logo
Bank of Maldives

Bank of Maldives

ކުޅިވަރު

ފަހު ސިކުންތު ބައިކޮޅަށްވަތް ގޯލާއެކު ރޮނާލްޑޯގެ ސަޢޫދީގެ ފުރަތަމަ ތަށީގެ އިންތިޒާރު ދިގުވެއްޖެ

އަބްދުﷲ ޣާނިމް
13 މޭ 2026 - 04:52
ފަހު ސިކުންތު ބައިކޮޅަށްވަތް ގޯލާއެކު ރޮނާލްޑޯގެ ސަޢޫދީގެ ފުރަތަމަ ތަށީގެ އިންތިޒާރު ދިގުވެއްޖެ

ސައުދީ ޕްރޯ ލީގުގައި ރޭ ކުޅުނު ފޯރިގަދަ މެޗުގައި، މެޗުގެ އެންމެ ފަހު ސިކުންތުކޮޅުގެ ތެރޭގައި އަލް-ނަޞްރުގެ ކީޕަރު ބެންޓޯ އަތުން ބައިކޮޅަށް ވަން ލަނޑާއެކު 1-1 އިން އަލް-ހިލާލް އެއްވަރުވެ، އަލް-ނަޞްރުން ތަށި އުފުލާލަން ކުރި އިންތިޒާރު ދިގުލައިފި އެވެ. ކްރިސްޓިއާނޯ ރޮނާލްޑޯ އެ ޓީމާ ގުޅުނު ފަހުން ފުރަތަމަ ފަހަރަށް ލީގު ތަށި ކާމިޔާބު ކުރުމުގެ ފުރުސަތު މި މެޗުން މޮޅުވި ނަމަ އަލް-ނަޞްރަށް ލިބޭނެ އެވެ.

މެޗުގެ ފުރަތަމަ ހާފުގައި އަލް-ހިލާލްގެ ކަރީމް ބެންޒެމާއަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބުނު ނަމަވެސް އޭގެ ބޭނުން ހިފޭގޮތެއް ނުވިއެވެ. މެޗުގެ 37 ވަނަ މިނެޓުގައި އަލް-ނަޞްރަށް ކުރިހޯދައިދިނީ މުހައްމަދު ސިމަކަން އެވެ. އޭނާ މި ލަނޑު ކާމިޔާބުކުރީ މާސެލޯ ބްރޮޒޮވިޗް ނެގި ކޯނަރަކުން އުފެދުނު ފުރުސަތެއްގައެވެ. މީގެ އިތުރުން ކިންގްސްލީ ކޯމަން އާއި ރޮނާލްޑޯއަށް ވެސް ލީޑު ފުޅާކުރަން ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރުވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މެޗުގެ ފަހުކޮޅު އަލް-ނަޞްރުން ރޮނާލްޑޯ ބަދަލުކުރި ފަހުން، މެޗުގެ އިތުރު ވަގުތުގެ އަށްވަނަ މިނެޓުގައި ހިނގި ހާދިސާއަކީ މުޅި މެޗުގެ ނަތީޖާ ބަދަލުކޮށްލި ކަމެކެވެ. އަލް-ހިލާލުން އޭރިއާ ތެރެއަށް އެއްލި ދުރު އެއްލުމެއް ދިފާއުކުރަން އުޅުމުގެ ތެރޭގައި، ކީޕަރު ބެންޓޯ އާއި އޭނާގެ ޓީމުގެ އިނިގޯ މާޓިނޭޒް ޖެހި، ބޯޅަ ވަނީ ބައިކޮޅަށެވެ. މިއާއެކު އަލް-ހިލާލަށް ވަނީ ލީގު ހޯދުމުގެ ކުޑަ އުންމީދެއް އާވެފައެވެ.

މި ނަތީޖާއާއެކު އަލް-ހިލާލް އަދިވެސް އޮތީ މި ސީޒަނުގެ ލީގުގައި ބަލިނުވެއެވެ. އަލް-ނަޞްރުން މެޗު ކޮންޓްރޯލްކޮށް ގިނަ ހަމަލާތަކެއް އުފެއްދި ނަމަވެސް، މި އެއްވަރުވުމުގެ ސަބަބުން ލީގު ޗެމްޕިއަންކަން ކަށަވަރުކުރުން މިވަނީ ފަސްވެފައެވެ. ކުރިއަށް އޮތް ހޮނިހިރު ދުވަހު އަލް-ހިލާލުން ނިއޯމްއާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވެއްޖެނަމަ، ލީގުގެ ފަހު ދުވަހާ ހަމައަށް ވާދަވެރިކަން ދެމިއޮންނާނެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފަހު ސިކުންތު ބައިކޮޅަށްވަތް ގޯލާއެކު ރޮނާލްޑޯގެ ސަޢޫދީގެ ފުރަތަމަ ތަށީގެ އިންތިޒާރު ދިގުވެއްޖެކުޅިވަރު | ގަޑިއިރެއް ކުރިންމެޗު ދޫކޮށްލި ތުހުމަތާއެކު ރޮނާލްޑޯއާއި އަލް ނަޞްރު ތަށްޓެއް ނެގިޔަނުދޭން ސަޢޫދީގެ ޓީމުތަކުން ކުރެވުނު ހުރިހާ މަސައްކަތެއް ކުރަނީކުޅިވަރު | 7 ދުވަސް ކުރިންހަތަރުމަސްފަހުން އަލް ނަޞްރު މެޗަކުން ބަލިވެއްޖެ، ލީގު ޔަޤީންވާނީ އަންނަ ހަފްތާގައި އަލް ޙިލާލް އާއި ނަޞްރު ވާދަކުރާމެޗުންކުޅިވަރު | 9 ދުވަސް ކުރިންރޮނާލްޑޯގެ ގޯލާއެކު އޭސިއާގެ ޗެންޕިއަން ބަލިކޮށް ސަޢޫދީ ލީގު ހޯދުމާއި ފިޔަވަޅަކާއި ގާތަށް އަލް ނަޞްރު ޖެހިލައިފިކުޅިވަރު | 13 ދުވަސް ކުރިން