logo
Bank of Maldives

Bank of Maldives

ޚަބަރު

މެރިކަލްޗާއަށް ހާއްސަ 5 ޒޯނެއް ކަނޑައަޅައިފި

އާމިނަތު ޝަފާ
4 ޖޫން 2025 - 10:15
މެރިކަލްޗާއަށް ހާއްސަ 5 ޒޯނެއް ކަނޑައަޅައިފި

ރާއްޖޭގައި މެރިކަލްޗަރ ދާއިރާ ތަރައްގީ ކުރުމަށް އެކަމަށް ހާއްސަ 5 ޒޯނެއް ކަނަޑައަޅާ އިންވެސްޓަރުންނަށް ބޮޑެތި ލުއިފަސޭހަތަކެއް ސަރުކާރުން ދީފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މެރިކަލްޗަރ ދާއިރާ ތަރައްޤީކޮށް ކުރިއެރުވުމަށް ޚާއްޞަ އިސްކަމެއް ދީ، މުހިންމު ފިޔަވަޅުތަކެއް ވަނީ އަޅާފައެވެ. މި މަސައްކަތުގެ ތެރެއިން، ރާއްޖޭގެ ފަސް ސަރަޙައްދެއްގައި މެރިކަލްޗަރއަށް ޚާއްޞަ ޒޯންތަކެއް ޤާއިމުކޮށް، އިންވެސްޓަރުންނަށް ބޮޑެތި ލުއިފަސޭހަތަކެއް ދީފައިވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މެރިކަލްޗަރ އަށް ކަނޑައަޅާފައިވާ ހާއްސަ ޒޯން ތަކަކީ، ހއ. އަތޮޅު، ރ. އަތޮޅު، ކ. އަތޮޅު، މ. އަތޮޅު އަދި ތ. އަތޮޅެވެ. މި ޒޯންތަކުގައި މެރިކަލްޗަރގެ މަސައްކަތްތަކުގައި ޝާމިލުވާ ފަރާތްތަކަށް އެކުއިޒިޝަން ފީއެއް ނުނަގާ، ފުރަތަމަ ތިން އަހަރު ދުވަހުގެ މުއްދަތަށް ކުލި މަޢާފުކުރާ ގޮތަށް ސަރުކާރުން ވަނީ ހަމަޖައްސާފަ އެވެ.މި ކަންކަމާ ގުޅޭ ގަވާއިދު 2025 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 15 ވަނަ ދުވަހު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށްފައެވެ.

މީގެއިތުރުން، މެރިކަލްޗަރ އިންޑަސްޓްރީއަށް ބޭނުންވާ ފަންނީ މީހުން އުފެއްދުމަށްޓަކައި މެރިން ހެޗަރީ ސްކިލްސް ޑިވެލޮޕްމަންޓް ޕްރޮގްރާމެއް ވެސް ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ވަނީ ފަށާފައެވެ. މި ޕްރޮގްރާމްގެ ދަށުން ބޭސިކް މެރިކަލްޗަރ ދެ ކޯހެއް ހިންގައި، ރާއްޖޭގެ 18 އަތޮޅަކުން ޖުމުލަ 26 ފަރާތަކުން ބައިވެރިވެފައިވެއެވެ.

ސްކޫލް ދަރިވަރުންނަށް އަމާޒުކޮށްގެން މެރިކަލްޗަރއަށް އަހުލުވެރިކުރުމުގެ ޕްރޮގްރާމްތަކެއްވެސް ސަރުކާރުން ވަނީ ހިންގާފަ އެވެ. މިގޮތުން މިހާތަނަށް 4 ސްކޫލެއްގެ 142 ދަރިވަރުންނަށް އެކި ސެޝަންތައްވަނީ ބާއްވާފަ އެވެ. އަދި އާންމު ފަރުދުންނާއި ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނަށް ފިންގަރލިންގްސް ފޯރުކޮށްދިނުމަށް ގއ. މާނަގަލާގައި ސަރުކާރުން ވަނީ ހާއްސަ މަޝްރޫއެއްފަށާފަ އެވެ.

މެރިކަލްޗަރ ދާއިރާ ތަރައްޤީކުރުމަށް ސަރުކާރުން މިހާ ބޮޑު އިސްކަމެއް ދިނުމުން، ކުރިއަށް އޮތް އަހަރުތަކުގައި މި ދާއިރާއިން ރާއްޖޭގެ އިޤްތިޞާދަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށް އުންމީދު ކުރެވެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މަސްވެރިންގެ އިހްތިޖާޖުން މެމްބަރު މައުރޫފް ހިމެނޭހެން ތިން މީހަކު ހައްޔަރުކޮށްފިޚަބަރު | 3 ގަޑިއިރު ކުރިންކަންނެލި މަސްވެރިކަން ތަރައްގީ ކުރުމަށް ކަނޑައަޅާފައިވާ ބިން ހަވާލުކޮށްފިޚަބަރު | 2 މަސް ކުރިންފާނަ އާލާކުރުމުގެ ޕްރޮގުރާމެއް މަނިޔަފުށީގައި ފަށައިފިޚަބަރު | 2 މަސް ކުރިންދުނިޔޭގެ ކަނޑުތަކުގެ ހަމަތަކާއި ޤާނޫނުތަކަށް އަހުލުވެރިކުރުމަށް ތަމްރީންތަކެއް ފަށައިފިޚަބަރު | 3 މަސް ކުރިން