭރުމުގެ މައްސަލަތައް ގިނަ ދުވަސްވަރެއް ކަމުން އޭނާ މުޖުތަމައުގެ ތެރެއަށް ވީއްލިފައި ހުރެއްޖެނަމަ މިފަދަ ކުށްތަކަށް އަރައިގަތުމުގެ ފުރުސަތު ބޮޑުކަމަށް ފުލުހުން ފާހަގަކޮށްފައި ވެއެވެ.

މި މައްސަލަ ދަނީ ތަހުގީގު ކުރަމުންނެވެ

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މީހެއްގެ އެކައުންޓުން 92،000 ރުފިޔާ ފޭރުނު ދެ މީހަކު ހައްޔަރުކޮށްފިޚަބަރު | 3 ގަޑިއިރު ކުރިންދަރަވަންދޫގައި ރަސްމީކޮށް ޕާސްޕޯޓުގެ ޚިދުމަތް ފަށައިފިޚަބަރު | 2 މަސް ކުރިންރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅެމުންދިޔަ 7 ބިދޭސީން ހޯދައިފިޚަބަރު | 3 މަސް ކުރިންޤަވައިދާ ހިލާފަށް އުޅެމުންދިޔަ ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް!ޚަބަރު | 3 މަސް ކުރިން