logo
Bank of Maldives

Bank of Maldives

ޚަބަރު

ޝައިޚް ފަރީދުގެ ހަށިގަނޑު މެލޭޝިޔާގައި ވަޅުލަން ނިންމައިފި

އާމިނަތު ޝަފާ
10 ޖޫން 2025 - 06:31
ޝައިޚް ފަރީދުގެ ހަށިގަނޑު މެލޭޝިޔާގައި ވަޅުލަން ނިންމައިފި

ރާއްޖޭގެމަޝްހޫރު ދީނީ އިލްމުވެރިޔާ ފަޟީލަތުއްޝައިޚް އިބްރާހީމް ފަރީދުގެ ހަށިގަނޑު ރާއްޖެ ނުގެނެސް މެލޭޝިޔާގައި ވަޅުލާ ގޮތަށް އާއިލާއިން ނިންމައިފިއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި ޝެއިޚް ފަރީދު އަވަހާރަވެފައިވަނީ މެލޭޝިއާގެ އެއަރޕޯޓުގައި ހުންނަވަނިކޮށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޝައިޚް ފަރީދު އަވަހާރަވުމާގުޅިގެން ހަށިގަނޑު މާލެ ގެނައުމަށް ކުރިން މަސައްކަތް ކުރިނަމަވެސް މެލޭޝިޔާގެ ގަވާއިދު ބުނާގޮތުން އެ ގައުމުން ބޭރު ކުރާނަމަ ޕޯސްޓްމޯޓަމް ހަދަން ޖެހެއެވެ. ޕޯސްޓްމޯޓަމް ހަދަން އާއިލާއިން ބޭނުން ނުވާތީވެ ޝައިޚް ފަރީދުގެ ހަށިގަނޑު މެލޭޝިޔާގައި ވަޅުލާގޮތަށް އާއިލާއިން ވަނީ ނިންމާފައެވެ.

ޝެއިޚް ފަރީދަކީ ދީނީ ދަރުސް ދެއްވުމާއި، ދީނާ ގުޅޭ ގޮތުން ހޭލުންތެރިކަން އިތުރުކުރެއްވުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ. ޝެއިޚްގެ ދަރުސްތަކަކީ ވަރަށް ގިނަ ބައެއްގެ މަޤްބޫލުކަން ލިބިފައިވާ ދަރުސްތަކެކެވެ.

މީގެ އިތުރުން، އިސްލާހީ ހަރަކާތުގައި ވެސް އިސްކޮށް ހަރަކާތްތެރިވެވަޑައިގެންނެވި ބޭފުޅެއްގެ ގޮތުގައި ޝެއިޚް ފަރީދު ފާހަގަކުރެވެއެވެ.

އަވަހާރަވުމާ ހަމަޔަށްވެސް ޝައިޚް ފަރީދު ދެމިހުންނެވީ އެމަސައްކަތުގައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފަރީދުގެ ހަނދާނުގައި ބިނާކުރާ ފުރަތަމަ މިސްކިތުގެ ބިންގާ އަޅައިފިޚަބަރު | 10 މަސް ކުރިންޝެއިހް ފަރީދުގެ ހަނދާނުގައި މިސްކިތް ބިނާކުރަން ބޭނުންވާ ފައިސާ ހަމަވެއްޖެޚަބަރު | އަހަރެއް ކުރިންޝައިޚް ފަރީދުގެ ހަށިގަނޑު މެލޭޝިޔާގައި ވަޅުލަން ނިންމައިފިޚަބަރު | އަހަރެއް ކުރިން