logo
ޚަބަރު

އީދު ބަންދުގައި ވެސް އިމިގްރޭޝަނުން ޕާސްޕޯޓުގެ ހިދުމަތް ލިބޭނެ

ޝަހްޒާ މުހައްމަދު
3 ޖޫން 2025 - 04:00
އީދު ބަންދުގައި ވެސް އިމިގްރޭޝަނުން ޕާސްޕޯޓުގެ ހިދުމަތް ލިބޭނެ

ޙައްޖު ދުވަހާއި ބޮޑު އީދު ބަންދުގައިވެސް ދިވެހި ޕާސްޕޯޓުގެ ޚިދުމަތް ލިބޭނެ ކަމުގައި މޯލްޑިވްސް އިމިގްރޭޝަން އެންޑް އެމިގްރޭޝަނުން ބުނެފިއެވެ.

އިމިގްރޭޝަނުން އާންމުކޮށްފައިވާ ޕޯސްޓްގައި ވަނީ، މި އަހަރުގެ ޙައްޖު ދުވަހާއި އީދު ބަންދުގެ އީދުދުވަސް ފިޔަވައި އެހެން ހުރިހާ ދުވަހެއްގައިވެސް ޕާސްޕޯޓުގެ ޚިދުމަތް ލިބޭނެ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ދިވެހި ޕާސްޕޯޓަށް އިމުގާ މެދުވެރިކޮށް އޮންލައިންކޮށް 24 ގަޑިއިރު ހުށަހެޅޭއިރު މި ދުވަސްތަކުގެ ހެނދުނު 09:00 އިން މެންދުރުފަހު 14:00އަށް ޕާސްޕޯޓުގެ ޚިދުމަތަށް ނަމްބަރު ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. ޚިދުމަތް ދޭނީ ހަމައެކަނި މާލެ ޞަރަޙައްދުގައި ހިމެނޭ ޕާސްޕޯޓް އޮފީސްތަކުންނެވެ. އެހެންނަމަވެސް އިމަރޖެންސީ ޙާލަތެއް މެދުވެރިވެއްޖެނަމަ 9555333 ނަންބަރު ފޯނުން ޚިދުމަތް ލިބުމުގަ ފަސޭހަތަކެއް ލިބިގެންދާނެކަމަށް އިމިގްރޭޝަނުން ބުންޏެވެ.

ވިސާގެ ޚިދުމަތް 5 ޖޫން އިން 9 އަށް ދޭނީ ހަމައެކަނި އިމަރޖެންސީ ހާލަތްތަކުގައި ރާއްޖެއިން ބޭރަށް ފުރާ މީހުންނަށް ކަމުގައިވެސް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.

އެހެންނަމަވެސް މިދުވަސްތަކުގައިވެސް ރާއްޖެ އަންނަ މީހުންނަށް އިމުގާ ޕޯރޓަލް މެދުވެރިކޮށް "ސްޕޮންސަރޝިޕް ޑިކްލަރޭޝަން"އަށް އެދެވޭނެއެވެ. އިމަރޖެންސީ ޙާލަތުގައި ވާރކް ވިސާއަށް ގުޅާނީ 9199153 އަދި ޕާރމިޓް ހޯދަން ގުޅާނީ 9199157އަށް ކަމުގައިވެސް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.

އެންފޯރސްމަންޓް އެންޑް ކޮމްޕްލަޔަންސް ޑިވިޜަންގެ ޚިދުމަތް ޙައްޖު ދުވަހާއި ޢީދު ދުވަސް ފިޔަވައި އެހެން ހުރިހާ ދުވަހެއްގައިވެސް ހެނދުނު 08:00 އިން ހަވީރު 16:00އަށް ލިބޭނެއެވެ. އަދި މާލޭގެ ސީޕޯޓްގެ ޑިވިޜަންގެ ޚިދުމަތް ހޮނިހިރުން ބުރާސްފަތި ދުވަހު ހެނދުނު 8 އިން ރޭގަނޑު 22:00އަށް ހުކުރު ދުވަހު މެންދުފަހު 14:30 އިން ރޭގަނޑު 22:00އަށް ލިބޭނެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ސަރުކާރު ބަންދު ވިޔަސް މާދަމާވެސް ޕާސްޕޯޓުގެ ހިދުމަތް ލިބޭނެ: އިމިގްރޭޝަންޚަބަރު | 10 ގަޑިއިރު ކުރިންގަވާއިދާ ހިލާފަށް އުޅެމުންދިޔަ ތިން ބިދޭސީ އަކު ހައްޔަރުކޮށްފިޚަބަރު | 20 ދުވަސް ކުރިންލަންކާ މީހުންނަށް ރާއްޖެއިން 90 ދުވަހުގެ އޮން އެރައިވަލް ވިސާ ދޭން ފަށައިފިޚަބަރު | މަހެއް ކުރިންގަވައިދާ ހިލާފަށް އުޅުނު 7 ބިދޭސީން އިމިގްރޭޝަނުން ހިފަހައްޓައިފި ޚަބަރު | މަހެއް ކުރިން