logo
Bank of Maldives

Bank of Maldives

ޚަބަރު

މުޅި ރާއްޖޭގައި ޝައިޚު ފަރީދުގެ މައްޗަށް ޣައިބަށް ކަށުނަމާދުކުރަނީ

އާމިނަތު ޝަފާ
10 ޖޫން 2025 - 09:25
މުޅި ރާއްޖޭގައި ޝައިޚު ފަރީދުގެ މައްޗަށް ޣައިބަށް ކަށުނަމާދުކުރަނީ

ރާއްޖޭގެ މަޝްހޫރު ޢިލްމުވެރިޔާ ފަޟީލަތުއްޝައިޚް އިބްރާހީމް ފަރީދުގެ މައްޗަށް އަންނަ ހުކުރު ދުވަހު ހުކުރު ކުރާ ކޮންމެ މިސްކިތެއްގައިވެސް ޣައިބަށް ކަށުނަމާދު ކުރުމަށް ނިންމައިފިއެވެ.

މިކަން ހާމަކުރައްވައި އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވީ ޝައިޚު ފަރީދުގެ ޖަނާޒާގެ ކަންކަން މެލޭޝިޔާގައި ކުރިއަށް ގެންދަން އާއިލާއިން ނިންމަވާފައިވާތީ، ޝައިހުގެ މައްޗަށް ރާއްޖޭގައި ޣައިބަށް ކަށު ނަމާދުކުރަން ވަރަށް ގިނަ ފަރާތްތަކުން އެދެމުންދާ ކަމަށެވެ.

އެހެންކަމުން މި ހަފްތާގެ ހުކުރު ދުވަހުގެ ކުރިން މެލޭޝިޔާގައި ޝައިޚު ފަސްދާނުލައިފިނަމަ ހުކުރު ދުވަހު ހުކުރު ނަމާދަށްފަހު، ރާއްޖޭގައި ހުކުރުކުރާ ހުރިހާ މިސްކިތެއްގައި ޝައިހު ފަރީދުގެ މައްޗަށް ޣައިބަށް ކަށުނަމާދު ކުރަން ނިންމަވާފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޝައިޚް ފަރީދު އަވަހާރަވުމާގުޅިގެން ހަށިގަނޑު މާލެ ގެނައުމަށް ކުރިން މަސައްކަތް ކުރިނަމަވެސް މެލޭޝިޔާގެ ގަވާއިދު ބުނާގޮތުން އެ ގައުމުން ބޭރު ކުރާނަމަ ޕޯސްޓްމޯޓަމް ހަދަން ޖެހެއެވެ. ޕޯސްޓްމޯޓަމް ހަދަން އާއިލާއިން ބޭނުން ނުވާތީވެ ޝައިޚް ފަރީދުގެ ހަށިގަނޑު މެލޭޝިޔާގައި ވަޅުލާގޮތަށް އާއިލާއިން ވަނީ ނިންމާފައެވެ.

ޝެއިޚް ފަރީދަކީ ދީނީ ދަރުސް ދެއްވުމާއި، ދީނާ ގުޅޭ ގޮތުން ހޭލުންތެރިކަން އިތުރުކުރެއްވުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ. ޝެއިޚްގެ ދަރުސްތަކަކީ ވަރަށް ގިނަ ބައެއްގެ މަޤްބޫލުކަން ލިބިފައިވާ ދަރުސްތަކެކެވެ.

މީގެ އިތުރުން، އިސްލާހީ ހަރަކާތުގައި ވެސް އިސްކޮށް ހަރަކާތްތެރިވެވަޑައިގެންނެވި ބޭފުޅެއްގެ ގޮތުގައި ޝެއިޚް ފަރީދު ފާހަގަކުރެވެއެވެ.

އަވަހާރަވުމާ ހަމަޔަށްވެސް ޝައިޚް ފަރީދު ދެމިހުންނެވީ އެމަސައްކަތުގައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޝެއިޚް ފަރީދުގެ ހަނދާނުގައި މިސްކިތް ބިނާކުރަން 27،000 އަކަފޫޓުގެ ބިމެއް ހަމަޖައްސައިފި ޚަބަރު | 10 މަސް ކުރިންފަރީދުގެ ހަނދާނުގައި ބިނާކުރާ ފުރަތަމަ މިސްކިތުގެ ބިންގާ އަޅައިފިޚަބަރު | 10 މަސް ކުރިންމުޅި ރާއްޖޭގައި ޝައިޚު ފަރީދުގެ މައްޗަށް ޣައިބަށް ކަށުނަމާދުކުރަނީޚަބަރު | އަހަރެއް ކުރިން