logoEN
ކުޅިވަރު

ބްރަޔަން ބުރމޯ މެންޗެސްޓަރ ޔުނައިޓެޑަށް

ބްރަޔަން ބަރމޯ

ބްރަޔަން ބަރމޯ

އަބްދުﷲ ޣާނިމްއަބްދުﷲ ޣާނިމް

03 ޖޫން 2025 - 11:12

ބްރެންޓްފޯޑްގެ ކޯޗް ތޯމަސް ފްރޭންކްގެ އިންޒާރުތަކާއެކުވެސް މެންޗެސްޓަރ ޔުނައިޓެޑުން ވަނީ ބްރަޔަން ބުރމޯގެ ސޮއި ހޯދުމާއި ގާތްވެއްޖެކަމަށް ރިޕޯރޓްތައް ބުންންފަށައިފިއެވެ. ފަބްރީޒިއޯ ރޮމާނޯ އާއި ޑޭވިޑް އޮންސްޓެއިން މިޚަބަރު ރިޕޯޓްކޮށްފައިވާއިރު، ޔުނައިޓެޑުން މިކުޅުންތެރިޔާގެ ސޮއި ހޯދުމަށް 50 މިލިޔަން ޕައުންޑް ޚަރަދުކުރަން ޖެހޭނެކަމަށް ބެލެއެވެ.

މެންޗެސްޓަރ އިން މި ކުޅުންތެރިޔާ ގެނައުމަށް ނިންމި ނިންމުމަކީ އެ ޓީމުގެ ސްކޮޑް ވަރުގަދަ ކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ. މިކުޅުންތެރިޔާގެ ސޮއި ހޯދުމަށް އިތުރު ތިން ކުލަބަކުން މަސައްކަތް ކުރިނަމަވެސް ކުޅުންތެރިޔާ ބޭނުންވަނީ މެންޗެސްޓަރ ޔުނައިޓެޑަށް ދިޔުމަކަމަށް ބުނެވެއެވެ.

ބުރމޯ ވަނީ މިސީޒަނުގައި 42 މެޗުން 20 ގޯލާއެކު 9 އެސިސްޓު ހަދާފައެވެ. ކަނާއަތު ވިންގަށް ކުޅޭ މިކުޅުންތެރިޔާއަކީ މި ޓްރާންފަރ މާކެޓުގައި ޔުނައިޓެޑުން ގެންނަ ދެވަނަ ކުޅުންތެރިޔާއެވެ. ޔުނައިޓެޑުން މީގެކުރިން ވަނީ ވުލްވްސް ގެ މަތެއުސް ކޫނިޔާ ގެ ސޮއި ހޯދިކަން އިޢުލާން ކޮށްފައެވެ. އެހެންކަމުން މިއީ އަޑިއަޅާލާފައިވާ މެންޗެސްޓަރ ޔުނައިޓެޑު އަނބުރާ ރަނގަޅު ފޯމަކަށް އެޅުމަށް ކުރާ މަސައްކަތުގެ ތެރެއިން މުހިންމު ޓްރާންސްފަރ އެކެވެ.

ކޮމެންޓް

871x217_placeholder