logo
Bank of Maldives

Bank of Maldives

ޚަބަރު

ޙައްޖާޖީންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް 24 ގަޑިއިރު ދަނީ މަސައްކަތް ކުރަމުން: ޝަކީލް

މުހައްމަދު މޫސާމުހައްމަދު މޫސާ
5 ޖޫން 2025 - 20:13
‘’ޙައްޖާޖީންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް 24 ގަޑިއިރު ދަނީ މަސައްކަތް ކުރަމުން’’

މި އަހަރުގެ ޙައްޖު މޫސުމުގައި ޙައްޖާޖީންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ހައްޖު ކޯޕަރޭޝަންގެ މާލޭ ހެޑް އޮފީހުން 24 ގަޑިއިރު ޝިފްޓް ޑިއުޓީގައި މަސައްކަތް ކުރަމުންދާ ކަމަށް އެ ކޯޕަރޭޝަނުން މަޢުލޫމާތު ދީފިއެވެ.

ޙައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަކީލް މަޢުލޫމާތު ދިން ގޮތުގައި، ޙައްޖުވެރިން މައްކާއިން މިނާއަށް ދަތުރު ފެށި ދުވަހުން ފެށިގެން ޙައްޖުވެރިން ލޮކޭޓްކޮށް، އެ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމުގެ މަސައްކަތް މެދުނުކެނޑި ކުރިއަށް އެބަ ދެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެއްވެސް ޙާޖީއެއް ކަނޑައެޅިފައިވާ ސަރަޙައްދުން ބޭރަށް ނުކުމެއްޖެނަމަ، އެ ޙައްޖުވެރިއަކާ ގުޅައި އެ ފަރާތުގެ ޙާލު ބަލައި، ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމުގެ މަސައްކަތް މާލޭ ހެޑް އޮފީހުން ކުރިއަށް ގެންދާނެ ކަމަށް ވެސް ޝަކީލް ފާހަގަކުރަށްވާފަވެއެވެ.

މީގެއިތުރުން، އެހީތެރިކަން ބޭނުންވާ ޙާޖީންނަށް ސަޢޫދީ ޢަރަބިއްޔާގައި ތިބި އެހީތެރިން މެދުވެރިކޮށް އެހީތެރިކަން ފޯރުކޮށްދެމުން ގެންދާނެ ކަމަށް ވެސް ޝަކީލް ވިދާޅުވެފަވެއެވެ.

މިއީ ޙައްޖާޖީންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް ވެސް ޝަކީލަ ފާހަގަކުރަށްވާފަވެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޙައްޖު ކޯޕަރޭޝަންގެ އާ އެމްޑީ އަކަށް ފިރުޒުލްޚަބަރު | މަހެއް ކުރިންހައްޖުވެރިންގެ ފުރަތަމަ ގުރޫޕުގައި ހިމެނޭ 241 ހައްޖާޖީން މާލެ އަތުވެއްޖެޚަބަރު | 2 މަސް ކުރިންދިވެހި ހާޖީން ޢަރަފާތް ބިމަށް ވަދެއްޖެޚަބަރު | 2 މަސް ކުރިން1.5 މިލިއަނަށްވުރެ ގިނަ ހައްޖުވެރިން މިނާއިން އަރަފާތަށް ދިޔުމަށް ތައްޔާރު ވަނީޚަބަރު | 2 މަސް ކުރިން