logo
Bank of Maldives

Bank of Maldives

ކުޅިވަރު

ސިޓީގެ ކެޕްޓަން ޑިބްރޫނާ ނަޕޮލީއަށް

އަބްދުﷲ ޣާނިމް
5 ޖޫން 2025 - 04:47
ނަޕޮލީއާއެކު ދެއަހަރުގެ އެއްބަސްވުމެއް މޮޑްރިޗް ހަދާނެކަމަށް ބެލެވޭ.
ނަޕޮލީއާއެކު ދެއަހަރުގެ އެއްބަސްވުމެއް މޮޑްރިޗް ހަދާނެކަމަށް ބެލެވޭ.

މެންޗެސްޓަރ ސިޓީގެ ކެޕްޓަން ކެވިން ޑިބްރޭނާ އަށް އިޓަލީގެ ޗެމްޕިއަން ނަޕޯލީއަށް ބަދަލުވުމުގެ އެންމެހައި ކަންކަން ނިމިފައިވާކަމަށް ރިޕޯރޓްތައްބުނެއެވެ.

އިނގިރޭސި ޕްރިމިއަރ ލީގުގައި ފާއިތުވި 10 އަހަރު ތެރޭގައި ފެނުނު އެންމެ ފާހަގަކޮށްލެވޭ މިޑްފީލްޑަރ އަދި ސިޓީ ތާރީޚުގައި ހޯދާފައިވާ ބޮޑެތި ކާމިޔާބީތަކުގެ އެންމެ ބޮޑު މޭސްތިރިކަމުގައިވާ ޑިބްރޭނާ އަށް ނަޕޯލީން ހުށަހަޅަނީ ދެ އަހަރު ދުވަހުގެ އެއްބަސްވުމެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

އުމުރުން 33 އަހަރުގެ ޑިބްރޭނާ ސިޓީން ވަކިވަނީ ކުލަބުން ޒުވާން ކުޅުންތެރިންނަށް އިސްކަންދިނުމުގެ ސިޔާސަތުގެ ދަށުން އޭނާގެ އެއްބަސްވުން އައުނުކުރުމުންނެވެ.

އިނގިރޭސި ޕްރިމިއަރ ލީގުގެ ލިވަޕޫލުން ވެސް އޭނާއަށް ޝައުޤުވެރިކަން ފާޅުކޮށްފައިވާ ކަމަށް ބައެއް މީޑިއާ ރިޕޯޓުތަކުގައި ބުނެއެވެ.
ސިޓީއިން ދަނީ ޑިބްރޭނާގެ ބަދަލުގައި އޭސީ މިލާނުގެ މިޑްފީލްޑަރ އަދި މިސީޒަނުގައި އިޓާލިއަން ލީގުގެ ނިމިދިޔަ ސީޒަނުގެ އެންމެ މޮޅު މިޑްފީލްޑަރަށް ހޮވުނު ޓިޖާނީ ރެއިންޑަރސް އަދި ލިޔޯންގެ އޭޓޭކަރ ރަޔަން ޗަރކީގެ ސޮއި ހޯދުމަށް މަސައްކަތްކުރަމުންނެވެ. ސިޓީގެ އުއްމީދަކީ ކުލަބް ވޯލްޑްކަޕްގެ ކުރިން މިދިކުޅުންތެރިންގެ ސޮއި ހޯދުމެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހުވަފެންތައް ހަގީގަތަކަށް ހެދުމަށް އަހަރެން ދޫކޮށްލާ؛ ބާސާއަށް އަށް ދިޔުމަށް އަލްވަރޭޒް ރޮއި އާދޭސްކުރަނީކުޅިވަރު | 2 ދުވަސް ކުރިންބާ ދަގަނޑަށް ކިރާލުމަށްފަހު ޔުނައިޓެޑުން 7 ކުޅުންތެރިޔަކު ދޫކޮށްލައިފިކުޅިވަރު | 14 ދުވަސް ކުރިންސަޕްރައިޒް ކުޅުންތެރިޔަކީ އަލްވަރޭޒް، 150 މިލިޔަން ޔޫރޯ ރެއާލް މެޑްރިޑުން ބިޑުކޮށްފިކުޅިވަރު | 16 ދުވަސް ކުރިންއޮލީސޭ ނުވިއްކާނެކަމަށް ބުނެ ބަޔާންގެ ރައީސް ރެއާލް އަށް ވަރުގަދަ ރަށްދެއްކުޅިވަރު | 18 ދުވަސް ކުރިން