logo
Bank of Maldives

Bank of Maldives

ކުޅިވަރު

ޔަމާލްގެ މޮޅުކުޅުމާއެކު ޑެމްބެލޭ އަދި އެމްބާއްޕޭ ސައިޒުކޮށް ސްޕެއިން ފައިނަލަށް

އަބްދުﷲ ޣާނިމް
6 ޖޫން 2025 - 02:37
ރޭގެ މެޗުގައި ޔަމާލްގެ ފަރާތުން ވަނީ އާދަޔާ ޚިލާފު މޮޅުކުޅުމެއް ފެނިގެން ގޮސްފައި
ރޭގެ މެޗުގައި ޔަމާލްގެ ފަރާތުން ވަނީ އާދަޔާ ޚިލާފު މޮޅުކުޅުމެއް ފެނިގެން ގޮސްފައި

ނޭޝަންސް ލީގުގެ ސެމީ ފައިނަލްގައި ފްރާންސްއާ ބަލިކޮށް، 17 އަހަރުގެ ލަމިން ޔަމާލް ޖެހި 2 ލަނޑާއެކު ސްޕެއިން ވަނީ 5-4 ން މޮޅުވެ ފައިނަލަށް ދަތުރު ކުރުމުގެ ފުރުސަތު ހޯދާފައެވެ. ރޭގެ މެޗުގައި މޮޅުކުޅުންތެރިޔަކަށް ހޮވުނު ޔަމާލް ވަނީ މިއަހަރުގެ މޮޅުކުޅުންތެރިޔާ (ބެލަންޑިއޯ) އަށް ވާދަކުރާ ޑެމްބެލޭ އަދި މިއަހަރުގެ ޔޫރަޕިއަން ގޯލްޑަންބޫޓުގެ ވެރިޔާ އެމްބާއްޕޭ އަށް ފުޓްބޯޅަ ކުޅޭގޮތް ދަސްކޮށްދީފައެވެ.

ރޭގެ މެޗުގެ މޮޅުކުޅުންތެރިޔަކަށްވެސް ހޮވުނީ ޔަމާލްއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޖަރުމަނުގެ ސްޓުޓްގާޓްގައި ކުޅުނު މި މެޗަކީ ނޭޝަންސް ލީގުގެ ތާރީޚުގައި އެންމެ ގިނަ ލަނޑު ޖެހުނު މެޗެވެ. މެޗުގެ ފުރަތަމަ ލަނޑު ޖަހާފައިވަނީ 22 ވަނަ މިނެޓްގައި ނިކޯ ވިލިއަމްސްއެވެ. އޭގެ ފަހުން މިކެލް މެރިނޯ ވެސް ވަނީ ލަނޑެއް ޖަހާފައެވެ.

މެޗުގެ ދެވަނަ ހާފުގައި ޔަމާލް ވަނީ ޕެނަލްޓީއަކުން ލަނޑެއް ޖަހާފައެވެ. އަދި އޭގެ ކުޑައިރުކޮޅެއްގެ ތެރޭގައި ޕެޑްރީ ވެސް ވަނީ ލަނޑެއް ޖަހާފައެވެ. ފްރާންސްގެ ފަރާތުން ކައިލިއަން އެމްބާއްޕޭ ވަނީ ޕެނަލްޓީއަކުން ލަނޑެއް ޖަހާފައެވެ. އޭގެ ފަހުން ޔަމާލް ވަނީ އޭނާގެ ދެވަނަ ލަނޑު ޖަހާފައެވެ.

މެޗުގައި ސްޕއިނުން 4 ގޯލުޖެހި ހިސާބުން ފްރާންސުން ވަނީ ކުޅުން ބޮޑުތަނުން ރަނގަޅުކޮށް ސްޕެއިނުގެ ގޯލާއި އަމާޒުކޮށް ގިނަ ހަމަލާތަކެއް ފޮނުވާލާފައެވެ. އެގޮތުން ފްރާންސްގެ ފަރާތުން ރަޔާން ޗެރްކީ، ޑެނިއަލް ވިވިއަން އަދި ރަންޑަލް ކޮލޯ މުއާނީ ވަނީ ލަނޑު ޖަހާފައެވެ. ނަމަވެސް ފްރާންސްގެ ހަތަރުވަނަ ގޯލުޖެހި ހިސާބުން 90 މިނެޓުހަމަވެފައި އޮތުމުން މެޗުގެ ނަތީޖާ އަނބުރާލާނެ ވަގުތެއް ފްރާންސްއަކަށް ނުލިބުނެވެ.

ރޭގެ މެޗު ނިމުނު އިރު ސްޕެއިން ވަނީ 5-4 ން މޮޅުވެފައެވެ.

"މިއަދުރުގަދަ ދެޓީމެއް ކުޅުނީމަ، ބައެއް ފަހަރު ގިނަ ލަނޑު ޖެހޭނެ. އެމީހުން މެޗު ނިމެންދެން ވަރަށް ބޮޑަށް ވާދަކުރި،" މެޗުގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ލިބުނު ޔަމާލް ބުންޏެވެ.

މި މޮޅާއެކު ސްޕެއިން ވަނީ ނޭޝަންސް ލީގުގެ ފައިނަލަށް ދަތުރުކޮށް، ޕޯޗުގަލާ ކުރިމަތިލާން ތައްޔާރުވެފައެވެ. މިއީ ސްޕެއިން ނޭޝަންސް ލީގުގެ ފައިނަލަށް ދަތުރުކުރި ތިންވަނަ ފަހަރެވެ.
ފައިނަލް މެޗު ކުޅެންހަމަޖެހިފައިވަނީ އަންނަ އާދިއްތަދުވަހުގެ ރޭގައި ރާއްޖެގަޑިން ދަންވަރު 12 ޖަހާއިރުގައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޔަމާލް ޖެހިޖެހިގެން ހަމެޗުން މޮޅުކުޅުންތެރިޔާގެ މަޤާމްހޯދައި ބާސެލޯނާ ތާވަލުގެ އެއްވަނައިގައި ހަމަޖެހިލައިފިކުޅިވަރު | 17 ގަޑިއިރު ކުރިންއައި.އެފް.އެފް.އެޗް.އެސް އިން ހޮވި 2025 ވަނަ އަހަރުގެ ދުނިޔޭގެ އެންމެ މޮޅު ޓީމު އިއުލާންކޮށްފިކުޅިވަރު | މަހެއް ކުރިންއެންމެ މޮޅުކުޅުންތެރިޔާގެ އެވޯޑް ޑެމްބެލޭ ކާމިޔާބުކުރިއިރު، އެންމެ މޮޅު ފޯވާޑްގެ އެވޯޑް ޔަމާލް އަށްކުޅިވަރު | މަހެއް ކުރިންވޯލްޑްކަޕް މިފަހަރު ކާމިޔާބުކުރާނީ ސްޕެއިން - ޔަމާލްކުޅިވަރު | 2 މަސް ކުރިން