logo
Bank of Maldives

Bank of Maldives

ޚަބަރު

މޫސުން ގޯސްވެ ދެކުނަށް ވައިޓް އެލާޓް

ޝަހްޒާ މުހައްމަދު
8 ޖޫން 2025 - 05:37
މޫސުން ގޯސްވެ  ދެކުނަށް ވައިޓް އެލާޓް

ބޯކޮށް ވާރޭ ވެހި ވައިގަދަވާނެކަމަށް ލަފާކޮށް ރާއްޖޭގެ ދެކުނަށް ވައިޓް އެލާޓް ނެރެފިއެވެ.

މުސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން މިއަދު ފުރަތަމަ ވައިޓް އެލާޓް ނެރެފައިވަނީ ގއ އަތޮޅުން ފެށިގެން އައްޑޫ ސިޓީއާއި ހަމައަށް މިއަދު 11:30 ގެ ނިޔަލަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މެޓް އޮފީހުން ބުނީ، އެވަގުތުތަކުގައި އެ ސަރަހަށްދުތަކަށް ބޯކޮށް ވާރޭ ވެހުމާއެކު ގުގުރުން އެކަށީގެންވާކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެކަމަށް ލަފާކުރެވޭކަމަށް މެޓް އޮފީހުން ބުނެއެވެ.

ރާއްޖެ ސަރަހަށްދުގައި ހުޅަނގު މޫސުމުގެ ބާރު ގަދަވާނެކަމަށް ބެލެވޭތީ، މާދަމާއިން ފެށިގެން ކުރިޔަށް އޮތް ފަސް ދުވަހު ރާއްޖެ ސަރަހައްދަށް އާންމުކޮށް ވައިބާރުވެ, ކަނޑުތައް ގަދަވެ, ވިއްސާރަކުރާނެކަމަށް މެޓް އޮފިހުން ވަނީ ލަފާކޮށްފައެވެ.

އެގޮތުން, އާންމުގޮތެއްގައި ގަޑިއަކު 13 މޭލާއި 23 މޭލާއި ދެމެދުގެ ބާރުމިނެއްގައި ވައިޖެހި, ވިލާގަނޑުގައި ގަޑިއަކު 40 މޭލާއި 45 މޭލާއި ދެމެދުގެ ބާރުމިނަށް ވައިގަދަވާނެކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ. އަދި ކަނޑުތައް ގަދަވެ, ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރުކުރުން އެކަށީގެންވާކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރަޝިޔާގެ ކަމްޗަޓްކާ އަށް ބާރުގަ ބިންހެލުމަކާއެކު ސުނާމީގެ އިންޒާރު، ރާއްޖެ އަށް ނުރައްކަލެއްނެތްޚަބަރު | 5 ދުވަސް ކުރިންއިޙްސާސް ކުރެވޭ ހޫނުމިން 38 ޑިގްރީ ސެލްސިއަސްެެއަށްވުރެ މައްޗަށްޚަބަރު | 11 ދުވަސް ކުރިންމި މަހު ރާއްޖެއަށް ވާރޭވެހޭ މިންވަރު މަދުވާނެކަމަށް ލަފާކޮށްފި ޚަބަރު | 13 ދުވަސް ކުރިންރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވެ، ހުދު ސަމާލު ނެރެފިޚަބަރު | 18 ދުވަސް ކުރިން