logo
Bank of Maldives

Bank of Maldives

ޚަބަރު

އީދު ބަންދާ ގުޅިގެން އެމްޓީސީސީ ބަސް ދަތުރު ތަކާއި ފެރީ ދަތުރުތަކަށް ބަދަލުތަކެއް

ހުސައިން ވަސީމް
5 ޖޫން 2025 - 10:37
އީދު ބަންދާ ގުޅިގެން އެމްޓީސީސީ ބަސް ދަތުރު ތަކާއި ފެރީ ދަތުރުތަކަށް ބަދަލުތަކެއް

އީދު ބަންދާ ގުޅިގެން އެމްޓީސީސީ ބަސް ދަތުރު ތަކާއި ފެރީ ދަތުރުތަކަށް ބަދަލުތަކެއް ގެނެސްފި އެވެ.

އެމްޓީސީސީ އިން ބުނީ އީދު ދުވަހު ގްރޭޓާ މާލެ ސަރަހައްދުގެ ބަސް ދަތުރުގެ ހިދުމަތްތައް ފެށުމަށް ހަމަޖެހިފައި ވަނީ ހެނދުނު 8:00 އިން ފެށިގެން ކަމަށެވެ. ރައްޔިތުންނަށް ފަސޭހަ ކޮށްދިނުމުގެ ގޮތުން އީދު ނަމާދުގެ ކުރިން މާލެ އަދި ހުޅުމާލޭގެ ފޭސް 1 އަދި 2 އިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ހެނދުނު 5:30 އިން 6:00 އަށް ބަސް ދަތުރު ކުރާނެ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

އީދު ދުވަހު ވިލިމާލޭގެ ބަސް ދަތުރުތައް ހެނދުނު 6:00 އިން 8:00 އަށް ބަސް ދަތުރުތައް މެދު ކަނޑާލާނެ ކަމަށްވެސް އެމްޓީސީސީން ބުނެ އެވެ.

އެމްޓީސީސީން ބުނީ އެކުންފުނިން އަތޮޅުތެރެއަށް ދަތުރު ކުރާ ސީއެފްއެން ލަކުޑި ފެރީ އާއި އާރްޓީއެލް ފެރީގެ ހިދުމަތް އީދު ދުވަހު މެދުކަނޑަލާނެ ކަމަށާއި އީދު ދުވަހު މި ދަތުރުތައް ޝެޑިއުލް ކޮށްފައި ނުވާ ކަމަށެވެ.

މީގެ އިތުރުން ތިލަފުށި ފެރީގެ ހިދުމަތަށްވެސް ވަނީ ބަދަލްތަކެއް ގެނެސްފަ އެވެ. އެގޮތުން އީދު ދުވަހުގެ އީދު ނަމާދާއި ގުޅިގެން މާލެ ތިލަފުށި ފެރީގެ ހިދުމަތް ފެށުމަށް ހަމަޖެހިފައި ވަނީ ހެނދުނު 8:30 ގައެވެ. އަދި މާލެ ހުޅުމާލެ ފެރީގެ ހިދުމަތް އީދު ދުވަހު ފަށާނީ މެންދުރު 14:00 ގަ އެވެ. އަދި ވިލިމާލެ އިން އީދު ދުވަހު އީދު ނަމާދުގެ ކުރިން އެންމެ ފަހު ފެރީ ފުރާނީ ހެނދުނު 6:30 ގަ އެވެ. އަދި ފެރީގެ ހިދުމަތްތައް އަލުން ފެށުމަށް ހަމަޖެހިފައި ވަނީ ހެނދުނު 8:00 ގަ އެވެ.

އަޟްޙާ ޢީދު ދުވަސް ފާހަގަ ކުރުމުގެ ގޮތުން ޢީދު ދުވަހުގެ ހަވީރު 16:00 އިން 18:00 އަށް ގްރޭޓަރ މާލޭގެހުރިހާ މަގުތަކެއްގައި ދުއްވާ އެއްޗެހި ދުއްވުން މާލޭ ސިޓީ ކައުންސިލުން ވަނީ މަނާކޮށްފަ އެވެ.

 

 

 

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

"ޢީދު ހަވީރު 1447" ތިން ދުވަހު ކުލަގަދަކޮށް ފާހަގަކުރާ ގޮތަށް ނިންމަވައިފިޚަބަރު | 2 ގަޑިއިރު ކުރިންބޮޑުތަކުރުފާނު މަގު މަސައްކަތް: 400 މީޓަރުގެ ސަރަހައްދެއްގައި ޝީޓް ޕައިލްކޮށްފިޚަބަރު | 16 ގަޑިއިރު ކުރިންބޮޑުތަކުރުފާނު މަގު ސެގްމަންޓް 5 ގެ މުހިންމު މަސައްކަތްތައް ނިންމާލައިފި، އަންނަ ހަފުތާގައި ތާރު އަޅަން ފަށަނީޚަބަރު | މަހެއް ކުރިންމާލޭ ޓެކްސީ ލައިންގެ ވެބްއެޕް މެދުވެރިކޮށް، އަގު ނަގަން ފަށައިފިޚަބަރު | މަހެއް ކުރިން