logo
E-Platinum
ކުޅިވަރު

ރޮނާލްޑޯގެ ގޯލާއެކު ފަހަތުން އަރައި ޖަރުމަނުބަލިކޮށް، ޕޯރޗުގަލް ފައިނަލަށް

އަބްދުﷲ ޣާނިމް
5 ޖޫން 2025 - 05:06
ރޮނާލްޑޯ ވަނީ ކެރިއަރުގައި މިހާތަނަށް 937 ގޯލު ޖަހާފައި
ރޮނާލްޑޯ ވަނީ ކެރިއަރުގައި މިހާތަނަށް 937 ގޯލު ޖަހާފައި

ކްރިސްޓިއާނޯ ރޮނާލްޑޯގެ ގޯލާއެކު ޔުއޭފާ ނޭޝަންސް ލީގުގެ ސެމީ ފައިނަލުގައި ޖަރުމަން ބަލިކޮށް، މުބާރާތުގެ ފައިނަލުން ޕޯޗުގަލް ޖާގައެއް ހޯދައިފިއެވެ. ޖަރުމަނުގެ އެލިއަންޒް އެރީނާގައި ރޭގައި ކުޅުނު މިމެޗުގައި ޕޯޗުގަލް މޮޅުވީ، ޖަރުމަނު ގޯލެއް ޖަހާފައިވަނިކޮށް، ޕޯޗުގަލް އިން ފަހަތުން އަރައި ދެގޯލުޖަހައިގެންނެވެ.

ރޭގެ މެޗު ޕޯޗުގަލްއިން ކާމިޔާބުކުރީ 2-1 އިންނެވެ. މިއީ 2000 ވަނަ އަހަރުން ފެށިގެން ޕޯޗުގަލް ޖަރުމަނުވިލާތާ ދެކޮޅަށް ހޯދި ފުރަތަމަ ކާމިޔާބީއެވެ.

މެޗުގެ ފުރަތަމަ ހާފުނިމުނީ ދެޓީމަށްވެސް ގޯލެއް ނުޖެހިއެވެ. ފުރަތަމަ ހާފުގައި ޖަރުމަނުގެ ފަރާތުން މޮޅުކުޚުމެއް ފެނިފައިވާއިރު، ދެވަނަ ހާފުގެ ކުރީ ކޮޅުގައި ފްލޯރިއަން ވާރޓްޒް ވަނީ ޖަރުމަނަށް ގޯލުޖަހައި ލީޑު ނަގާފައެވެ.

މިގޯލާއެކު ޕޯޗުގަލްގެ ކޯޗު މާޓީނޭޒްވަނީ ތިން ބަދަލެއް ގެނެސްފައެެވެ. އެގޮތުން މިދިޔަ ހަފްތާގައި ޕީއެސްޖީއަށް ޗެންޕިއަންސް ލީގުގެ ތަށިނަގައިދިނުމުގައި އެންމެ މުހިންމުދައުރެއް އަދާކުރި މިޑްފީލްޑަރ ވިޓީނިޔާ އާއި ޔުވެންޓަސްގެ އެޓޭކަރ ކޮންސިއެސާއޯ ވަނީ ކުޅެން ނިކުމެ މުޅި ގޭމު ޕޯޗުގަލްގެ ކޮޅަށް އަނބުރާލަދީފައެވެ. އެގޮތުން މިދެކުޅުންތެރިން ކުޅެން އެރިތާ 5 މިނެޓުތެރޭގައި ޕޯޗުގަލްގެ ފުރަތަމަ ގޯލު ކޮންސިއެސާއޯ ދެމީހުން އަތުން ކަޓުވާލުމަށްފަހު، ޕެނަލްޓީ އޭރިޔާއިން ބޭރުން ވަނީ ޖަހާފައެވެ. އަދި ޕޯޗުގަލްގެ ދެވަނަ ގޯލު 68 ވަނަ މިނެޓުގައި ޖެހީ ޕޯޗުގަލްގެ ސުޕަރ ސްޓާރު ކްރިސްޓިއާނޯ ރޮނާލްޑޯއެވެ.

ރޮނާލްޑޯ ޖެހި މި ލަނޑަކީއޭނާގެ ކެރިއަރުގައި ޕޯޗުގަލް އަށް ޖަހައިދިން 137 ވަނަ ގޯލެވެ. މިއީ ރެކޯޑެކެވެ. މީގެ އިތުރުން ރޭގެ ގޯލާއެކު ރޮނާލްޑޯގެ ކެރިއަރުގައި ޖުމްލަ 937 ގޯލުވަނީ ޖަހާފައެވެ.

ޔުއޭފާ ނޭޝަންސް ލީގުގެ ފައިނަލަށް ޕޯޗުގަލް ދަތުރުކޮށްފައިވާއިރު، ފައިނަލުގައި އަނެއްކޮޅުން ވާދަކުރާނީ މިރޭގައި ސްޕެއިން އާއި ފްރާންސް ވާދަކުރާ ސެމީގެ ދެވަނަ މެޗުން މޮޅުވާ ޓީމަކާއި ދެކޮޅަށެވެ. މިމެޗު ކުޅެންހަމަޖެހިފައިވަނީ މިރޭ ރާއްޖެގަޑިން 00:00 ގައި ޖަރުމަނުގެ ސްޓުޓްގާރޓްގައެވެ.

 

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އަސްލު ގޯޓާއިޖެހުނީމަ ޔަމާލް ސުމެއް، ޕޯޗުގަލް ތަށި ނަގައިފިކުޅިވަރު | 2 މަސް ކުރިންއެމްބާއްޕޭގެ 50 ވަނަ ގޯލާއެކު ޖަރުމަނު ބަލިކޮށް ފްރާންސްއަށް ލޯމެޑަލްކުޅިވަރު | 2 މަސް ކުރިންނޭޝަންސް ލީގު ފައިނަލުގައި ރޮނާލްޑޯ އާއި ޔަމާލްގެ ކުރިމަތިލުން މިރޭކުޅިވަރު | 2 މަސް ކުރިންޔަމާލްގެ މޮޅުކުޅުމާއެކު ޑެމްބެލޭ އަދި އެމްބާއްޕޭ ސައިޒުކޮށް ސްޕެއިން ފައިނަލަށްކުޅިވަރު | 2 މަސް ކުރިން