logoEN
ޚަބަރު

ފަރީދުގެ ހަނދާނުގައި ބަންގްލަދޭޝްގައި ބިނާކުރާ މިސްކިތުގެ ބިންގާ އަޅައިފި

މުހައްމަދު މޫސާމުހައްމަދު މޫސާ

28 ޖޫން 2025 - 07:00

މަޝްހޫރު ދީނީ އިލްމުވެރިޔާ ޝައިޚް އިބްރާހިމް ފަރީދު އަހުމަދުގެ ހަނދާނުގައި ބަންގްލަދޭޝްގައި ބިނާކުރާ މިސްކިތުގެ ބިންގާ އިއްޔެ އަޅައިފި އެވެ.

ޝެއިޚް ފަރީދު އަވަހާރަވީ 17 އޭޕްރިލް 2025 ވަނަ ދުވަހު މެލޭޝިއާއަށް ވަޑައިގެން އެއާޕޯޓުގައި ހުންނަވަނިކޮށެވެ. މެލޭޝިއާއަށް ފަރީދު ވަޑައިގަތީ އިސްލާމީ ދައުވަތާ ގުޅުންހުރި ކޮންފަރެންސެއްގައި ބައިވެރިވެވަޑައިގަތުމަށެވެ.

ޝައިޚްގެ ހަނދާނުގައި ދެ މިސްކިތެއް އަޅަން ޚިދުމަތް ޖަމިއްޔާއިން ނިންމާފަވެއެވެ. އެއީ ބަންގްލަދޭޝްގައި އެއް މިސްކިތް އަދި ރާއްޖޭގައި އަނެއް މިސްކިތް އެޅުމަށެވެ.

އާންމުންގެ އެހީއާ އެކު ބިނާކުރާ މިސްކިތުގެ ބިންގާ އަޅާ ވީޑިއޯއެއް ޚިދުމަތް ޖަމިއްޔާއިން ވަނީ އާންމުކޮށްފަ އެވެ. ބިންގާ އަޅައިދިނީ ފަރީދުގެ ދެ ދަރިކަލުން ކަމަށްވާ އަބްދުﷲ ފަރީދު އަދި މުހައްމަދު ފަރީދު އެވެ.

ޚިދުމަތް ޖަމްޢިއްޔާއިން މަޢުލޫމާތު ދީފައިވާ ގޮތުގައި، މި މިސްކިތް ބިނާކުރުމަށް ނިންމާފައިވަނީ ބަންގްލަދޭޝްގައި 250 އަކަފޫޓުގެ ބިމެއްގައެވެ. މި މިސްކިތަކީ 455 މީހުންނަށް އެއްފަހަރާ ނަމާދުކުރެވޭ ވަރުގެ ޖާގައެއް އޮންނާނެ މިސްކިތެކެވެ.

މިސްކިތް ބިނާކޮށް ނިންމުމަށް 760،000 ރުފިޔާ ޚަރަދުވާނެ ކަމަށް އެ ޖަމްޢިއްޔާއިން ވަނީ އަންދާޒާކޮށްފައެވެ.

ކޮމެންޓް

871x217_placeholder