logoEN
ކުޅިވަރު

އޭސީމިލާނުގެ ގޯލްކީޕަރުގެ ސޮއިހޯދަން ޗެލްސީއިން މަސައްކަތްކުރަނީ

އޭސީމިލާނުގެ ގޯލްކީޕަރު މައިގްނަން

އޭސީމިލާނުގެ ގޯލްކީޕަރު މައިގްނަން

އަބްދުﷲ ޣާނިމްއަބްދުﷲ ޣާނިމް

08 ޖޫން 2025 - 07:33

ފްރާންސްގެ ގޯލްކީޕަރު މައިކް މައިގްނާން ސޮއިހޯދުމަށް ޗެލްސީން އޭސީ މިލާނަށް 15 މިލިއަން ޔޫރޯގެ އޮފަރެއް ހުށަހަޅައިފިއެވެ. މި މައުލޫމާތު ހާމަކޮށްފައިވަނީ ފުޓްބޯޅައިގެ މަޝްހޫރު ނޫސްވެރިޔާ ފަބްރިޒިއޯ ރޮމާނޯއެވެ.

ކްލަބް ވޯލްޑް ކަޕްގެ ޓްރާންސްފަރ ވިންޑޯ ބަންދުވުމުގެ ކުރިން، އަންނަ އަންގާރަ ދުވަހުގެ ނިޔަލަށް މި ޑީލްއާ މެދު ފައިނަލް ޖަވާބެއް ހޯދުމަށް ޗެލްސީން މަސައްކަތް ކުރަމުންދާ ކަމަށް ވެއެވެ.

2021 ވަނަ އަހަރު ލިލް އިން މިލާނަށް ބަދަލުވި މައިގްނާން އޭރު ފަސް އަހަރުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައިޥާއިރު، މިހާރު އޭނާގެ އެއްބަސްވުމުގައި ބާކީ އޮތީ އެންމެ އަހަރެކެވެ.

މިލާނަށް ކުރިއަށް އޮތް ސީޒަނުގައި ޔޫރަޕިއަން މުބާރާތްތަކުގައި ބައިވެރިނުވެވޭތީ، ކްލަބުގައި ވަރުގަދަ ކުޅުންތެރިން ހިފެހެއްޓުމަކީ އުނދަގޫކަމެކެވެ. އަނެއްކޮޅުން ޗެލްސީއިން ވަނީ ތިން އަހަރުފަހުން ޔުއޭފާ ޗެންޕިއަންސް ލީގަށް ކޮލިފައިވެފައެވެ. މިކަމުގެ ސަބަބުން މައިގްނާންގެ ޓްރާންސްފަރ ފުރުސަތު އިތުރަށް ހުޅުވިގެން ހިނގައިދާނެ ކަމަށް ބެލެވެއެވެ.

މައިގްނާންއަކީ ފްރާންސްގެ ގައުމީ ޓީމުގެ ފުރަތަމަ އެގާރައިގައި ހިމެނޭ ގޯލްކީޕަރެވެ. އަދި މިލާނުގައި ވޭތުވެދިޔަ ދެ ސީޒަނުގައި އޭނާ ވަނީ ވަރަށް ފުރިހަމަ ޕަފޯމަންސްތަކެއް ދައްކާފައެވެ.

ކޮމެންޓް

871x217_placeholder