logo
ކުޅިވަރު

ދުނިޔޭގެ އެންެމެ މުސަރަ ބޮޑު ކޯޗުގެ ގޮތުގައި އިންޒާގީ އަލް ޙިލާލް އަށް

އަބްދުﷲ ޣާނިމް
5 ޖޫން 2025 - 04:56
އިންޒާގީގެ ސޮއި ހޯދާﷲައިވާކަން އަލް ޙިލާލް އިން ވަނީ ރޭޣައި އިޢުލާން ކޮށްފައި
އިންޒާގީގެ ސޮއި ހޯދާﷲައިވާކަން އަލް ޙިލާލް އިން ވަނީ ރޭޣައި އިޢުލާން ކޮށްފައި

ސައުދީ އަރަބިއްޔާގެ އެންމެ ވަރުގަދަ އެއް ކުލަބު އަލް ހިލާލްގެ ކޯޗަކަށް ނިމިދިޔަ ޗެންޕިއަންސް ލީގުގެ ފައިނަލުން ބަލިވި އިންޓަރ މިލާނުގެ ކޯޗު ސިމޯނެ އިންޒާގީ ހަމަޖައްސައިފިއެވެ. މި އެއްބަސްވުމަކީ ދެ އަހަރު ދުވަހުގެ އެއްބަސްވުމެކެވެ.

49 އަހަރުގެ އިންޒާގީ އަކީ ޔޫރަޕްގެ އެންމެ ކާމިޔާބު ކޯޗުންގެ ތެރެއިން ކޯޗެކެވެ. އޭނާ ވަނީ އިޓަލީގެ އިންޓަރ މިލާން އަދި އޭގެ ކުރިން ލާޒިއޯ އަށް ކޯޗުކޮށް، 2023/2024 ވަނަ ސީޒަނުގައި އިންޓަރ މިލާނާއެކު ސެރީއާ ގެ ޗެމްޕިއަންކަން ހޯދައި، ދެ ފަހަރެއްގެ މަތިން ކޮޕާ އިޓާލިއާ އަދި ތިން ފަހަރެއްގެ މަތިން އިޓަލީގެ ސުޕަރ ކަޕް ހޯދާފައެވެ. މީގެ އިތުރުން އޭނާގެ ޓީމުތަކާއެކު ޗެމްޕިއަންސް ލީގުގެ ފައިނަލަށްވެސް ދެފަހަރު ކުޅެފައިވެްއެވެ.

Ad by Hajj Corporation

Ad by Hajj Corporation

އިންޒާގީ އަށް ވަނީ 2023/2024 ވަނަ ސީޒަނުގައި "އަހަރުގެ އެންމެ މޮޅު ކޯޗު" އަދި "ސެރީ އޭގެ އެންމެ މޮޅު ކޯޗު" ގެ މަގާމު ހޯދާފައިވެއެވެ.

އިންޒާގީ އަލް ހިލާއް އާއެކު މަސައްކަތްފަށާފައިވާއިރު، އޭނާ ކުލަބް ވޯލްޑް ކަޕުގައި އަލް ޙިލާލްގެ ކޯޗުގެ ގޮތުގައި ފެނިގެންދާނެއެވެ. މި މުބާރާތް ފެށޭނީ ޖޫން 15 ވަނަ ދުވަހު އެމެރިކާގައެވެ. އަލް ހިލާލްގެ ފުރަތަމަ މެޗު ކުޅޭނީ ޖޫން 18 ވަނަ ދުވަހު މަޔާމީގައި ރެއަލް މެޑްރިޑާ ދެކޮޅަށެވެ.

އިންޒާގީއަށް އަހަރަކު 25 މިލިޔަން ޔޫރޯގެ މުސާރައެއް އަލް ހިލާލްއިން ހުށަހަޅާފައިވާއިރު، އޭނާވެގެންދާނީ ދުނިޔޭގައި މިވަގުތުހުރި އެންމެ މުސާރަ ބޮޑު ކޯޗުގެ ގޮތުގައެވެ. މިލިސްޓުގެ ދެވަނައިދައި ސިޓީގެ ކޯޗު ގުއާޑިއޯލާ އޮތްއިރު، ތިންވަނައިގައި އޮތީ އާރސެނަލްގެ ކޯޗު އާޓޭޓާއެވެ.

Hajj Corpooration

Hajj Corpooration

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރޮނާލްޑޯގެ އަލް-ނަސްރާއެކު ސަޢޫދީގެ 4 ޓީމު ވިއްކާލަނީ! ދެން އަގުބޮޑުކޮށް ބިލިޔަނުން މީހުން ނުގެނެވޭނެކުޅިވަރު | 9 ދުވަސް ކުރިންޑާވިން ނޫނޭޒްގެ ސޮއި ހޯދުމުގެ މަސައްކަތް އަލް ހިލާލް އިން ފަށައިފިކުޅިވަރު | މަހެއް ކުރިންޓްރަފޯޑް އެނބުރި ސިޓީއަށް އައުމާއެކު ތާރީޚުގައި ދެބިލިޔަން ޑޮލަރު ޚަރަދުކުރި ފުރަތަމަ ކޯޗަކަށް ގުއާޑިއޯލާ ވެއްޖެކުޅިވަރު | މަހެއް ކުރިންޔުނައިޓެޑަށް ނޫނެކޭބުނެ، ވިކްޓޯ ގްޔޯކެރޭސް އާރސެނަލް އަށްކުޅިވަރު | 2 މަސް ކުރިން