logo
އަމިއްލަ ކެންޑިޑޭޓު އިބްރާހީމްގެ ތާއީދު ޕީއެންސީގެ އަރީޝަށްBank of Maldives

Bank of Maldives

ކުޅިވަރު

އާރސެނަލްއިން ޗެލްސީގެ ކީޕަރު އަރިޒަބަލާގާގެ ސޮއި ހޯދަނީ

އަބްދުﷲ ޣާނިމް
8 ޖޫން 2025 - 08:13
ޗެލްސީގެ ގޯލްކީޕަރު މިދިޔަ ސީޒަނުގައި ލޯނު އެއްބަސްވުމެއްގެ ދަށުން ކުޅުނީ ބޯންމައުތަށް
ޗެލްސީގެ ގޯލްކީޕަރު މިދިޔަ ސީޒަނުގައި ލޯނު އެއްބަސްވުމެއްގެ ދަށުން ކުޅުނީ ބޯންމައުތަށް

ޗެލްސީގެ ގޯލްކީޕަރު ކެޕާ އަރިޒަބަލާގާ އާރސެނަލްއާ ގުޅުމަށް އެއްބަސްވެއްޖެކަމަށް ޑޭވިޑް އޯންސްޓައިން ވަނީ ހާމަކޮށްފައެވެ. 30 އަހަރުގެ ސްޕެނިޝް ގޯލްކީޕަރު އާރސެނަލްއަށް ގުޅުނުނަމަވެސް ޓީމުގައި ހުންނާނީ ބަދަލު ގޯލްކީޕަރުގެ ގޮތުގައި ކަމަށް ބެލެވެއެވެ. އާރސެނަލްގެ ފުރަތަމަ އެގާރައިގެ ގޯލްކީޕަރު ޑޭވިޑް ރަޔާ ވަނީ އާރސެނަލްގެ ގޯލުގައި ވޭތުވެދިޔަ ތިން ސީޒަނުގައި މޮޅުކުޅުމެއް ދައްކާފައެވެ.

ކެޕާގެ އެއްބަސްވުމުގައި 5 މިލިއަން ޕައުންޑުގެ ރިލީސް ކްލޯޒްއެއް ހިމެނިފައިވާ ކަމަށާއި، މި ޓްރާންސްފަރ ފުރިހަމަ ކުރުމަށް އާރސެނަލްއިން މި އަދަދު ދައްކަން ޖެހޭނެއެވެ. މި ކްލޯޒް އިތުރުކޮށްފައިވަނީ 2024-25 ސީޒަނަށް ބޯންމަތާ ގުޅުމުގެ ކުރިންނެވެ. އޭނާގެ އެއްބަސްވުން 2026 ގެ ޖޫން މަހާ ހަމައަށް އިތުރުކުރެވުނު އިރު، މުސާރައަށްވެސް ބޮޑު ބަދަލުތަކެއް ގެނެވުނެވެ.

Ad by Hajj Corporation

Ad by Hajj Corporation

2023-24 ވަނަ ސީޒަނުގައި ރެއަލް މެޑްރިޑްގައި ލޯނުގައި ހޭދަކުރި މުއްދަތުގައި 20 މެޗުގައި ކުޅުނު ކެޕާ، ނެޓޯ އާރސެނަލްއަށް ބަދަލުވުމާ ގުޅިގެން ބޯންމަތުގެ ފުރަތަމަ ޗޮއިސް ގޯލްކީޕަރަށް ވެފައިވެއެވެ. ނިމިގެންދިޔަ ސީޒަނުގައި އިރައޯލާގެ ޓީމާއެކު ޕްރިމިއަރ ލީގުގެ 35 މެޗުގައި ކުޅެ، 9 ކްލީން ޝީޓް ހޯދި ކެޕާ، ލީގުގެ 6 ވަނައަށް އެންމެ ރަނގަޅު ޑިފެންސިވް ރެކޯޑު ހޯދުމުގައި މުހިންމު ދައުރެއް އަދާކޮށްފައިވެއެވެ.

2018 ގައި އެތްލެޓިކް ކްލަބުން ރެކޯޑު 71.6 މިލިއަން ޕައުންޑަށް ޗެލްސީއާ ގުޅުނު ކެޕާ، ޗެލްސީއާއެކު 163 މެޗުގައި ކުޅެ، 4 މުބާރާތް ކާމިޔާބުކުރުމުގައި މުހިންމު ދައުރެއް އަދާކޮށްފައިވެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ލިވަޕޫލުގެ މިސީޒަނުގ އެންމެ މޮޅުކުޅުންތެރިޔާ ސަބޮޒްލައިގެ ޑްރީމް ޓީމަކީ ރެއާލް - ޤައުމީ ޓީމުގެ ކޯޗުކުޅިވަރު | މަހެއް ކުރިންބާސެލޯނާގެ ލަމާސިއާ އެންމެ އުއްމީދީ ކުޅުންތެރިޔާ ޑްރޯ ފެނާންޑޭޒް ޕީއެސްޖީއަށް ސޮއިކޮށްފިކުޅިވަރު | 2 މަސް ކުރިންތަށިހޯދުމުގެ ބޭނުމުގައި ސެމެންޔޯ ޔުނައިޓެޑަށް ނޫނެކޭބުނުމަށްފަހު ސިޓީއަށް ބަދަލުވަނީކުޅިވަރު | 3 މަސް ކުރިންރެއާލް މެޑްރިޑުން ރޮޑްރީގޯ ވިއްކާލަނީކުޅިވަރު | 4 މަސް ކުރިން