logo
Bank of Maldives

Bank of Maldives

ޚަބަރު

ހިޔާ ސަރަހައްދުގައި ޕޯސްޓްގެ ޚިދުމަތް ފަށަނީ

އަޙްމަދު ޒަލީފް
10 ޖޫން 2025 - 08:55
ހިޔާ ސަރަހައްދުގައި ޕޯސްޓްގެ ޚިދުމަތް ފަށަނީ

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ޕޯސްޓްގެ ހިދުމަތް ފެށުމަށް ވާން ޖެހޭ ތައްޔާރީތައް މޯލްޑިވްސް ޕޯސްޓް ލިމިޓެޑުން ފަށައިފިއެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ޕޯސްޓްގެ ހިދުމަތް ފެށުމުގެ މަސައްކަތް ޕޯސްޓް ލިމިޓެޑުން މިފެށީ ޗައިނާގެ ޓެމޫ އިން ރާއްޖެއަށް މުދާ ފޮނުވައިދޭން ފެށުމުން ޕޯސްޓަށް ބާރުބޮޑުވެ ބެކްލޮގް ބޮޑުވެފައި ވަނިކޮށެވެ. 

Ad by Hajj Corporation

Ad by Hajj Corporation

ޕޯސްޓް ލިމިޓެޑުން މިހާރު ވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ޕޯސްޓްގެ ހިދުމަތް ދިނުމަށް ބޭނުންކުރާނެ އިމާރާތެއް ކުއްޔަށް ހިފުމަށް ބިޑަށް ހުޅުވާލާފައެވެ. 

ޕޯސްޓް ލިމިޓެޑުން ކުރި އިއުލާނެއްގައި ބުނީ ޕޯސްޓުގެ ހިދުމަތް ދިނުމަށް ބޭނުންކުރެވޭނެ އިމާރާތެއް ކުއްޔަށް ހިފުމަށް ބޭނުންވާކަމަށާއި މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ގެޒެޓް ކޮށްފައިވާ މަޢުލޫމާތު ޝީޓަށް ބިނާކޮށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދޭކަމަށެވެ. ޕްރޮޕޯސަލް ހުށަހެޅުން އޮންނާނީ މިމަހުގެ 18 ވަނަ ދުވަހުގެ 14:45 ގައި ޕޯސްޓް ބިލްޑިންގްގައެވެ. 

ޕޯސްޓް ލިމިޓެޑުން ގެޒެޓް ކޮށްފައިވާ މައުލޫމާތު ކަރުދާހުގައި ބުނެފައި ވަނީ ކުއްޔަށް ހިފަން ބޭނުންވަނީ މިހާރުން މިހާރަށް ބޭނުންކުރެވޭ ގޮތައް ހުރި އިމާރާތެކެވެ. އެއިމާރާތް ވާން ޖެހޭނީ ގްރައުންޑް ފްލޯގައި ހުރި 1700 އަކަފޫޓަށްވުރެ ކުޑަނޫން ތަނަކަށް ކަމަށް ވެސް އިއުލާންގައި ބުނެފައި ވެއެވެ. އިމާރާތް ކުއްޔަށް ހިފަން ބޭނުންވަނީ ފަސް އަހަރު ދުވަހުގެ މުއްދަތަކަށެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރާއްޖޭގެ ކުރިއެރުމަށް ޒަމާންތަކަކަށް ދެމިހުންނާނެ ޚިދުމަތްތަކެއް ޕޯސްޓުން ކޮށްދީފައިވޭ: ރައީސްޚަބަރު | 3 މަސް ކުރިންހިޔާ ސަރަހައްދުގައި ޕޯސްޓްގެ ޚިދުމަތް ފަށަނީ ޚަބަރު | 6 މަސް ކުރިންޕޯސްޓްގެ ނަމުގައި ފޮނުވާ ސައްހަނޫން މެސެޖްތަކަށް ސަމާލުވުމަށް އިލްތިމާސްކޮށްފިޚަބަރު | 8 މަސް ކުރިން