logo
ޚަބަރު

ދަރިއަކާ ބެހިގެން ބައްޕަ އަށް އިއްވި 15 އަހަރުގެ ޖަލު ހުކުމް ބާތިލްކޮށް މައްސަލަ އަލުން ބަލަން ހައި ކޯޓުން ނިންމައިފި

މުހައްމަދު މޫސާމުހައްމަދު މޫސާ
2 ޖޫން 2025 - 11:31
ދަރިއަކާ ބެހިގެން ބައްޕަ އަށް އިއްވި ޖަލު ހުކުމެއްގެ މައްސަލަ އަލުން ބަލަން  ނިންމައިފި

ބައްޕައަކު އޭނާގެ ދަރިއަކާ މެދު ޖިންސީ އަމަލެއް ހިންގި ކަމުގެ ކުށް ސާބިތުވެގެން އިއްވާފައިވާ 15 އަހަރުގެ ޖަލު ހުކުމެއް ބާތިލްކޮށް އެ މައްސަލަ އަލުން ބަލަން ހައި ކޯޓުން ނިންމައިފި އެވެ.

މި މައްސަލައިގައި ހުކުމްކުރި ކޯޓުގެ ނަން ހައި ކޯޓުން ވަނީ ސިއްރުކޮށްފައެވެ. ނަމަވެސް ބެލެވޭ ގޮތުގައި އެއީ ރަށެއްގެ މެޖިސްޓްރޭޓް ކޯޓަކުން އިއްވާފައިވާ ހުކުމެކެވެ. މި މައްސަލަ ހުށަހެޅުނީ 2021 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ކަމަށާއި، ހުކުމް އިއްވާފައިވަނީ 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ކަމަށް ހައި ކޯޓުގެ ހުކުމުގައި ބަޔާންކޮށްފައިވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެ މައްސަލާގައި ހުކުމް އައިސްފައިވާ މީހާ މި ހުކުމް ހައި ކޯޓުގައި އިސްތިއުނާފުކޮށްފައިވެއެވެ. އޭނާ ބުނެފައިވަނީ ހަ އަހަރުގެ ދަރިފުޅުގެ ކުރިމަތީ ފަރާތާއި މޭމަތީގައި އަތްލި ކަމަށް ބުނެ ހުކުމްކޮށްފައިވަނީ، ސުޕްރީމް ކޯޓުގެ ހުކުމެއްގައި ކަނޑައަޅާފައިވާ މިންވަރަށް ހެކި ނެތި ކަމަށެވެ.

ހައި ކޯޓުން މައްސަލަ ބެލުމަށްފަހު ނިންމާފައިވަނީ، ކުއްޖާގެ ސައިކޮލޮޖިކަލް އެސެސްމަންޓް ހެދި ފަރާތް ކޯޓަށް ހާޒިރުކޮށް ދިފާއުން އެ ހެކިވެރިޔާއާ ސުވާލުކުރަން ފުރުސަތުދީ، މައްސަލައިގައި ދެން ހުރި ހެކިތައް ޝަރީއަތުން އަލުން ވަޒަންކުރުމަށް ފަހުގައި ނޫނީ މި މައްސަލައިގައި އިންސާފަށް ވާސިލުނުވެވޭނެ ކަމަށެވެ.

މި ކަންކަމަށް ބަލައި ހައި ކޯޓުން ހުކުމް ކޮށްފައިވަނީ އެ އިރުޝާދާ އެއްގޮތަށް ދަށުކޯޓުން އަލުން ޝަރީއަތް ހިންގުމަށްޓަކައި މައްސަލަ އަލުން އެ ކޯޓަށް ފޮނުވުމާ އެކު މިހާރު ކޮށްފައިވާ 15 އަހަރުގެ ޖަލު ހުކުމް ބާތިލްކުރުމަށެވެ.

މި މައްސަލައިގައި ދައުލަތުން ބުނެފައިވަނީ ކުއްޖާ ދައްކާފައި ހުރި ވާހަކަތަކަކީ އެ އުމުރުގެ ކުއްޖަކު ހަދަހަދައިގެން ދައްކާނެ ކަހަލަ ވާހަކަ ނޫން ކަމަށެވެ. އަދި ކުއްޖާގެ މެޑިކޯ ލީގަލް ރިޕޯޓްގައި، ކުއްޖާއަށް އަނިޔާއެއް ވެފައި ނެތް ކަމަށް އޮތުމަކީ ކުއްޖާ ކިޔައިދިން ކަންކަން ބަލައިނުގަނެވޭނެ ސަބަބެއް ނޫން ކަމަށް ވެސް ދައުލަތުން ބުނެފައިވެއެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކުޑަކުއްޖަކާ ބެހުމުގެ ތުހުމަތުވާ މީހަކު ސިކުނޑީގެ އުނިކަން ހުންނާތީ މައްސަލަ އަނބުރާ ނަގައިފިޚަބަރު | 11 ދުވަސް ކުރިންދަރިއެއްނޫންކަމަށް ބުނެ ބައްޕަ ވަލީ ނުދިނުމުން ހާކިމްގެ ވަލީއަށް ކުރި ކައިވެންޏެއް ރަޖިސްޓްރީކޮށްދިނުމަށް ހުކުމްކޮށްފިޚަބަރު | 16 ދުވަސް ކުރިންދަރިވަރަކު އެލްކޭޖީއަށް ބަދަލުކުރުމަށް ހައިކޯޓުގެ ވަގުތީ އަމުރެއްޚަބަރު | 2 މަސް ކުރިންދަރިއަކާ ބެހިގެން ބައްޕަ އަށް އިއްވި ޖަލު ހުކުމެއްގެ މައްސަލަ އަލުން ބަލަން ނިންމައިފިޚަބަރު | 3 މަސް ކުރިން